Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެރައިސް މަޝްރޫއު

އެރައިސް މަޝްރޫއާއެކު ކުޅުދުއްފުށިން ކޮންމެ އަހަރަކަށް ތެލަށް ކުރާ ހޭދައިން 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

2.5 މިލިއަން ޔުނިޓް ކަރަންޓު ސޯލަރ ހަކަތައިން އުފެދޭނެ

| 4 ނޮވެމްބަރު 2021 | ބުރާސްފަތި 09:06
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

އެރައިސް މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުގެ ގާއިމްކުރުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އަހަރަކަށް 5.3 މިލިއަން ރުފިޔާ ތެލަށް ކުރާ ހޭދަކުޑަކުރެވޭނެ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވަނީ، މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ބީލަމުގެ މަރުހަލާ ކަމަށާއި، މި މަޝްރާއުގައި ކުރުމަށް ފްލޭން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، 1.5 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމުގާއިމް ކުރުމާއި، 2 މެގަ ވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމް ކުރުމާއި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، މިމަޝްރޫއުގެ މަސައްކަތްތަށް ނިމުމުން، 2020 ވަނަ އަހަރުގެ ޕީކް ޑިމާންޑްގެ 58 އިންސައްތަ ރަށުގެ ޕީކް ލޯޑް ސޯލަރ ހަކަތައިން ދެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި 2.5 މިލިއަން ޔުނިޓް ކަރަންޓު ސޯލަރ ހަކަތައިން އުފެދޭނެ ކަމަށާއި، 6.6 ލައްކަ ލީޓަރުގެ ތެޔޮ މަދުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އަހަރެއްގެ މައްޗަށް 5.3 މިލއަން ދިވެހިރުފިޔާ ތެލަށްކުރާ ހަރަދުން ކުޑަ ކުރެވޭނެ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން 1732 މެޓްރިކް ޓަނުގެ ޖައްވަށް ދޫކުރާ ވިހަ ގޭސް ދައްކުރެވޭނެއެވެ. މިއީ 69،280 ގަހުން އަހަރަކަށް ދައްކޮށްދޭ ކާބަންއާއި އެއްވަރުގެ އަދަދެކެވެ.

އެކްސަލރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢު މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށް އެންވަރރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީއެންވަޔަރަމަންޓް މިނިސްޓްރީމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު