Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުންތޭ ގައުމީ ޓީމާ ހަވާލުވުން

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް މުންތޭ

ސެންޓްރަލް ޒޯން މުބާރާތް އޮންނާނީ އަންނަ މަހުގެ 21-29 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ނޮވެމްބަރު 2021 | ހޮނިހިރު 15:19
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުންތޭ

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުންތޭ

ގައުމީ ސީނިއާ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ހަމަޖައްސައިފިއެވެ.

މީގެ ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމުގައި ހުރީ ކުރީގެ ކުޅުންތެރިޔާ އަޙްމަދު އަދީލް (ބޭބެ) އެވެ. އެކަމަކު އޭނާގެ ބަދަލުގައި މުންތޭއަށް ގައުމީ އަންހެން ޓީމު ހަވާލުކުރީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ. ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމާ މުންތޭ ހަވާލުވިއިރު، މީގެ ކުރިން އޭނާ ވަނީ ގައުމީ އަންހެން ޓީމުގެ ކޯޗަކަށް އިބްރާހިމް ޖަލީލް (ޖައްލަ) ހުރިއިރު، އެ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކޮށްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ ގައުމީ އަންހެން ޓީމާ ހަވާލުވި މުންތޭ މީގެ ކުރިންވެސް އެ ޓީމާއެކު މަސައްކަތްކޮށްފައިވާތީ، އޭނާއާ ދޭތެރޭގައި އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

އެކަމަކު ކުއްލި ގޮތަކަށް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތާ ކުރިމަތިލާއިރު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެގޮތުން ގައުމީ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންނަށް މި މުބާރާތުގައި އާއިލީ ސަބަބުތަކާ ގުޅިގެން ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން އެ ޖާގަތަކަށް ޒުވާން އަންހެން ކުޅުންތެރިން ހިމެނުމަށް ވިސްނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ކުޅުންތެރިންނާއެކުވެސް މި މުބާރާތުގައި ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން މުންތޭ ބުނީ ގައުމީ ޓީމާ ހަވާލުވިއިރު، އޮތް އެންމެ ބޮޑު ޗެލެންޖަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުބާރާތަށް ތައްޔާރުވުން ކަމަށެވެ. އަދި ސީނިއާ ޓީމުގައި މި ވަގުތު ހިމެނޭ ހަތަރު ކުޅުންތެރިއަކަށް މި މުބާރާތުގައި ނުކުޅެވުމަކީވެސް އޮތް ގޮންޖެހުމެއް ކަމަށްވެސް ބުންޏެވެ.

މުންތޭ އިތުރަށް ބުނީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މުބާރާތާ ކުރިމަތިލާއިރު އަމާޒަކީ ދެވަނަ ނުވަތަ އެއްވަނަ ހޯދުން ކަމަށެވެ. އަދި އެންމެ ފަހުގެ މުބާރާތުން ރާއްޖޭން ރިހި މެޑަލް ހޯދިއިރު، އެ މެޑަލް ދިފާއުކުރަން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ކިރްގިސްތާނާއި، ނޭޕާލް އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. މި އަހަރުގެ މުބާރާތާ ރާއްޖޭގެ އަންހެން ޓީމު ކުރިމަތިލާއިރު، އެ މުބާރާތުގެ ކުރިން ބަހްރޭނުގައި ރާއްޖޭގެ ވޮލީބޯޅަ ޓީމުތައް ކޭމްޕުކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ދާދި ފަހުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބަހްރޭނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލިބުނު ފުރުސަތެކެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު