Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ސިޓީ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

މިއަހަރު އެންމެ އިސްކަންދީފައިވަނީ ފަތުރުވެރިކަން ކުރިއެރުވައި ރަށުން ބިން ދޫކުރުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 08:13
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވާހަކަދައްކަވަނީ

މިސަރުކާރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ލާމަރުކަޒީ ގާނޫން) އަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ހުއްޓިފައިވާ ކަމަށް އެސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އާތިފް ވިދާޅުވީ ކޮންމެ އަހަރެއްގެ މަސައްކަތު ޕްލޭން އެކުލަވާލާ ކަމަށާއި، އެޕްލޭން ރާވައި، އެއަހަރު އެންމެ އިސްކަން ދޭ މަސައްކަތްތައް ކަނޑައަޅަނީ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ނޮވެންބަރު މަހު އެ ބައްދަލުވުން ބާއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިއަހަރު އެންމެ އިސްކަންދީފައިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށުން ބިން ދޫކުރުންކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދިޔައީ ގަނޫނާ ގަވާއިދާ އެއްގޮތަށް ކަމަށާއި، ބީލަމަށް ހުޅުވާލައިގެން ދެފުށް ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް މިސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބާރުތައް ހަނިކުރި އިސްލާހާއެކު އެމަސައްކަތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވޯކް ޕްލޭން މިހަދަނީ އަޅުގަނޑުމެން ނޮވެންބަރު މަހުގައި އަޅުގަނޑުމެން ބާއްވާ ބައްދަލުވުމެއްގެ ތެރެއިން ރައްޔިތުން އެންމެ ޕްރޮއެޓައިޒް ކުރާ ކަންތައްތަކެއް އެއަހަރަށް ޖަހައިގެން. އެގޮތުގެ މަތިން މިއަހަރު އަޅުގަނޑުމެން ކުޅުދުއްފުށީގައި އޮންނާނެ ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމަށް ކުޅުދުއްފުށި ރެޑީވުމަށް ފައްކާ ކުރުމަށް ބިން ދޫކުރުން ވެސް އެހެން ޚިދުމަތްތައް ވެސް ތަރައްގީ ކުރުން ވެސ، އެކި ފުރުސަތުތައް ހުޅުވުން ވެސް. އެހެންނަމަވެސް އެގެނައި ބަދަލާއެކު މިއަހަރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ކަންތައް އެ ހުއްޓިގެން ދިޔައީ. ހަމައެއްވެސް ސަބަބަކާ ނުލާ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކައުންސިލްތަކުން މުވައްޒަފުން ނެގުމާ ގުޅޭގޮތުން އަމަލުކުރާ ގޮތަށް އިޝާރާތް ކުރައްވައި އާތިފް ވިދާޅުވީ ކޮންސަލްޓަންޓުން ހޯދުމަކީ އުދަނގޫ ކަމެއް ކަމަށާއި، އިދާރީ މުވައްޒަފުން ކައުންސިލްތަކަށް ނަގަމުންދަނީ ވެސް ބަޖެޓު ކޮށްގެން ސިވިލް ސަރވިސް އޮނިގަނޑާ ގަވާއިދުގެ ދަށުން ކަމަށެވެ. ނަމަވެސް މާލެސިޓީ ކައުންސިލުގައި މޭޔަރަކަށް ޑރ.މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެކައުންސިލަށް ގިނަ އަދަދެއްގެ ކޮންސަލްޓަންޓުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މާލެސިޓީ ކައުންސިލުން އެކަނި ކަންނެންގެ އަނެހެން މާ ބޮޑަށް ފެނިވަޑައިގަންނަވާނީ ކޮންސަލްޓަންޓުގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެބޭފުޅުންނަށް އެ ނީޑް އޮތީމަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ކަންނެންގެ އެ މަސައްކަތް ފެށިގެންދިޔައީ. ޓެކްނިކަލް މުވައްޒަފުން ހޯދަން އަޅުގަނޑުމެންނަށް ވަރަށް ދަތި ހަގީގަތުގައި މިސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރޭގައި ކައުންސިލްތައް ދަރަޖަ ވެސް ކުރެވިފައި މިއޮންނަނީ 4 ވަނަ ދަރަޖާގައި. އޮންނައިރުގައި އަޅުގަނޑުމެންގެ އިދާރާގައި މަސައްކަތް ކުރަން ޓެކްނިކަލް ރަނގަޅު މުވައްޒަފުން ހޯދަން މަސައްކަތް ކުރުމަކީ މިހާރު މިއޮތް ޕޭ ފްރޭމް ވޯކްގެ ތެރެއިން ވަރަށް ދަތިކަމެއް. އެހެންވީމަ މާލެ ސަރަހައްދުން ވަކިން ދަތިވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ އެހެންވަޒީފާތައް ހުރީމަ. ކުޅުދުއްފުށީގައި ވެސް އެޗެލެންޖް އެބައޮތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ބަޖެޓާ މިކަންކަންހުރި ގޮތުން އަޅުގަނޑުމެންނަށް ނެތް މާގިނަ ކޮންސަލްޓެންޓުން ނެގޭކަށް.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް

އާތިފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އެ ބަދަލު ގެންނަން ޖެހިގެން ނޫން ކަަމަށެވެ. އޭގައި އެހެން މަގުސަދުތަކެއްވާ ކަމަށާއި، ކުރިންވެސް ސަރުކާރުން ބޭނުންވުމުން އެލްޖީއޭ، އޮޑިޓް އޮފީސް އަދި އޭސީސީން ކައުންސިލްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އާތިފްކުޅުދުއްފުށި ސިޓީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު