Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން ކުރިއެރުން

ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ފްލައިޓުތައް ޕާރކް ކުރުމުގެ މައްސަލަ ހައްލުވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 6 ނޮވެމްބަރު 2021 | ހޮނިހިރު 07:05
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު

ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއަންނަ ފްލައިޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

އެމްއޭސީއެލްގެ އެއަރ ޓްރެފިކް މެނޭޖެމެންޓުން ރާއްޖެ ޓީވީވީއަށް މައުލޫމާތު ދިން ގޮތުގައި ކޮވިޑަށްފަހު ރާއްޖެ އަންނަ ފްލައިޓުތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 20 އިންސައްތަ އިތުރުވެފައެވެ.

ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވުމުގެ ސަބަބުން ޕާރކް ކުރުމުގައި ދިމާވެދާނެ ދަތިތަކަކަށް ވިސްނައި އެމްއޭސީއެލްއިން މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޕާރކް ކުރެވޭނެ އިތުރު ޖާގަ ހަދާފައެވެ. ގިނަ އަދަދެއްގެ ފްލައިޓްތަކެއް އެއްފަހަރާ ޕާރކް ކޮށްފައި ބެހެއްޓުމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އާމްދަނީ އިތުރުވެގެންދާނެއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުން ފެށިގެން މާރޗް މަހާއި ހަމައަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާއިރު، އެއަރޕޯޓްގައި ފްލައިޓް ޖެއްސުމުގެ އިތުރުން, ޕާރކް ކުރުމުގެ މައްސަލަތައް މީގެ ކުރިން ވަނީ ދިމާވެފައެވެ. އެކަމަކު އެމްއޭސީއެލްއިން ބުނީ މިފަހަރު އެމައްސަލަތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން ހުޅުލޭ އެއަރޕޯޓުގެ އިތުރުން މާފަރު، ދަރަވަންދޫ، މާމިގިލި އަދި ކުޑަހުވަދޫ އެއަރޕޯޓުގައިވެސް ޕްރައިވެޓް ޖެޓްތައް ޕާރކް ކުރުމުގެ ނިޒާމު ހަމަޖެހިފައިވާ ކަމަށް ބުނެއެވެ.

ގިނަ އަދަދެއްގެ ފްލައިޓްތައް މިހާރު ރާއްޖެ އަންނައިރު، އެއަރޕޯޓުގައި ފްލައިޓު ޖައްސާނެ ޖާގަ ނެތިގެން ފްލައިޓްތައް މަޑުކުރަން ޖެހުމުގެ މައްސަލައަށް އަދިވެސް މުޅިއަކުން ހައްލެއް ނާދެއެވެ.

މީގެ މައިގަނޑު ސަބަބަކަށްވެފައި އޮތީ ރާއްޖޭގެ އެއަރޕޯޓަށް ނުކަތާވަރަށް ގިނަ އަދަދެއްގެ ފްލައިޓުތަކެއް ރާއްޖެ އައުމެވެ. ގިނަ ފްލައިޓުތައް ރާއްޖެ އަންނަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެހެންކަމުން ދުވާލު ގަޑީގައި ރަންވޭތައް ބާރުބޮޑުކޮށް ފެނުނު ނަމަވެސް ރޭގަނޑު ގަޑީގައި ރަންވޭތައް ފެންނަނީ މުޅިންހެން ހުސްކޮށެވެ. އެމްއޭސީއެލްއިން ބުނީ ރޭގަނޑުގެ ވަގުތުގައި ރާއްޖެ އަންނަން ބޭނުންވާ ފްލައިޓުތަކަށް ޕާރކިންގެ ދަތިތަކަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރީން ރާއްޖެ ޒިޔާރަތް ކުރަމުން އަންނައިރު ފަތުރުވެރިކަމުގައި ރާއްޖެއާއި ވާދަކުރާ ބައެއް ގައުމުތަކުގެ ބޯޑަރު އަދިވެސް ނުހުޅުވައެވެ. އެހެންކަމުން އެހުރިހާ ގައުމަކަށް ޒިޔާރަތްކުރަން ބޭނުންވެފައިވާ ފަތުރުވެރީންގެ އަމާޒު މިހާރު ހުރީ ރާއްޖެއާ ދިމާލަށެވެ.

މިފަހުން ރާއްޖެއާއި މޮންގޯލިއާ އާއި ދެމެދު ޗާޓާ ފްލައިޓުތައް ފަށާފައިވާއިރު، އިންޑިއާގެ ދިއްލީއާއި ރާއްޖެއާއި ދެމެދުވެސް ވަނީ ދަތުރުތައް ފަށާފައެވެ.

ޓުއަރިޒަމް އެމްވީއެމްއޭސީއެލް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު