Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުންފަތުގެ ނޭދެވޭ އަސަރު

ރާއްޖޭގައި ސީދާ ދުންފަތުގެ ސަބަބުން އަހަރަކު 172 މީހުން މަރުވޭ: ހެލްތް މިނިސްޓްރީ

މި މުޖުތަމައުގައި ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 09:19
ދުންފަތުގެ އިސްއުމާލުކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް މިލިއަން މީހުން މަރުވޭ

ދުންފަތުގެ އިސްއުމާލުކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް މިލިއަން މީހުން މަރުވޭ

ރާއްޖޭގައި ސީދާ ދުންފަތުގެ ސަބަބުން އަހަރަކު 172 މީހުން މަރުވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރިކަމާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފައެވެ.

މި ޕްރެޒެންޓޭޝަންގެ މައުލޫމާތުތައް ހިއްސާ ކުރައްވައި މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މި މުޖުތަމައުގައި ގާތްގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ކަމަށާއި، މި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލާއެކު، މި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލި މަޑުކަމާއި، ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުންފަތުގެ ދުމަށް ހުށަހެޅުންކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، ސީދާ ދުންފަތުގެ ސަބަބުން 172 މީހުން އަހަރަކު މަރުވާ ކަމަށެވެ.

އެންމެފަހުން ހެދިފައިވާ ސްޓެޕް ސަރވޭ ނަތީޖާއަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ މި މުޖުތަމައުގައި ކޮންމެ 4 މީހަކުން އެކަކަކީ ދުންފަތުގެ އިސްތިއުމާލު ނުވަތަ ދުންފަތް ކޮންމެވެސް ގޮތަކަށް ބޭނުންކުރާ ފަރާތެއް ކަމަށެވެ. އަދި 15 އަހަރާއި 29 އަހަރުގެ 20.1 އިންސައްތަ 30 އަހަރާއި، 44 އަހަރު 29.0 އިންސައްތަ، 45 އަހަރާއި، 65 އަހަރު 23.4 އިންސައްތަ ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ 30 އަހަރާއި، 44 އަހަރުގެ މީހުންނަކީ މަސައްކަތް ކުރާ އުމުރުފުރާގެ މީހުން ކަމަށްވާއިރު، މިއުމުފުރާގެ މީހުންގެ ބޮޑެތި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކުގައި އުޅެމުންދާ ކަމަށްވާނަމަ އެކަމުގެ އަސަރު ގައުމުގެ އުފެއްދުންތެރިކަމަށް ވެސް ކުރާ ކަމަށެވެ.

ދިވެހިރާއްޖޭގައި 2019 ވަނަ އަހަރު ހެދިފައިވާ ގްލޯބަލް ޔޫތް ޓޮބޭކޯ ސަރވޭގެ ނަތީޖާއާ ގުޅޭގޮތުން އޮފިޝަލް ވިދާޅުވީ މިސަރވޭގައި ބައިވެރިވި ކުދިންގެ ތެރެއިން 45.7 އިންސައްތަ ކުޑަކުދިންނަކީ ކޮންމެވެސް ހިސާބެއްގައި ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކޮށްފައިވާ ކުދިން ކަމަށެވެ. އެއީ 13 އަހަރާއި 15 އަހަރުގެ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ 45.7 އިންސައްތަ ކުދިންގެ ތެރެއިން 17.1 އިންސައްތަ ކުދިންނަކީ އީ ސިގްރޭޓް ބޭނުންކޮށްފައިވާ ކުދިން ކަމަށާއި، 3.1 އިންސައްތަ ކުދިންނަކީ ސީޝާ ނުވަތަ ގުޑަގުޑާ ބޭނުންކޮށްފައިވާ ކުދިން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށް މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ހައްލު ކުރުމަށް ބޮޑެތި ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

މިހާރު ކުރަމުންދާ ކުރިއަށް ރޭވިފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ މުއައްސަސާތައް އަދި ރަށު ފެންވަރުގައި އެންމެން ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިހާރު ދަފަރާ ނަމުގައި ކެންޕޭނެއް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކެންޕޭން ކުރިއަށް ގެންދަނީ އާއްމުން ހޭލުންތެރިކުރުވައި، ދުންފަތަށް ހުށާހެޅޭ ކުދިން މަދުކުރުމާއި، ދުންފަތުން ރައްކާތެރި ކުރުމަށް ފަރުވާ ދިނުމަށް ސިއްހީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި، ޕޮލިސީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓްރީސިނގިރޭޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު