Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމުގެ ސިޔާސަތުގެ ދަށުން މަޖިލިސް ކާމިޔާބުކަމާއެކު ވަނީ ހިސޯރުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މެއި 2025 | ހުކުރު 07:20
މަޖްލިސް އަބްދުލްރަހީމް އަބްދުالله (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު

މަޖްލިސް އަބްދުލްރަހީމް އަބްދުالله (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ތަޒްމީލް ވަނީ ރާއްޖެ މިހާރު ދާ މިސްރާބާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ވާހަކަދައްކަވާފައެވެ. އަދި ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިކުރަމުންދާ ކަމަށާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ރައްޔިތުންގެ މަޖިލީހެއް ނެތްކަން ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރައީސްއަށް އިޝާރާތް ކުރައްވައި ތަޒްމީލް ވިދާޅުވީ މިދާކަށް ދުވަހު އެބޭފުޅާ ފެނިގެންދިޔައީ ވަރަށް ބާރުގަދަ މަޖިލީހުގެ ރައީސްއެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިއްރު ވިސްނުންފުޅުގެ ތެރެއިން މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ މެންބަރުންގެ ބާރުތައް ނަގައި، ކުދިކުދި ކޮށްފައިވާ ކަމަށެވެ.

ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމުގެ ސިޔާސަތުގެ ދަށުން މަޖިލިސް ކާމިޔާބުކަމާއެކު ހިސޯރުކޮށްފައިވާ ކަމަށާއި، މިއަދުގެ މަޖިލީހުގެ ރައީސްއަކީ ދަތް ނެތް ސިންގާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރައީސްކަމުގެ ގޮނޑީގައި އިންނެވުމުގެ ޝަރަފަށްޓަކައި ބަހެއް ބުނުއްވަން ކެރިވަޑައިނުގަންނަވާ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

އެންމެ ރީތި މިސާލަކީ ދަތް ނެތް ސިންގާއެއް. އޭގެ އެންމެ ރީތި މިސާލެއް ފެނުނީ އިއްޔެ އެންމެފަހުން ރާއްޖެއިން ބޭރަށް ވަޑައިގެން ކޮންފަރެންސް ނިންމަވާފައި ވަޑައިގަތީމަ އެތާގައި ހުންނެވީ ރައްޔިތުން މަޖިލީހުގެ އިދާރީ އިސް މުވައްޒަފަކާއި، އިދާރީ އިތުރު ތިން މުވައްޒަފުން. އެހެންނަމަވެސް އޭގެ ކުރިން ވަޑައިގެންނެވި ޖަލްސާތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެން ރައްޔިތުން މަޖިލީހުގެ ބޮޑެތި ދާއިރާތަކުގެ މެންބަރުން ސަފު ހަދާފައި ރައްޔިތުން މަޖިލީހުގެ ރައީސް ސަލާން ކޮށް ނިމެން ގަޑިއިރެއްހާއިރު ނަގާ. މިހުރިހާ ބޭފުޅުން ވަޑައިގެން. އެދުވަހު ވަރަށް ބާރުގަދަ ބޭފުޅެއް. އެކަމަކު މިއަދުގެ ހާލަތަކީ ރައްޔިތުން މަޖިލީހުގެ ރައީސް އެބޭފުޅުންގެ އެބޭފުޅުންގެ ވެރިމީހާ. އެ ބޭފުޅުންގެ މުއައްސަސާގެ އެންމެ އިސް ފަރާތް. އެހެންނަމަވެސް ރާއްޖެއިން ބޭރުގެ އެވަރުގެ ކޮންފަރެންސްއެއް ނިންމާފައި ވަޑައިގެންނެވީމަ ސަލާން ކޮށްލަން އިހުތިރާމް އަދާކުރުމުގެ ގޮތުން ސަލާންކޮށްލަން ދިއުމުގެ ބާރު އަމިއްލަ ނަފްސުގެ ނެތް މެންބަރުން އަދި ރައްޔިތުން މަޖިލީހުގެ ސްޕްކާރގެ ހާލަތަކީ އަމިއްލަ ދަރިފުޅު ޓޫރިޒަމް މިނިސްޓަރުކަމުން ނަގާ އެއްލާލިއިރު އެކަމާ ދެކޮޅަށް އެއްޗެއް ބުނަން ބަހެއް ބުނެލަން ކެރިވަޑައިގެން ނުގެން މިއަދު އެއިންނެވީ ހަމައެކަނި މިއަދު ތި ވިދާޅުވި ފަދައިން އޮގޮޑީގައި އިދެލުމުގެ ޝަރަފަށްޓަކައި.
އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު

ތަޒްމީލް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުންނަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ބައެއްނޫން ކަމަށާއި، އެ މަންޒަރު މަޖިލީހުގެ ޖަލްސާތަކުން ފެންނަމުންދާ ކަމަށެވެ.

އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިނާއަތް ނުލިބޭ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލިކަން ތަޒްމީލް ފާހަގަކުރެއްވިއެވެ. އަދި މިއީ ދިމްޔާތު ނުވަތަ ރައީސް އޮފީހުން އަންނަ ފޯނު ކޯލަށް މެންބަރުން ބޯލާބައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަޒްމީލް އަބްދުއްސަމަދުރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ މުޢިއްޒުމަޖިލިސް20އަބްދުއްރަހީމް އަބްދުﷲފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު