Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ތާއީދެއް ނުކުރަން: މޭޔަރު މުޢިއްޒު

ގާނޫނު ތަންފީޒުކުރުން މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 7 ނޮވެމްބަރު 2021 | އާދީއްތަ 15:21
މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން ތާއީދު ނުކުރައްވާ ކަމަށް މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް ބޯޑުތައް ހަރުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ހެލްތު މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ވަނީ އަންގާފައެވެ. އާއްމު ތަންތަނުގައި ސިނގިރެޓް ނުބޮވޭ ގޮތަށް ހެދުމުން, ކަނޑައެޅިފައިވާ ވަކިވަކި ޖާގަތަކުގައި ނޫން ގޮތަކަށް ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މޭޔަރު މުޢިއްޒު ވިދާޅުވީ, މާލޭގެ މަގުމަތީގައި ދުންފަތު އިސްތިއުމާލު ކުރެވޭ ގޮތަށް ވަކި ސަރަހައްދުތަކެއް ކަނޑާއެޅުމަށް ހެލްތު މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އެއާއެކު މިނިސްޓްރީއާއި ކައުންސިލުން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދުންފަތާގުޅޭ ގާނޫނު ވެސް ތަންފީޒު ނުކުރެވި، އަދި ކެފޭ/ރެސްޓޯރެންޓް ތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުން، ދުންފަތުގެ އިސްތިއުމާލު ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުމަށް މާ ބޮޑު މަސައްކަތެއް ނުކުރެވޭއިރު، މަގުތަކުގައި ދުންފަތުގެ އިސްތިމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަކީ ކައުންސިލުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ހެލްތު މިނިސްޓްރީގެ އެދުމުގެ ދަށުން އެމަސައްކަތް ކުރުމަށް މިހާރު ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ. ރައްޔިތުންގެ ތާއީދު އޮތް ގޮތަކަށް އެމަސައްކަތް ކުރިއަށްދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ އިތުރުން ޓޮބޭކޯ ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްގެ ފަންނީ ލަފާގެ މައްޗަށް، މާލޭގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް އަޅާ ފިޔަވަޅާ ގުޅޭގޮތުން ކުރިއަށް ގެންދާ ސަރވޭއިން ރައްޔިތުން އެދޭ ގޮތް ހާމަވެގެންދާނެ ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

މިސަރވޭގެ ބޭނުމަކީ މާލޭ ސިޓީގައި ހުރިހާ އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް، އެކަން ހުއްދަކުރެވޭ ޚާއްސަ ޖާގަތަކެއް އެކަށައެޅުމާމެދު މާލޭ ސިޓީ ރަށްވެހިންގެ ޚިޔާލު ހޯދުމެވެ. މިސަރވޭގެ ބައިވެރިންނަކީ ކާކުކަން އެއްވެސް ފަރާތަކަށް ނުފެންނާނެއެވެ. އަދި ދޭ ޖަވާބުތައް ސިއްރު ކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ސިއްހަތު ފަސާދަކުރުވަނިވި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށް، ދުޅަހެޔޮކަމުގައި ދެމިހުރުމުގެ އިންސާނީ ހައްގު ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ. ޒަމާނީ ސައިންސް އިލްމުން ދައްކާ ގޮތުގައި، ދުންފަތާއި ދުންފަތުގެ އިސްތިއުމާލުކުރުމުން އަރާ ވިހަ ދުމުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިކުރުވާ ބަލިތައް ޖެހެއެވެ. އަދި އާންމު ތަންތާނގައާއި، މަސައްކަތުގެ މާހައުލުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުން ދުންފަތާއި، އޭގެ ނުސީދާ ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހޭ މިންވަރާއި، މީހުން މަރުވާ މިންވަރު މަދުކުރެވިފައިވެއެވެ.

އެގޮތުން ދުންފަތުގެ ވިހަ ދުމުން ސަލާމަތްވެ، ދުންފަތުގެ އިސްތިއުމާލުނުކުރާ، އަދި ކުރާ އެއްމެނަށް ވެސް މަގުތަކާއި، އާންމު ތަންތާނގައި ރައްކާތެރިކަމާއި އެކުގައި ހަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ ވަކިވަކި ޖާގަތަކުގައި މެނުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވޭނެއެވެ. މަގުސަދު ހާސިލްކުރުމަށް މާލޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް, މަނާކަން އަންގައިދޭ ބޯޑު ހަރުކުރެވޭނެއެވެ. އަދި، އެކި ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަކުރެވޭ ތަންތަން ކަނޑައަޅައި ފާހަގަކުރެވޭނެއެވެ.

ސިނގިރޭޓްސްމޯކް

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

07 ނޮވެމްބަރު 2025
ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
31 ޖެނުއަރީ 2025

ސިނގިރެޓް އޮޕަރޭޝަން: 103 ފޮށިގަނޑު އަތުލައިގަތް، ބައެއް ފޮށީގައި ދުންފަތް ހުރި

31 ޖެނުއަރީ 2025
ސިނގިރެޓް އޮޕަރޭޝަން: 103 ފޮށިގަނޑު އަތުލައިގަތް، ބައެއް ފޮށީގައި ދުންފަތް ހުރި
30 ޖެނުއަރީ 2025

މާލޭގެ ގެއެއްގައި ސިނގިރެޓް ޕެކްކުރާ ސާމާނުތައް ވަގަށް ގެންގުޅުނު މައްސަލަ އެއް ފަޅާ އަރައިފި

30 ޖެނުއަރީ 2025
މާލޭގެ ގެއެއްގައި ސިނގިރެޓް ޕެކްކުރާ ސާމާނުތައް ވަގަށް ގެންގުޅުނު މައްސަލަ އެއް ފަޅާ އަރައިފި
17 ޑިސެމްބަރު 2024

ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!

17 ޑިސެމްބަރު 2024
ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު