Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއަރ އޭޝިއާ

ފްލައިޓް ޖައްސަން ވަގުތު ނުދިނުމުން އެއަރ އޭޝިއާގެ ދަތުރުތައް ނުފެށިފައި

9 ނޮވެމްބަރު 2021 | އަންގާރަ 04:53

ދަތުރު ކުރަން ގަޑި ދޭނީ ޖުލައިގެ ކުރިން އެދިފައިވާ ފަރާތްތަކަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ނޮވެމްބަރު 2021 | އަންގާރަ 04:53
ަ

ަ

އެއަރ އޭޝިއާގެ ފްލައިޓްތައް ރާއްޖޭގައި ޖައްސަން ވަގުތު ނުދިނުމުން މެލޭޝިޔާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ނުފެށިފައިވާ ކަމަށް އެއަރ އޭޝިއާއިން ބުނެފިއެވެ.

މެލޭޝިޔާގެ އެންމެ ބޮޑު އެއަރލައިން ކުންފުނި އެއަރ އޭޝިއާއިން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ ރާއްޖެއަށް ދަތުރުތައް އަލުން ފެށުމަށްޓަކައި ފްލައިޓް ޖައްސަން ގަޑިއަކަށް އެދެފައިވާ ކަމަށެވެ. އެކަމަކު އެކުންފުނީގެ ފްލައިޓްތައް ޖައްސަން ރާއްޖެއިން ގަޑިއެއް ދީފައި ނުވާތީ ދަތުރުތައް ނުފެށިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެއަރ އޭޝިއާއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މީގެ ކުރިން މެދުކަނޑާލީ ކޮވިޑް-19ގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްއިން ރާއްޖެ އެމްވީއަށް ބުނީ ވިންޓަރ ސީޒަން (އޮކްޓޫބަރ-އޭޕްރީލް)ގައި ދަތުރުކުރުމަށް އެދެން ޖެހޭނީ ވަކި މުއްދަތެއްގެ ކުރިން ކަމަށެވެ. އެގޮތުން ޖުލައި މަހުގެ ކުރިން ދަތުރުތައް ކުރުމަށް ގަޑިއަށް އެދެން ޖެހޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އެމްއޭސީއެލްއިން އިތުރަށް ބުނީ އެއަރ އޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް އެދިފައި ވަނީ އެމުއްދަތުގެ ފަހުން ކަމަށެވެ. އެހެންކަމުން ދެން އެކުންފުންޏަށް ދަތުރުކުރަން ގަޑިއެއް ދެވޭނީ އެ މުއްދަތުގެ ތެރޭގައި އެދިފައިވާ ކުންފުނިތަކަށް ވަގުތު ދީފައި، ބާކީ ވަގުތު އޮތްނަމައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ތިޔާގި ދުވަސްވަރު ބޯމަތިވެފައި ވާއިރު، ގިނަ ޤައުމުތަކަކުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މިއާއެކު ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ކޮވިޑްގެ ކުރިން އަންނަ ވަރަށްވުރެ ނިސްބަތުން ބަލާނަމަ އިތުރުވެފައެވެ. ކޮވިޑްގެ ކުރިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،500 ފަތުރުވެރިން ރާއްޖެ އަންނައިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.

މީގެ އިތުރުން އިއްޔެ އެކަނިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 76 ބައިނަލްއަގްވާމީ ދަތުރު ކޮށްފައިވެއެވެ. އަދި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އިއްޔެ 41 ދަތުރު ކޮށްފައިވެއެވެ. ހަމަ އެހެންމެ 8 ޖެޓުގެ އިތުރުން އެއް ކާރގޯ ފްލައިޓު ވެސް އިއްޔެ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކޮށްފައެވެ.

އެއަރ އޭޝިއާއަކީ އަގުހެޔޮ ދަތުރުތައް ކުރުމުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ކުންފުންޏެވެ. މެލޭޝިޔާ ސަރުކާރުގެ އެހީއާއެކު 1996 ގައި ދަތުރުތައް ފެށި މިކުންފުނިން އަންނަނީ ދުނިޔޭގެ 25 ގައުމެއްގެ 165 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ކޮވިޑް-19 އައުމުގެ ކުރިން، 2019 ވަނަ އަހަރު، 20،000 މުވައްޒަފުންނާއެކު އެއަރ އޭޝިއާއިން ވަނީ ސާފު ފައިދާގެ ގޮތުގައި 354 މިލިއަން ޑޮލަރު ހޯދާފައެވެ.

އެމްއޭސީއެލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް