Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމްޕޯޓް އެކްސްޕޯޓް ޤާނޫނު

ވޭޕާއި ސިނގިރެޓުން ޑިއުޓީ ނެގުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

އެ ބިލު ބަލައިގެންފައި ވަނީ މެންބަރުންގެ ތެރެއިން 65 މެމްބަރުންގެ ވޯޓާއެކުގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2024 | އަންގާރަ 07:52
މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ ޖަލްސާގެ ތެރެއިން

ވޭޕާއި ސިނގިރެޓުން ޑިއުޓީ ނެގުމުގެ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

އެ ބިލު ބަލައިގެންފައި ވަނީ މެންބަރުންގެ ތެރެއިން 65 މެމްބަރުންގެ ވޯޓާއެކުގައެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ 3 މެމްބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ. އެ ބިލަށް ހުރިހާ މެމްބަރުންވެސް ތާއީދުކުރި ތާއީދުކުރި ނަމަވެސް ހަމައެކަނި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށްގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަދު ކުރެވިދާނެތޯ ބައެއް މެމްބަރުން ސުވާލު އުފެއްދިއެވެ.

Advertisement - newsAdvertisement

ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރުމަށް ނިންމާފައިވާ ވޭޕުން ވެސް ޑިއުޓީ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު)، ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އޮތީ ހޯމަ ދުވަހުއެވެ.

ބިލުގައި ބުނާގޮތުން މިއީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަށާއި، ދުފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިގިރެޓާއި ވޭޕް ބޭނުން ކުރުން ފަދަ އާލާތްތައް އެތެރެކުރުން މަނާކުރެވެންދެން، އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. އަދި އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ ރެވެނިއު ފީ މާފުކުރެވޭނެ ހާލަތުތައް ބަޔާންކުރުމަކީ ވެސް މި ބިލުގެ މަޤްސަދެކެވެ.

އެ ބިލުގައި ހިމަނާފައި ވަނީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކުރުމަށެވެ. ހަމައެހެންމެ ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ އިތުރުކުރުމަށް ވަނީ ހިމަނާފައެވެ.

އެ އިސްލާހުގައި ބުނާ ގޮތުން މި ރޭޓުގެ ދަށުން އިމްޕޯޓު ޑިއުޓީ ނަގަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024ން ފެށިގެން މަނާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024ން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ސްމޯކް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!

ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!

17 ޑިސެމްބަރު 2024
ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

31 އޮކްޓޯބަރު 2024
މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
"ވޭޕް މަނާކޮށް، ސިނގެރެޓުން ޓެކްސް ބޮޑުކުރުމުގައި ސަރުކާރުގެ މަގްސަދަކީ ހަމައެކަނި އާމްދަނީ އިތުރުކުރުން އެކަނި"

"ވޭޕް މަނާކޮށް، ސިނގެރެޓުން ޓެކްސް ބޮޑުކުރުމުގައި ސަރުކާރުގެ މަގްސަދަކީ ހަމައެކަނި އާމްދަނީ އިތުރުކުރުން އެކަނި"

28 އޮކްޓޯބަރު 2024
ދުންފަތާ ދުރުވަމާ

ދުންފަތާ ދުރުވަމާ

31 މެއި 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު