Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޮވެމްބަރު ތިނެއްގެ ހަމަލާ

ޒަހާގެ ދުލުން ނޮވެމްބަރު ތިނެއް: ''ދުވަސްތަކެއް ވަންދެން ބިރުން ނުނިދޭ''

3 ނޮވެމްބަރު 2021 | ބުދަ 18:02

ނޮވެމްބަރު ތިނެއްގައި ހޭލެވުނީ ބާރުގަދަ އަޑަކުން

އަމްނާ އިމާދު
އަމްނާ އިމާދު | 3 ނޮވެމްބަރު 2021 | ބުދަ 18:02
ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ލިބުނު ބިރުވެރިކަމުން ގިނަ ދުވަސްތަކަކަށް އެކަމުގެ ބިރުވެރިކަން ތަހައްމަލް ކުރަން ޖެހުނު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޒަހާ ދިރިއުޅުއްވަމުން ގެންދަވާ މެދުޒިޔާރަތް މަގު، ހ.ހަތިހާގޭގެ ފާރަށް ގިނަ އަދަދެއް ވަޒަން އެރިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމްއިން ބޭއްވި ކްލަބްހައުސްގެ ޚާއްސަ ސެޝަންގައި އެދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވައި ޒަހާ ވިދާޅުވީ އެދުވަހުގެ ބިރުވެރިކަން ހިތަށް ގެނައުމަށް އަދިވެސް އުނދަގޫވާ ކަމަށާއި، ގިނަ ދުވަސްތަކަކަށް ރޭގަނޑު ނިދުމުން މަހުރޫމްވި ކަމަށެވެ. އަދި ނިދީގައި ވެސް އިރުއިރުކޮޅާ ހޭލެވޭކަން ޒަހާ ފާހަގަކުރެއްވިއެވެ.

ޒަހާ ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ހޭލެވުނީ ބާރުގަދަ އަޑަކުން ކަމަށާއި، އޭރު ބޮޑަށް ހީކުރެވުނީ ނޮވެމްބަރު މަހުގެ 11ށް ސިފައިން ތައްޔާރުވަމުން ދަނީ ކަމަށެވެ. އޭރު އުމުރަކީ 20 އަހަރު ކަމުން ބޮޑަށް ކަންކަން ނުވިސްނޭ ކަމަށް ޒަހާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވެގެން އުޅޭ ގޮތެއް ބެލުމަށް ގޭގެ ދޮރުމައްޗަށް ދައްތައާއި ބޭބެއާއެކު ނުކުތް ކަމަށާއި، ބަޑި ހިފައިގެން އައި ބަޔަކު ވެސް ފެނުނު ކަމަށެވެ.

ޒަހާ ވިދާޅުވީ އެމީހުން ދުރުން ފެނުމާއެކު ގެއަށް ވަން ނަމަވެސް ދައްތަ ގެއަށް ވަނީ ވަރަށް ފަހުން ކަމަށެވެ. ދައްތަ ގެއަށް ވަނުމާއެކު ވަޒަން ފާރަަށް އެރިކަމާއި، އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް ކަމަށް ޒަހާ ވިދާޅުވިއެެވެ.

މިސެޝަންގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި، އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މުލަކު އަތޮޅު މެންބަރުކަން ވެސް ކުރެއްވި އަނީސާ އަހުމަދާއި، ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އަދި ދިވެހި ބަހަށާ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި އައްބާސް އިބްރާހިމް އަދި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވަނީ އެދުވަހުގެ ހަދާން އައު ކުރައްވައި މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެބޭފުޅުން ވިދާޅުވި ގޮތުގައި މިއިން ދުވަހު ވެސް އެފަދަ ބިރުކަމެއް ދެކެފައިނުވާ ކަމަށާއި، އެފަދަ ދުވަހެއް ދެވަނަ ފަހަރަށް ދެކެން ބޭނުން ނުވާ ކަމަށެވެ. އެބޭފުޅުން ވިދާޅުވީ އުދުވާނުގެ ކަންކަން ހަނދާން އާވުމުން މިހާރުވެސް ހިތަަށް ނުތަނަވަސް ލިބޭ ކަމަށެވެ. އަދި ބިރުވެރި ހާލަތެއްގައި ހުރިހާކަމެއް ވެގެންދިޔައީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ކަމަށާއި، މިދުވަސް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
03 ނޮވެމްބަރު 2024

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!
03 ނޮވެމްބަރު 2023

އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި

03 ނޮވެމްބަރު 2023
އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި
03 ނޮވެމްބަރު 2023

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

03 ނޮވެމްބަރު 2023
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 ނޮވެމްބަރު 2023

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!
03 ނޮވެމްބަރު 2023

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއްޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފި

03 ނޮވެމްބަރު 2023
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއްޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފި
03 ނޮވެމްބަރު 2023

ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު

03 ނޮވެމްބަރު 2023
ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް