Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުންފަތުގެ އިސްތިޢުމާލުކުރުން

ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!

ސުވާލަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ނުހުއްޓެނީ ޖޫރިމަނާ ނުކުރާތީތޯއެވެ. ނޫނެކެވެ. މިއީ ދެވި ހިފާ ޒާތުގެ ކަމެކެވެ. ހުއްޓާލުމަކީ މަރުހަލާއެކެވެ. އެކަމަށް ހޭލުންތެރިވުމާއި ކެތްތެރިވުން ވެސް އެހާ މުހިންމެވެ. އެކަން އެއްކައިރީގައި ބާއްވާފައި މިއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރިޔަސް ނަތީޖާ އެއް ނުފެންނާނެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޑިސެމްބަރު 2024 | އަންގާރަ 16:12
ސްމޯކް

ސްމޯކް

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 15/2010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ގާނޫނު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތް ދާދިފަހުން ފުލުހުން މި ވަނީ ހާމަކޮށްފައެވެ. ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާކުރުމުން މެސެޖް ދާނީ އެމީހެއްގެ ފޯނަށް ކަމަށް ވެސް ފުލުހުން ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި، ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުންދާނެކަން ފުލުހުން ހާމަކުރިއެވެ. ހަރުއަޑުން ވިދާޅުވީ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކައެވެ. ހަމައެހެންމެ ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖު ފޮނުވާނެ ވާހަކަ އާއި މި މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭޖްގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ ކަމަށް ވެސް ހާމަކުރިއެވެ.

އެހެންކަމުން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށް ފުލުހުންގެ ޚާއްސަ މެސެޖެއް ވަނީ ދީފައެވެ. މި ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އާއްމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުސްއެކަނި ޖޫރިމަނާއަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެކެވެ. މާލީ މަންފާ އެއް މިކަމުން ލިބިދާނެއެވެ. ޖޫރިމަނާއަކުން އެކަނި މިކަހަލަ ކަންކަން ހައްލުވާނަމަ ދުނިޔޭގެ ޤައުމުތަކުގަ މިފަދަ ކަންކަމުގައި ކުރާނީ ހަމައެކަނި ޖޫރިމަނާ ނޫންތޯއެވެ. އެކަމަކު މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މިއީ އެއަށް ވުރެ ފަރުވާތެރިވާން ޖެހޭ ކަމެކެވެ. އެހެން އެކަން އޮތް އިރު ހަމަ އެކަނި ޖޫރިމަނާކޮށްފަ ތިމަންނާމެންގެ ޒިންމާއިން ރެކިގަނެވޭނެކަމަށް ވިސްނުމަކީ ގޯހެކެވެ.

ދުންފަތް ހުއްޓުވޭނީ އެކަން ފެށުމުގެ ކުރިންނާއި ފަހުން ހޭލުންތެރިކުރުމަށް އެތައް ފިޔަވަޅުތަކެއް އެޅިގެންނެވެ. ފުރާވަރުގެ ކުދިންނާއި، ޒުވާނުންނާއި، މެދު އުމުރާއި ހަރު އުމުރުގެ މީހުންނަށް ބެލިއަސް ދުންފަތުގެ އާދަ އަށަގަނެފައިވާ އެތައް ހާސް ބަޔަކު އެބަތިއްބެވެ. ސުވާލަކީ އެކަން ނުހުއްޓެނީ ޖޫރިމަނާ ނުކުރާތީތޯއެވެ. ނޫނެކެވެ. މިއީ ދެވި ހިފާ ޒާތުގެ ކަމެކެވެ،. ހުއްޓާލުމަކީ މަރުހަލާއެކެވެ. އެކަމަށް ހޭލުންތެރިވުމާއި ކެތްތެރިވުން ވެސް އެހާ މުހިންމެވެ. އެކަން އެއްކައިރީގައި ބާއްވާފައި މިއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރިޔަސް ނަތީޖާ އެއް ނުފެންނާނެއެވެ.

ސްމޯކް

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2024

ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

31 އޮކްޓޯބަރު 2024
ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން
31 އޮކްޓޯބަރު 2024

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި
22 އޮކްޓޯބަރު 2024

ވޭޕާއި ސިނގިރެޓުން ޑިއުޓީ ނެގުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

22 އޮކްޓޯބަރު 2024
ވޭޕާއި ސިނގިރެޓުން ޑިއުޓީ ނެގުމުގެ ބިލް މަޖިލީހަށް ބަލައިގެންފި
31 މެއި 2022

ދުންފަތާ ދުރުވަމާ

31 މެއި 2022
ދުންފަތާ ދުރުވަމާ
07 ނޮވެމްބަރު 2021

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ތާއީދެއް ނުކުރަން: މޭޔަރު މުޢިއްޒު

07 ނޮވެމްބަރު 2021
މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ތާއީދެއް ނުކުރަން: މޭޔަރު މުޢިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު