Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޅި ދައުލަތުގެ ސިޔާސަތުތައް ބަދަލުކުރުން

މި ސަރުކާރުގެ އެންމެ ބިޔަ ބޮޑު މަޝްރޫއަކީ އަތްލެވޭ މަޝްރޫއެއް ނޫން: މިނިސްޓަރު ފައްޔާޒު

އިޖްތިމާއީ، އިގުތިސާދީ، ސިޔާސީ އަދި އަދުލު އިންސާފުގެ ނިޒާމުގެ ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 31 އޮކްޓޯބަރު 2021 | އާދީއްތަ 17:55
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ސަލާމް ކުރައްވަނީ،

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ސަލާމް ކުރައްވަނީ،

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ބިޔަ މަޝްރޫއަކީ އަތްލެވޭ މަޝްރޫއެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ވަރަށް ފުޅާ ކަމަށެވެ. މި ސަރުކާރުގެ އެންމެ ބޮޑު ބިޔަ މަޝްރޫއަކީ އަތް ލެވޭ މަޝްރޫއެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ބޮޑަށް މުޅި ދައުލަތުގެ ސިޔާސަތުތައް ބަދަލުކުރުމަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ގާނޫނުތައް ބަދަލުކޮށް އުފައްދަމުންދާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އޭގެ ތެރޭގައި އިޖްތިމާއީ، އިގުތިސާދީ، ސިޔާސީ އަދި އަދުލު އިންސާފުގެ ނިޒާމުގެ އިތުރުން ވެސް އެކި ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވިޔަފާރިތަކަށާއި، އާއްމު ރައްޔިތުންނަށް ފަސޭހަވާނެ މަގު ކޮށުމަށްޓަކައި ވިޔަފާރީގެ ގާނޫނުތަކަށް ބަދަލުތައް ގެނެވޭ ކަމަށެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުންފުނީގެ ގާނޫނަށް ބޮޑެތި ބަދަލުތެއް ގެނެސް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި ފޮރިން އިންވެސްޓްމެންޓް ގާނޫނު ވެސް އެއްކޮށް ބަދަލުކުރުމަށްފަހު މިއަހަރުގެ ތެރޭގައި ފޮނުވާނެ ކަމަށެވެ. އެއާއެކު އިންވެސްޓްކުރާ މީހުންނަށް އަދި ޚާއްސަކޮށް ފޮރިން އިންވެސްޓަރުންނަށް އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސިޔާސީ މަސްރަހުގައި އިންވެސްޓަރުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިގެން ދިޔަ ކަމަށެވެ. އަދި ސަރުކާރެއް ބަދަލުވާއިރު، ކޮށްފައިވާ އިންވެސްޓްމެންޓަށް ވާނީ ކިހިނެތްތޯ ވެސް ސުވާލު އުފެދިފައިވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް މިހާރު މަސައްކަތް ކުރަނީ ގާނޫނީ ހަމަތަކުން ސަރުކާރެއް ބަދަލު ވިޔަސް ނުވަތަ ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް އިންވެސްޓަރުންނަށް ކުރާ އިންވެސްޓްގެ ޔަގީންކަން އޮންނަ ގޮތަކަށް ބައްޓަން ކުރަން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހުރިހާ ގޮތަކަށް ގާނޫނުތައް ބައްޓަންވެގެން ދިއުމާއެކު ގިނަ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި ޚާއްސަކޮށް ވިޔަފާރިތަކަށް ފަހިފުރުސަތުތައް ލިބޭނެކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފަލަ ސުރުޚީމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު