Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަލޮޅު ދަނޑު ތަރައްގީކުރުން

ގައުމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް 55 މިލިޔަން ރުފިޔާގެ ބަޖެޓެއް

31 އޮކްޓޯބަރު 2021 | އާދީއްތަ 13:31

2023 ގެ ބަޖެޓުގައި އިތުރު 10 މިލިޔަން ރުފިޔާ ހިމަނާފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޮކްޓޯބަރު 2021 | އާދީއްތަ 13:31
ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު ތަރައްގީކުރުމަށް އިންޑިއާގެ ލޯނު އެހީގެ ތެރެއިން 55 މިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާއިން ދޭ 40 މިލިޔަން ޑޮލަރުގެ ލޯނު އެހީގެ ތެރެއިން ގައުމީ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 45 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި 2023 ވަނަ އަހަރު ބަޖެޓުގައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ތަރައްގީއަށް 10 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ.

މީގެ ދެ އަހަރު ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތް (ސަހަރާ ފަޅި) އަދި އިރުމަތީ ފަރާތް (ބޮޑު ގޭޓު ފަޅި) ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ، އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގައެވެ. އެކަމަކު އެ ދެ ފަރާތް ބަންދުކުރިތާ ދެ އަހަރު ދުވަސްވީ ފަހުން މި ފަހަރުގެ މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ މެޗުތައް ކުޅުމަށް އެ ދެ ފަރާތް ކޮންމެސް ވަރަކަށް މަރާމާތުކުރިއެވެ.

ބަންދުކުރި ދެ ސިޑިބަރީގެ ތެރެއިން ސަހަރާ ފަޅީގެ ސިޑިބަރި އެންމެ ފުރަތަމަ ހަދާފައިވަނީ 90 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ސަހަރާ ފަޅީގެ ސިޑިބަރި ދަށުގައި އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތަކާއި، ހޭންޑްބޯޅަ އެސޯސިއޭޝަނާއި، ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ހުންނައިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް ގުދަންވެސް ހުރެއެވެ. އަދި މީގެ ކުރިން ބަންދުކުރި ދެ ސިޑިބަރި ފަހުން ބޭނުންކޮށްފައިވަނީ ރަށްރަށަށް ފޮނުވުމަށް ރާއްޖެ ގެނައި ކުޑަކުދިންގެ ޕާކުގެ ސާމާނު ބެހެއްޓުމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން މީޑިއާތަކަށް ދިން އިންޓަވިއުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް އިންޑިއާއިން ދޭ 40 މިލިޔަން ޑޮލަރުގެ ލޯނު އެހީގެ ތެރެއިން ގާތް ގަނޑަކަށް 25 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޒަމާނުން ފެށިގެން ރާއްޖޭގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކާއި، ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް މުޅިންހެން ބާއްވަމުން އަންނަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އަދި މި ފަހުން ގައުމީ ފުޓްބޯޅަ ދަނޑު މަރާމާތުކުރި ތިން ފަހަރުވެސް، މަރާމާތުކޮށްފައިވަނީ މުބާރާތް ބޯމަތިވެފައި އޮއްވައެވެ.

ގަލޮޅު ދަނޑު މަރާމާތުކުރަން ޖެހިފައިވާއިރު، މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑާއި، ވިލިމާލޭގައި ހަދަމުންދާ ޓާފް ދަނޑުގައި ކުޅުމަށް މަސައްކަތްކޮށްފައެވެ. އެކަމަކު މިހާތަނަށްވެސް މެޗުތައް ކުޅެފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް