Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑޫފާތައް މަރުވުން

ރާއްޖޭގެ ކަނޑޫފާތައް ނެތިދަނީ، ރައްޔިތުން ވާނުވާގައި!

ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ކަނޑޫފާތައް މަރުވާކަން ފާހަގަކުރެވުނީ 2020 ވަނަ އަހަރުގެ ކުރީކޮޅު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2021 | އާދީއްތަ 12:29
ވައިކަރަދޫ ކަނޑޫފާ

ވައިކަރަދޫ ކަނޑޫފާ

ރީތި ބިޔަ ގަސްތަކެކެވެ. ހިތްގައިމު މާހައުލެކެވެ. ކުޅި، ފާ އަދި ޗަސްބިމުން އުފެދިފައިވާ އެގަސްތަކުގެ ތެރޭގައި އެތައް ދޫނިސޫފާސޫފިތަކާއި، މަސްމަހާމެހި ދިރިއުޅެމުން ދެއެވެ. އެކި ބާވަތްބާވަތުގެ ދޫނިތައް ހިޖުރަކުރާ މޫސުންތަކުގައި ވެސް އެސަރަހައްދުތަކަށް ދާ ދޫނިތައް ނިސްބަތުން ވަރަށް ގިނައެވެ. އެއީ ގުދުރަތީ އެތައް ރީތިކަމެއް ލިބފައިވާ ކަނޑޫފާ ސަރަހައްދެވެ. ނަމަވެސް އެސަރަހައްދުތަކުގެ އާރޯފެހިކަން މިހާރު ވަނީ ނެތިދާން ފަށާފައެވެ. ކަނޑޫފާތަކުގެ އެކި ސަރަހައްދުތައް މަރުވާން ފަށައިފިއެވެ. ރަށުގެ މަލަމަތި ރީތިކޮށްދިން އެގަސްތައް މިއަދު ފެންނާކަށް ނެތެވެ.

ތިމާވެށީގެ މާހިރުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފެދިފައިވާ ކަނޑޫފާތައް މަރުވުމަކީ ރާއްޖޭގެ ލޮނުގަނޑު އުފުލޭ ކަމުގެ އިންޒާރެކެވެ. ތިމާވެއްޓަށް ލިބޭ ނޭދެވޭ އަސަރުކުރާ މިންވަރު ދައްކުގައިވޭ ކަމެކެވެ. ދިރާސާތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ރިކޯޑު މިންވަރަކަށް ކަނޑުގެ ލޮނުގަނޑު ވަނީ އުފުލިފައެވެ. އެގޮތުން 91.33 މިލިމީޓަރަަށް ނުވަތަ 3.6 އިންޗިއަށް ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ވަރަށް ބޮޑަށް މަތިވެފައިވާއިރު، ކޮންމެ އަހަރަކު 0.06 އިންޗި ނުވަތަ 1.4 މިލިމީޓަރަށް ދަނީ އުފުލެމުންނެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލޭ އަވަސްމިން ދެ ގުނަ އިތުރު ކަމަށް ދިރާސާތަކުން ދައްކައެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭ މިއިންޒާރާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ކަނޑޫފާތައް މަރުވާކަން ފާހަގަކުރެވުނީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އެގޮތުން ހދ. ނޭކުރެންދޫއާއި ހދ. ކެލާ އަދި ގދ. ހޯނޑެއްދޫގެ ކަނޑޫފާގެ ބޮޑު ބައެއް މިހާރު ވަނީ މަރުވެފައެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ބްލޫޕީސް ޖަމިއްޔާއިން ބުނެފައިވަނީ, ކަނޑޫފާތައް މަރުވާ މައްސަލައިގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ނެގި ސާމްޕަލްތަކާއި، ސެޕްޓެމްބަރުގައި ނެގި ސާމްލަތަކަށް ބަލާއިރު ލޮނުގެ އަސަރުހުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ދިރާސާއިން ވަނީ ދައްކާފައެވެ. އަދި ހދ. ނޭކުރެންދޫއާއި ކޭލަކުނު، އަދި ހއ. ބާރަށާއި ފިއްލަދޫގެ ދިރާސާއިން މި ސާމްޕަލް ނަގާފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ކަނޑޫފާތަކުގައި ލޮނުގެ އަސަރު ހުރި މިންވަރު އިތުރުކަން އެ ދިރާސާއާ ހަވާލާދީ ބްލޫޕީސްއިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ނޭކުރެންދޫގެ ކަނޑޫފަލާ ބެހޭގޮތުން ބްލޫޕީސް ބުނެފައިވަނީ, 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ އޭރިޔާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ދިރާސާގައި އޭރިޔާ ''އޭ''ގައި 1.14 ލޮނުގެ އަސަރު ހުރި ކަމަށާއި، އޭރިޔާ ''ބީ''ގައި 1.12 ލޮނުގެ އަސަރު ހުރިކަމަށެވެ. އަދި 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާގައި އޭރިޔާ ''އޭ''ގައި 2.56 ލޮނުގެ އަސަރު ހުރިއިރު އޭރިޔާ ''ބީ''ގައި 1.76 ލޮނުގެ އަސަރު ހުރިކަމަށެވެ.

މިމައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވެފައިވާއިރު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެފައިވަނީ, ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށާއި، މިހާރު އިންޑިއާގެ ޚާއްސަ ޓީމަކުން އެމަސައްކަތުގައި ހަރަކާތްތެރިވާ ކަމަށެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ, ފެން ލޮނުވާކަން ދެނެގަނެވިފައިނުވާ ކަމަށާއި, ނަމަވެސް ފަންގަސް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކަނޑޫފާތައް މަރުވާ މައްސަލާގައި ބްލޫޕީސް ޖަމިއްޔާ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ދައްކާފައި މިވަނީ ތަފާތު ވާހަކަތަކެކެވެ. އެހެންކަމުން ކަނޑޫފާތައް މަރުވާ ސީދާ ސަބަބުތައް ޔަގީންކަމާއެކު ބުނާކަށް ނޭނގެއެވެ. ކަނޑޫފާތަކަކީ ރަށްގިރުމާއި ފެން ބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ވަސީލަތެއް ކަމަށްވާއިރު، އެތަންތަން ނެތި ދިއުމަކީ ރަށްތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. އަދި މިހާރު އެރަށްރަށުގެ ރައްޔިތުންނާއި ޖަމިއްޔާތަކުން ރަށުގެ ފެންވަރުގައި, ކަނޑޫފާތައް ހިމާޔަތް ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންދެއެވެ. އިންޑިޔާގެ ޚާއްސަ ޓީމަކުން ހަދާ ދިރާސާތަކުން ކަނޑޫފާތައް މަރުވާ ސީދާ ސަބަބު ދެނެގަނެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވާތީ, ދިވެހި ރައްޔިތުން ތިބީ އެދިރާސާތައް ނިމި، ނަތީޖާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކަނޑޫފާމިނިސްޓަރ އައިމިނަތު ޝައުނާބްލޫ ޕީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު