Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުރަކަތައް ހިމާޔަތް ކުރުން

ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ

ނަތީޖާއިން އެނގިފައިވަނީ 36 ބާވަތް ގެއްލުމުގެ ނުރައްކަލުގައިވާކަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 13:50
ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް ރަސްމިއްޔާތު

ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް ރަސްމިއްޔާތު

ރާއްޖޭގެ މުރަކަތަކާއި ގުޅޭގޮތުން ހޯދުނު ހޯދުންތަކުން ފަރުތައް ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހޭކަން ހާމަވެފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަރުތަކާއި ގުޅޭގޮތުން ކުރި ދިރާސާގެ ހޯދުންތައް ޢާއްމުކުރުމަށް ބޭއްވި "ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް" ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝައުނާ ވިދާޅުވީ 39 ބާވަތެއްގެ ތެރެއިން ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މުރަކަތައް ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 23 ބާވަތަކީ ކްރިޓިކަލީ އެންޑޭންޖާޑް، 6 އެންޑޭންޖާޑް، 7 ވަލްނަރަބަލް އަދި 3 ބާވަތެއް ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތްތައް ކަމަށް ބެލެވިފައިވާ ކަމަށާއި މީގެ ނަތީޖާއިން އެނގިފައިވަނީ 36 ބާވަތް ގެއްލުމުގެ ނުރައްކަލުގައިވާކަން ކަމަށް ވެސް ވިދާޅުވިއެވެ. މިއީ އުފާވެރި ޚަބަރެއް ނޫން ނަމަވެސް، އުއްމީދު ކަނޑައިނުލާ މުސްތަޤަބަލަށްޓަކައި، މި ބާވަތްތައް ހިމާޔަތްކުރުމުގެ މަސަކަތްތައް އަދި ކޮންޒަވޭޝަން ޕްލޭނިންގް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މުރަކަތައް ނެތިދިއުމުގެ ނުރައްކާ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މުރަކަތަކުގެ މުހިއްމުކަމާއި ރާއްޖެއަކީ ދުނިޔޭގެ ބަޔޯޑައިވަރސިޓީއަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޤައުމަށްވެފައި އަދި މުރަކައަކީ އަޅުގަނޑުމެންގެ އިޤްތިޞާދަށް، ޚާއްޞަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ވަސީލަތެއްކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ހަމައެއާއެކު، ކޮރަލް ރީފް އިކޯސިސްޓަމަކީ ދިވެހިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި އެއީ ރާއްޖޭގެ ކްލައިމެޓް ރެގިއުލޭޝަން، ސްޓޯމް ބަފަރިންގ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން، ތިމާވެށީގެ ނިޒާމުގެ އެހެނިހެން ގިނަ ޚިދުމަތްތަކުގައި އިންސާނުންނަށް ވަޒަންވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްވެހިންނަށް، މުރަކަ ފަރުތަކަކީ، ތޫފާން، ސުނާމީ، އަދި ގޮނޑުދޮށް ގިރުން ފަދަ ގުދުރަތީ ކާރިސާތަކުން ދިފާއުވުމުގެ ފުރަތަމަ ސަފު، އެއީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އިކޯސިސްޓަމް ބޭސްޑް އެޑަޕްޓޭޝަންގެ މުހިންމު ބައެކެވެ.

މި ރަސްމިއްޔާތުގައި ވަނީ ނެތިދިއުމުގެ ބިރުހީވެފައިވާ ބާވަތްތައް ދެނެގަތުމަށް ބޭނުންވާ ތަމްރީން ދިނުމަށް ހިންގި ރެޑް ލިސްޓް ޓްރައިނިންގގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 13 ފަރާތަކަށް ތަމްރީން ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ 79 ސަރަޙައްދުގެ ތެރެއިން 13 ސަރަޙައްދަކީ ފަރުތަކުގެ ސަރަޙައްދުތައް ކަމަށާއި މުރަކަތައް ރައްކާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުރަކަ ދިރުވާ އާލާކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދާއިރު، ރާއްޖެ އަކީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމެވެ.

މިނިސްޓަރ ޝައުނާ ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޖަމިއްޔާތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަރުތައް ރައްކާތެރިކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

މިނިސްޓަރ އައިމިނަތު ޝައުނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު