Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމްޕޯޓް އެކްސްޕޯޓް ޤާނޫނު

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

ހުކުރު ދުވަހުން ފެށިގެން ސިނގިރޭޓުގެ އަގު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ބުރާސްފަތި ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 14:30
ވޭޕްގެ ބާވަތްތައް

ވޭޕްގެ ބާވަތްތައް

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފިއެވެ.

ހުކުރު ދުވަހުން ފެށިގެން ސިނގިރޭޓުގެ އަގު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު) އެވެ.

މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެތިއްބެވި މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓުދީފައިވެއެވެ.

ބިލުގައި ބުނާގޮތުން މިއީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިގިރެޓާއި ވޭޕް ބޭނުން ކުރުން ފަދަ އާލާތްތައް އެތެރެކުރުން މަނާކުރެވެންދެން، އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. އަދި އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ ރެވެނިއު ފީ މާފުކުރެވޭނެ ހާލަތުތައް ބަޔާންކުރުމަކީ ވެސް މި ބިލުގެ މަޤްސަދެކެވެ.

އެ ބިލުގައި ހިމަނާފައި ވަނީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ: އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކުރުމަށް ވަނީ ހިމަނާފައވެެ. ހަމައެހެންމެ ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ އިތުރުކުރުމަށް ވަނީ ހިމްނާފައެވެ.

އެ އިސްލާހުގައި ބުނާ ގޮތުން މި ރޭޓުގެ ދަށުން އިމްޕޯޓު ޑިއުޓީ ނަގަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024ން ފެށިގެން މަނާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިސްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024ން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އިމްޕޯޓާއި އެކްސްޕޯޓްރައްޔިތުންގެ މަޖިލިސްސްމޯކް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު