Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގެ މަގުތަކުގައި ތާރުއެޅުން

މާލޭގެ މަގުތަކުގައި ތާރުއެޅުން: އަމަލީ މަސައްކަތް ފެށުމަށް ތައްޔަރުވަނީ!

ރޯޝަނީ މަގުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2021 | ހޮނިހިރު 08:04
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން،

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން،

މާލެ ސިޓީގެ 15 މަގެއްގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އާރްޑީސީން ބުނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 15 މަގެއްގައި ތާރުއަޅަން ނިންމާފައިވާ ކަމަށާއި މިހާރު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ސްޓޭކް ހޯލްޑަރުންނާއި ކްލައިންޓުންނާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާކަން އާރްޑީސީން ފާހަގަކުރިއެވެ. އަދި ދުރުނޫން މުސްތަގުބަލެއްގައި މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ތާރުއަޅަން ނިންމާފައިވާ މަގުތަކަކީ ކަނބާއައިސާރަނި ހިނގުން، އަމީނީމަގު، ޝަހީދުއަލީ ހިނގުން، އިއްޒުންދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހުރަވީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ޗާނދަނީ މަގު، ރަށްދެބައި މަގު، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގެވެ.

މާލޭގެ 15 މަގެއްގައި ތާރުއަޅަން ނިންމާފައި މިވަނީ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން އެކި ފިޔަވައްސަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްދާއިރު، މާފަންނު ހުޅަނގު ފޭސް 1، އަދި ސެގްމަންޓް 1 ގެ މަސައްކަތްތުގެ ސްކޭޕަށް އައި ބަދަލަކާ ގުޅިގެން މަސައްކަތް ވަނީ ހުއްޓިފައެވެ. ހެންވޭރު އުތުރު ފޭސް -2 ގެ މަސައްކަތްތައް ކުރިއަށްދާއިރު ރޯޝަނީ މަގުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ސިޓީ ކައުންސިލުން ޑިޒައިނަށް ގެނެސްފައިވާ ބަދަލަކާއި ގުޅިގެން މަސައްކަތްތައް ލަސްވާ ކަމަށް އާރްޑީސީން ބުނެއެވެ.

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކާއި ބެހޭ ގޮތުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު، މި މަސައްކަތަކީ ގޮންޖެހުން ބޮޑު ތަކުލީފު ގިނަ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން މާލޭގެ މަގުތަކަށް ގެންނަން ބޭނުންވާ ބަދަލު މާލޭގެ މަގުމަތިން ފެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އަވަހަށް މަސައްކަތް ނިންމުމަށް އާރްޑީސީން މަސައްކަތް ފަށާފައިވާއިރު، މި ޕްރޮޖެކްޓްގެ މަސައްކަތްތައް ނިމުމާއެކު މިހާރު ދިމާވާ މައިގަނޑު މައްސަލަތައް ކަމަށްވާ މަގު ކޮނުމާއި، ހޮޅިއެޅުމާއި، ގައު ނެގުމާއި، އަދި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އާރްޑީސީން ބުނެއެވެ. މަގު ކޮނެ ގައުތައް އެކިގޮތްތަށް އަތުރާފައި އޮތުމާއެކު ހިނގާބިނގާވެ އުޅޭ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މިމަޝްރޫއުގެ ދަށުން 120ށްވުރެ ގިނަ މަގު (18 ކިލޯމީޓަރު) ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. 2020ވަނަ އަހަރު ފެށި މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް 2023ވަނަ އަހަރުގެ ކުރިން އެއްކޮށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ ފަށާފައިވަނީ މާފަންނު ހުޅަނގު ސަރަހައްދުންނެވެ.

އާރްޑީސީމަގުމާލޭ ސްޓްރީޓް ސްކޭޕިކް މަޝްރޫއުމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު