Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެ އާއި ޔޫއޭއީގެ ގުޅުން

ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ

ޔޫއޭއީ އާއި މެދު ރާއްޖެ އިން އަބަދުވެސް ގެންގުޅުނީ ޚާއްސަ އުސޫލުތަކެއް ކަމަށާއި ރާއްޖޭގެ ހިތުގައި އެ ގައުމާއި މެދު ޚާއްސަ ލޮތްބެއް އޮތް ކަމަށް ޝައުނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 07:22
މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގުނުކުރެވޭނެ ފަދަ މުހިންމު ދައުރެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ 51 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީ އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޔޫއޭއީއާ މެދު ރާއްޖެ އިން އަބަދުވެސް ގެންގުޅުނީ ޚާއްސަ އުސޫލުތަކެއް ކަމަށާއި ރާއްޖޭގެ ހިތުގައި އެ ގައުމާމެދު ޚާއްސަ ލޮތްބެއް އޮތް ކަމަށް ޝައުނާ ވިދާޅުވިއެވެ. ދެ ގައުމުގެ ވެރިންނާއި އިސް އެހެން ފަރާތްތަކުން ދެ ގައުމަށް ކުރާ ދަތުރުތަކުން އެކަން ފާހަގަވާނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ އުންމީދުގައި ދެ ގައުމުގެ ލީޑަރުން ތިބީ އެކުގައި މަސައްކަތްކުރަން ތައްުޔާރަށް ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މިދިޔަ ގަރުނެއްހާ ދުވަސް ތެރޭގައި ޔޫއެއީ އިން ހޯދާފައިވާ ކުރިއެރުންތަކަކީ ނަމޫނާ އެއް ކަަމަށް ފާހަގަކުރައްވާ ޝައުނާ ވަނީ އެ ގައުމުގެ ލީޑަރޝިޕަށް ތައުރީފްކުރައްވާފައެވެ. ޔޫއޭއީ އަކީ ކުރިއެރުމާއި އިގްތިސާދީ ގޮތުން އަދި އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމުގައި ވެސް ނަމޫނާ ޤައުމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމު ހޯދި ކާމިޔާބީތަކަކީ ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން، މި އަހަރަކީ ޔޫއޭއީ އަށް ހިތާމަވެރި އަހަރެއް ކަމަށާއި އެ ގައުމުގެ ކުރީގެ  ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމަކީ އެ ގައުމަށް ފުން ހިތާމައެއް ލިބުނު ކަމެއް ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އައު ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝެއިޚް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާންގެ ލީޑަރޝިޕްގައި އެ ގައުމަށް ކުރިއެރުން ލިބިދާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އައިމިނަތު ޝައުނާޔޫއޭއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު