Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބީޗް ވޮލީބޯޅަ މުބާރާތް

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް: ޗެމްޕިއަންކަން ޑެންޒޯ/ކޯކޭ އަދި އަރީ/ނާން އަށް

4 ނޮވެމްބަރު 2021 | ބުރާސްފަތި 00:01

މުބާރާތް ކުރިއަށްދިޔައީ ތިން ޑިވިޝަނަކަށް ބަހާލައިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 00:01
ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ޑެންޒޯ އާއި ކޯކޭގެ ޕެއާ

ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ޑެންޒޯ އާއި ކޯކޭގެ ޕެއާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އޯޕަން ޑިވިޝަނުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުޙައްމަދު އަލީ (ޑެންޒޯ) އާއި އަޙްމަދު މުޙައްމަދު (ކޯކޭ) ގެ ޕެއާއިން ހޯދިއިރު، އޯޕަން ޑިވިޝަނުގެ އަންހެން ބައިގެ ޗެމްޕިއަންކަން އައިމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާން (ނާން) ގެ ޕެއާއިން ހޯދައިފިއެވެ.

ތިން ޑިވިޝަނަކަށް ބަހާލައިގެން މި އަހަރުގެ މުބާރާތް ކުރިއަށްގެންދިޔައިރު، މި މުބާރާތުގައި ޖުމްލަ 33 ޓީމު ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގެ އޯޕަން ޑިވިޝަނުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޑެންޒޯ އާއި ކޯކޭގެ ޕެއާއިން ހޯދީ ބުދަ ދުވަހުގެރޭ ހުޅުމާލޭ ރެޑްބުލް ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ތަޖުރިބާކާރު ޕެއާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގް އާދަމް (އައްކަޅޭ) ގެ ޕެއާ ބަލިކުރުމަށްފަހުއެވެ.

މެޗަކުން ބަލިނުވެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާއިން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިކޮށްފައެވެ. އެކަމަކު ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލު މެޗުގައި ކުޑަކާއްޓޭ އާއި އައްކަޅޭގެ މައްޗަށް ޑެންޒޯ އާއި ކޯކޭގެ ޕެއާ ކުރިހޯދީ ފަހަތުން އަރައި 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާއިން ގެންދިޔައީ 21-18 އިންނެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ސެޓު ޑެންޒޯ އާއި ކޯކޭގެ ޕެއާއިން ގެންދިޔައީ 21-18 އިންނެވެ. އަދި ނަތީޖާ ނެރެން ކުޅުނު ފަހު ސެޓު ޑެންޒޯ އާއި ކޯކޭ ޕެއާއިން ކާމިޔާބުކުރީ 15-9 އިންނެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާއިން ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ ބަލިކުރިއިރު، ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާއަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެގޮތުން އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާއިން ވަނީ ޖެހިޖެހިގެން ނުވަވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ އޯޕަން ޑިވިޝަނުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަރީ އާއި ނާންގެ ޕެއާއިން ކާމިޔާބުކޮށްފައިވަނީ މެޗަކުން ބަލިނުވެއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ޕެއާ އަތުން އަރީ އާއި ނާންގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ.

ފައިނަލު މެޗުގެ ފުރަތަމަ ސެޓު ޖޫޒާން އާއި މާޖިދާގެ ޕެއާއިން 22-20 އިން ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ދެ ސެޓުގައި އަރީ އާއި ނާންގެ ޕެއާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ދެއްކި މޮޅު ކުޅުމާއެކު އެ ދެ ސެޓު އަރީ އާއި ނާންގެ ޕެއާއިން ކާމިޔާބުކުރީ 21-11 އަދި 15-8 އިންނެވެ.

ދެން މި މުބާރާތުގައި ކުރިއަށްދިޔަ 23 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަފާފް ނިޒާމާއި ނަރީމާ އިދުރީސް (ނަންނި) ގެ ޕެއާއިންނެވެ. އަފާފް އާއި ނަންނިގެ ޕެއާއިން ވަނީ ފައިނަލުގައި ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާ އިބްރާހީމުގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދާފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-18 އަދި 21-14 އިންނެވެ.

މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަޙްމަދު ނާފިއު އާއި ޝާމިލް މުޙައްމަދުގެ ޕެއާއިންނެވެ. ފައިނަލުގައި މުޙައްމަދު އަމާން އަސްލަމާއި ހަސަން ސަމީހުގެ ޕެއާ އަތުން ނާފިއު އާއި ޝާމިލުގެ ޕެއާ މޮޅުވީ 21-8 އަދި 21-10 އިންނެވެ.

އަދި މި މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިބަނީ ހައިލަމް ހަސަން އާއި މާއިޝް އަޙްމަދުގެ ޕެއާއިންނެވެ. އެ ޕެއާއިން ވަނީ ފައިނަލުގައި މައުޒޫން ނިޔާޒާއި ޝާއިން އަބްދުﷲ ގެ ޕެއާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 24-26، 21-8 އަދި 15-11 އިންނެވެ.

މި އަހަރުގެ މުބާރާތް ތިން ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔައިރު، މި މުބާރާތް މީގެ ކުރިން ބާއްވަމުން އައީ ހަމައެކަނި އޯޕަން ޑިވިޝަނެއް ކުޅޭ ގޮތަށެވެ. އަދި މި ފަހަރުގެ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަކީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ވީއޭއެމުން މި ގޮތަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ މުބާރާތެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް