Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ޖަހައިދިނުން

ވެކްސިނޭޝަން ސެންޓަރުތަކުން ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލުތަކެއް

ސިނޮފާމް ވެކްސިން ޖަހައިދެމުންދަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ހަމައެކަނި ސެނެހިޔާއިން

އަމްނާ އިމާދު
އަމްނާ އިމާދު | 6 ނޮވެމްބަރު 2021 | ހޮނިހިރު 09:41
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

މާލެ ސަރަހައްދުގެ ވެކްސިނޭޝަން ސެންޓަރުތަކުން ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން އޭޑީކޭ ހޮސްޕިޓަލުން ޖަހައިދެމުން ދަނީ ހެނދުނު 9:00ން 12:00ށް ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން ހެނދުނު 11:00ން މެންދުރު 12:00ށް ކަމަށެވެ. އަދި އައިޖީއެމްއެޗުން ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން މެންދުރުފަހު 2:00ށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެސްޓްރަޒެނިކާ ވެކްސިން ޖަހައިދިނުމާއި ގުޅޭ ގޮތުން އެޗްޕީއޭއިން ބުނީ ދަމަނަވެށިން ހެނދުނު 9:00ން މެންދުރުފަހު 3:00ށް، ހުޅުމާލެ ހޮސްޕިޓަލުން 9:30ން 10:30ށް، އައިޖީއެމްއެޗުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 10:00ން މެންދުރުފަހު 2:00ށް، ސެނެހިޔާއިން 10:00ން 12:30ށް އަދި ވިލިމާލެއިން 9:00ން މެންދުރު 1:00ށް ވެކްސިން ޖަހައި ދެމުންދާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖެހުމަށް އެހުރިހާ ސެންޓަރުތަކުން އެޕޮއިންޓްމެންޓް ހައްދަން ޖެހޭ ކަމަށެވެ. އަދި އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް ހުޅުމާލެ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުން ވެސް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ސިނޮފާމް ވެކްސިން ޖަހައިދެމުންދަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ހަމައެކަނި ސެނެހިޔާއިން ކަމުގައެވެ. އެއީ ހެނދުނު 8:30ން 9:30ށެވެ. އެޕޮއިންޓްމެންޓް ހައްދާކަށް ނުޖެހެއެވެ.

ވެކްސިންގެ އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ 358744 މީހުންނެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 394699 މީހުންނެވެ.

ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެގޮތުން ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތު ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ވެކްސިން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު