Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގެ ސާފުތާހިރުކަން

ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި

މާލޭގެ ހާލަތު ބައްލަވާލެއްވީ މިނިސްޓަރ އަމިއްލަފުޅަށް އިސްނަންގަވައިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 12:20
މިނިސްޓަރ ޝައުނާ މާލޭގެ ކުނީގެ ހާލަތު ބައްލަވާލެއްވުން

މިނިސްޓަރ ޝައުނާ މާލޭގެ ކުނީގެ ހާލަތު ބައްލަވާލެއްވުން

މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ, އާމިނަތު ޝައުނާ, މާލޭގެ މަގުތަކުގެ ސާފުތާހިރުކަމާއި ގޭބިސީތަކުން މަގަށް ނެރޭ ކުނީގެ އާއްމު ހާލަތު ބައްލަވާލައްވައިފިއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މިނިސްޓަރ މާލޭގެ ހާލަތު ބައްލަވާލެއްވީ މިނިސްޓަރ އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމަށެވެ. މާލޭގެ ހާލަތު ބައްލަވާލައްވަން މިފަދަ ގޮތަކަށް ނުކުންނެވުމުގެ މައިގަނޑު މަގުސަދަކީ، ކަމާގުޅުންހުރި ފަރާތްތަކުން އާއްމުކޮށް ކުނި ނެގުމަށް ހަމަޖެހިފައިވާ ވަގުތުތަކުގައި ރަނގަޅަށް އެކަންކަން ކުރިއަށް ގެންދޭތޯ ބެއްލެވުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓަރ ޝައުނާ ބޭނުންފުޅުވަނީ ޖުމްލަ ގޮތެއްގައި މާލޭގެ ކުނީގެ އާއްމު ހާލަތު ހުރިނެތްގޮތް އަމިއްލަފުޅަށް ބައްލަވާލެއްވުމަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިނިސްޓަރ ބުރާސްފަތި ދުވަހު މަލޭގެ އެކިމަގުތަކާއި ސަރަހައްދުތަކަށް ވަޑައިގެން ބެއްލެވި ބެއްލެވުމުގައި، މާލެތެރޭގެ ކުނީގެ ކަންކަން، ކަމާ ގުޅުންހުރި އިދާރާތަކުން ގެންދާލެއް ރަނގަޅުކަން ފާހަގަކުރެއްވުނު ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ހުންނަ ކުނި ނަގަން ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ސިޓީ ކައުންސިލުން ނިންމުމާއެކު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަގުތަކުން ކުނި ނެގުން ވެމްކޯއިން ވަނީ ހުއްޓާލާފައެވެ. އެއާއެކު މާލޭގެ މަގުތަކުގައި ކުނި އިތުރުވެ، އެކަން އާއްމުންނަށް ތަކުލީފަކަށް ވިއެވެ. މާލެއާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ސާފުކުރުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އާނުކުރަން ނިންމީ، އެ ކުންފުނިން އެކަން ގަވާއިދުން ނުކުރާތީކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް އެ މަސައްކަތް ވެމްކޯއިން ކުރަމުން އައީ ވަރަށް ސަމާލުކަންދީގެން، ރަނގަޅަށްކަަމަށް އެ ކުންފުނިން ބުނެއެވެ. އޭރުވެސް މާލޭގައި ކުނި ގިނަވެ މާލެ ތެރެ ގޮނޑުވުމުން، މިނިސްޓަރ ޝައުނާގެ އިސްނެންގެވުމުގެ މަތިން މާލެތެރެ ސާފުކޮށްފައިވެއެވެ.

ކުނިމިނިސްޓަރ އައިމިނަތު ޝައުނާއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު