Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

7 ސެޕްޓެމްބަރު 2025 | އާދީއްތަ 10:08

ބްލޮކް ގްރާންޓް ފޯރުކޮށް ދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލަރ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށް ރައީސް ވިދާޅުވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 10:08
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ ރާއީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ ކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލަރ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއް ނޫން ކަމަށެ އެވެ.

Advertisement - newsAdvertisement

އެހެން ކަމުން، ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލަރ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށެއެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަށް ރައްދު ދެއްވަމުން އާތިފް ވިދާޅުވެފައިވަނީ، މިހާރު ޤާނޫނު އޮތްގޮތުން ދިވެހިރާއްޖޭގެ އާމްދަނީގެ 5 އިންސައްތަ ރައްޔިތުން ދެނީ ކައުންސިލްތަކުގެ މަސައްކަތަށް ކަމަށާއި އަނެއް 95 އިންސައްތަ ރައްޔިތުން ދެނީ މައި ސަރުކާރަށް ކަމަށްވާއިރު މި 2 ބަޔަކީވެސް ރައްޔިތުންގެ ފައިސާ ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މި ވިދާޅުވަނީ ދިވެހިރައްޔިތުންގެ މާލިއްޔާއިން ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް ފައިސާއަށް އިތުރު ގޮތްގޮތް ހަދާވާހަކަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތަކަށް ވާންވީ ސަރުކާރަށް ރައްޔިތުން ދީފައޮތް %95 އިން ރައްޔިތުންނަށް އިތުރު މަންފާއެއް ކުރާނެ ސިޔާސަތުތަކެއް އެކަށައެޅުން ކަމަށް އާތިފް ވިދާޅުވި އެވެ.

މިހާރު އެ ހުށަހަޅާ ބަދަލުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތަ އެއްވެސް ވަރަކަށް ބޮޑު ނުވާ ކަމަށް ވިދާޅުވަމުން އާތިފް ވިދާޅުވެފައިވަނީ، އެ 5 އިންސައްތަ ބޮޑުނުކޮށް، މި ބަދަލު ގެނެސްފިނަމަ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާއިން ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާގެ ތެރެއިން 5 އިންސައްތަ އުނިވެގެންދާނެ ކަމަށެ އެވެ.

ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރީވިއްޔާ މިހާރު ޤާނޫނުގައި ކައުންސިލްތަކަށް ދައުލަތުގެ އާމްދަނީގެ ތެރެއިން ދޭންޖެހޭގޮތަށް ކަނޑައަޅާފައިއޮތް %5 ބޮޑުކޮށްދެއްވާ، ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މި %5 ގެ ބޭރުން ކޮންމެވެސް އިންސައްތައެއް ދައުލަތުގެ ބަޖެޓުން ހަމަޖައްސަވައިދެއްވާ
ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް

އާތިފް ވިދާޅުވެފައިވަނީ އެންމެބޮޑު ކަންބޮޑުވުމަކީ ކައުންސިލަރުންނާއެކު މަޝްވަރާ ކުރުމަށް އެލް.ޖީ.އޭ އިން ބާއްވާފައިވާ ފަނޯއްލަ ދަރުބާރުތަކުގައި އެކުލަވާލާފައިވާ އިސްލާހީ ކަރުދާސްތަކަށް ރިއާޔަތްކުރުމެއްނެތި، މި ސަރުކާރުން ލާމަރުކަޒީ ނިޒާމާގުޅޭގޮތުން ހެއްދެވި ދިރާސާއަށް ބެލުމެއްނެތި ކުއްލި ކުއްލިއަށް ތާކުންތާކު ނުޖެހޭ ގޯސް ބަދަލުތައް ގެންނަވަން ނިންމަވާ އިއުލާން ކުރައްވަމުންދާތީ ކަމަށެ އެވެ.

ރައީސް މުއިއްޒު މިވާހަކަތަކަށް ރައްދު ދެއްވަމުން އިދިކޮޅު ފަރާތްތަކުން ދަނީ ކުރިން މިކަން އޮތް ގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެ އެވެ. ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން އުޅޭ އިސްލާހާއި ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމަށް ދެކެވެމުންދާ ވާހަކައަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެ އެވެ. އެގޮތުން ބ.އަތޮޅު ކައުންސިލުންވެސް މިކަމާއި ދެކޮޅަށް މާލޭ ގައި މުޒާހަރާ ކުރުމަށް ނިންމާފަ އެވެ.

ރައީސް މުއިއްޒުމުޙައްމަދު އާތިފް (އާތީ)ކުޅުދުއްފުށި ސިޓީބްލޮކް ގްރާންޓް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކައުންސިލް އިމާރާތް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް