Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާނާއި ޔުވެންޓަސް ދެވަނަ ބުރަށް

ޔުވެންޓަސް މޮޅުވީ ޒެނިތު އަތުން 4-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 23:37
ބަޔާނާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން

ބަޔާނާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ޖަރުމަނުގެ ބަޔާން މިއުނިކާއި އިޓަލީގެ ޔުވެންޓަސްއިން ހޯދައިފިއެވެ.

ގަދަ 16 ގެ ޖާގައެއް ބަޔާނުން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބެންފީކާ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ޓީމުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ އޭނާގެ ކެރިއަރުގެ 28 ވަނަ ހެޓްރިކެވެ. އޭގެ ތެރެއިން ހަތަރު ހެޓްރިކް ހަދާފައިވަނީ ޗެމްޕިއަންސް ލީގުގައެވެ. އަދި މި މެޗުގައި ލެވަންޑޯސްކީ ހެޓްރިކެއް ހެދިއިރު، މި މެޗަކީ ލެވަންޑޯސްކީ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

ދެން މި މެޗުގައި ބަޔާނުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ ސާޖް ގްނަބްރީ އާއި ލެރޯއި ސާނޭއެވެ. އަދި މި މެޗުގައި ބެންފީކާއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޮރާޓޯ އާއި ޑާވިން ނޫނޭޒެވެ.

މި މޮޅާއެކު ގަދަ 16 ގެ ޖާގައެއް ބަޔާނުން ކަށަވަރުކުރީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ގްރޫޕް އީގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ އަންގާރަ ދުވަހުގެރޭ ޑީނަމޯ ކިއޭވް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ބާސެލޯނާއެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ބެންފީކާއަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ކިއޭވަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ގަދަ 16 ގެ ޖާގައެއް ޔުވެންޓަސްއިން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޒެނިތު އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ޓީމުގެ ތަރި ޕައުލޯ ޑިބާލާ ވަނީ ދެ ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން އެއް ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ.

ދެން މި މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ ފެޑެރީކޯ ކިއޭސާ އާއި އަލްވާރޯ މޮރާާޓާއެވެ. އަދި މި މެޗުގައި ޒެނިތުން ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ސަރްދާރް އަޒްމޫނެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަސްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވި ނަމަވެސް، އެ ޓީމުން އަންނަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ގަދަ 16 ގެ ޖާގައެއް ޔުވެންޓަސްއިން ކަށަވަރުކުރީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ގްރޫޕް އެޗްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ.

ދެވަނައިގައި އޮތީ އަންގާރަ ދުވަހުގެރޭ މަލްމޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ޗެލްސީއެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ޒެނިތަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މަލްމޯއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުބަޔާން މިއުނިކްޔުވެންޓަސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު