Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަހުމަދު މަހުލޫފު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ކުޑަ ވަގުތުކޮޅަކަށް ވެސް މަހުލޫފު ކުރެއްވީ އިހްތިޖާޖެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 މާރިޗު 2018 | ހުކުރު 14:10
މަހުލޫފު މާލެއިން ފުރަމުން ފަހު ފިޔަވަޅުމަތީގައި ވެސް ގޮވާލެއްވީ ރައީސް ޔާމީންގެ އިސްތިއުފާއަށް

މަހުލޫފު މާލެއިން ފުރަމުން ފަހު ފިޔަވަޅުމަތީގައި ވެސް ގޮވާލެއްވީ ރައީސް ޔާމީންގެ އިސްތިއުފާއަށް

އެއްވެފައި ތިބި މީހުން މަހުލޫފުގެ ހިތްވަރަށް ސާބަސް ދިނެވެ. އޭނާގެ އަޒުމަށް ތައުރީފުގެ ބަސްތައް ރައްދު ކުރި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި ކުރިތާ 36 ދުވަސް ފަހުން އަނެއްކާ ވެސް، އިތުރު ފަސް ދުވަހަށް ބަންދަށް ގެންދާތީ މަހުލޫފުގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެއް ނޫނެވެ. މާޔޫސް ކަމެއް ނޫނެވެ. އޭނާއަށް ހިތްވަރަށް ސާބަސް ދެމުން ދަނިކޮށް، ކުއްލިއަކަށް މަހުލޫފު އަޑުގެ ކޮޅަށް އަޑު އުފުއްލަވަން ފެއްޓެވި އެވެ. ތޮށިގަނޑާ ކައިރިކޮށްފައިވާ ފުލުހުންގެ ލޯންޗަށް އަރައިވަޑައިގެން، ފަހު ފިޔަވަޅުމަތީގައި ވެސް "ޔާމީނޭ" ވިދާޅުވެ، އަޑު އުފުއްލަވަން ފެއްޓެވި އެވެ. ތޮށިމަތީގައި އެއްވެފައި ތިބި މީހުން ރައްދުގައި "އިސްތިއުފާ" އަށް ގޮވަން ފެށިއެވެ. އެއަށްފަހު ރައީސް ޔާމީންގެ އިސްތިއުފާގެ އަޑު އެ ސަރަހައްދުގައި ގުގުމާލިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އިހްތިޖާޖެއް ފެއްޓެވީ މަހުލޫފެވެ. ލީޑު ކުރެއްވީ ވެސް އޭނާއެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓަރީ ގްރޫޕުގެ ބައެއް މެމްބަރުންނާއެކު، ގްރީން ޒޯނުގައި އެ ގޮވާލެއްވީ ރައީސް ޔާމީންގެ އިސްތިއުފާއަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި، ވަށައިގެން ފޯރިމަރަން ތިބި ފުލުހުންގެ އަޅާފާނެ ފިޔަވަޅަކަށް ފަރުވާލެއް ނެތިއެވެ. މަހުލޫފުގެ ތަފާތަކީ އެއީ އެވެ.

އޭނާ ކުރަން ބޭނުންވާ ކަމެއް، ފަސް ޖެހުމެއްނެތި ކުރާނެއެވެ. މުޒާހަރާތަކުގެ ޖަޑިބަކަކަށް މަހުލޫފު ވަނީ އެހެންވެގެންނެވެ. އޭނާ ލީޑުކުރައްވާ މުޒާހަރާތަކުން ނަތީޖާ ނުކުންނަ ސަބަބަކީ އެއީއެވެ. މުޒާހަރާތައް ވަރުގަދެވެ، މީހުންގެ އުތުރިއަރުން އިތުރުވެ، ފުލުހުންގެ ކުރަންޖެހޭ މަސައްކަތް ބުރަވެގެންދަނީ އެހެން ވެގެންނެވެ. މަހުލޫފު ހައްޔަރަށް ގެންގޮސް، ބަންދުކޮށްފައި އެވަނީ އެ ސަބަބާ ހުރެކަން ޔަގީނެވެ.

މަހުލޫފުގެ ހިތްވަރުން ސާބިތުކަން ލިބިގެން، އިސްލާހީ މަސައްކަތުގައި އޭނާއަށް ހިތްވަރުގެ ދިނުމުގެ ކުރީ ސަފުގައި އެ ހުންނެވީ މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)އެވެ. ހުކުރު ދުވަހު މަހުލޫފުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު، މާލެއިން ފުރުމުގެ ކުރިން އިދިކޮޅު ސަޕޯޓަރުންނާއެކު އޭނާގެ އަންހެނުން ވެސް އެ ސަރަހައްދުގައި މަޑުކޮށްލައިގެން ހުއްޓެވެ. މަހުލޫފު ލޯންޗަށް އެރުވުމަށް ފުލުހުންގެ ވެހިކަލުން ބޭލުމާއެކު ނަޒޫ، މަހުލޫފުގެ ގައިގައި ބައްދާލިއެވެ. ނަޒޫއަށް ހިތްވަރުގެ ބަސްތައް ރައްދު ކުރުމަށްފަހު، ފަހު ފިޔަވަޅު މަތީގައި ސަޕޯޓަރުންނަށް ހިތްވަރު ދެެއްވި އެވެ. ފަހުފިޔަވަޅު މަތީގައި މަހްލޫފު ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވަން ގިނަ ފުރުސަތެއް ނުދީ، ފުލުހުންގެ ލޯންޗް ދޫނިދުއަށް ފުރިއެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
12 ޖުލައި 2017

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު