Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުންފަތުން ޓެކްސް ބޮޑުކުރުން

ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

ސަރުކާރު މެމްބަރުން ދައްކަވަން މަސައްކަތް ކުރެއްވި މަންޒަރަކީ މި ނިންމުމުން ދުންފަތް ބޭނުންކުރާ މިންވަރު މަދުވާކަމުގެ ވާހަކައެވެ. އެހެން ނަމަވެސް ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ދުންފަތް ބޭނުންކުރާ މިންވަރު މަދު ކުރެވިދާނެ ކަމަށް ދައްކަން މަސައްކަތްކުރުމަކީ ގޯހެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 14:38
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކަން އަންގާދޭ ނިޝާނެއް

ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކަން އަންގާދޭ ނިޝާނެއް

އޮކްޓޯބަރު މަހުގެ މެދެއްހާ ހިސާބެވެ. އިވުނީ ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި ވިޔަފާރިކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ޚަބަރެވެ. އަޅުގަނޑަކީ ވޭޕް ބޭނުންކުރާ އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ވެސް ނޫނެވެ. އެހެންވީމަ އަޅުގަނޑަށް ޒާތީ ގޮތުން އެކަމުން އަންނަ ފަރަގެއް ނެތެވެ. މި ނިންމެވުން ރައީސް ނިިންމެވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024ން ފެށިގެން މަނާ ކުރުމަށް އަންގަވާފައިވާކަން ހާމަކުރައްވައެވެ. ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިސްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024ން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފަކަން ވެސް ހާމަކުރެއްވިއެވެ.

ދެން އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އައީ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެންނަ އިސްލާހެއްގެ ވާހަކައެވެ. އެ ބިލުގައި ހިމަނާފައި ވަނީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ: އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކުރުމަށް ވަނީ ހިމަނާފައވެެ. ހަމައެހެންމެ ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ އިތުރުކުރުމަށް ވަނީ ހިމްނާފައެވެ. އަޅުގަނޑަކީ ވޭޕް ބޭނުންކުރާ މީހެއް ނޫނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ވެސް ނޫނެވެ. އެހެންވީމަ އަޅުގަނޑަށް ޒާތީ ގޮތުން އެކަމުން އަންނަ ފަރަގެއް ނެތެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރަމުން އައި މީހުންގެ މެދުގައި އެންމެ ގިނައިން ބޭނުންކުރި ވޭޕް މަނާކުރުމުން އެ ނޫން ދުންފަތުގެ ބާވަތަކަށް އެ މީހުން އެނބުރުން ގާތެވެ. އެއީ ވޭޕް މަނާކުރުމަކުން އެކަނި ދުންފަތް ނުހުއްޓޭނެތީއެވެ. އެހެންކަމަށް ވާއިރު ވޭޕްމަނާކުރުމުން އެއްކަލަ އަގުބޮޑުކޮށް ސިނގެރެޓް ފޮށި ގަންނަ މީހުން ވާނީ ހައްތަހާ އިތުރުކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

ސަރުކާރު މެމްބަރުން ދައްކަވަން މަސައްކަތް ކުރެއްވި މަންޒަރަކީ މި ނިންމުމުން ދުންފަތް ބޭނުންކުރާ މިންވަރު މަދުވާކަމުގެ ވާހަކައެވެ. ރާއްޖެ ޓޮބޭކޯ ފްރީ ޤައުމަކަށް ހަދަނީޔޯލައެވެ. ފަހަރުގައި ދުންފަތް މަނާކުރި ނަމަ އެހެން ބުނެވިދާނެއެވެ. އެކަމަކު ދުންފަތުގެ ތެރެއިން އަގު ބޮޑު ބާވަތެއް ގަންނަން މަޖުބޫރުވާ ގޮތަށްކަންތައް ކުރެއްވުމުން ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދެއެވެ. ހަގީގަތަކީ ޓެކްސް ބޮޑުކުރަނީ ހަމައެކަނި އާމްދަނީ އިތުރުކުރަން ކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ. އެ ނޫން މަޤްސަދެއް މިކަމުން ހާސިލްކުރުމުގަ އިޚުލާސްތެރިކަމެއް ނުފެނެއެވެ. އާމްދަނީ ހޯދޭ ކޮންމެ ގޮތެއް ހޯދާ އެ ގޮތް އިޚުތިޔާރު ކުރަމުންދާ މަންޒަރު މި ދަނީ ފެންނަމުންނެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރަން ކޮށްފަ ނުކުރާނެ ކަމެއް ނެތްކަން ވޭޕް މަނާކުރުމަށް ފަހު އެއާއި ވިދިގެން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމުން އެނގެއެވެ.

ފަހަރެއްގާވެސް ވެސް ދުންފަތް އެތެރެ ކުރުން ހުއްޓުވުމާއި ދެކޮޅެއް ނޫނެވެ. ކަނބޮޑުވަނީ އިންތިހާ އަށް ސިނގެރެޓް ބޮޑުކޮށްފަ މާކެޓްގައި ހުރި ނަމަ އެ ނުގަންނާނެ ގޮތެއް ނުވިސްނޭތީއެވެ. އެހެންކަމުން ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ދުންފަތް ބޭނުންކުރާ މިންވަރު މަދު ކުރެވިދާނެ ކަމަށް ދައްކަން މަސައްކަތްކުރުމަކީ ގޯހެކެވެ.

ސްމޯކްޓެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

03 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު