Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގް

ދަނޑު ނުދިއްލޭތީ، މެޗުތައް ދުވާލު

މާޒިޔާއާއި ބުރު ސްޕޯޓްސް މެޗުގައި ބޮކިތައް ނިވި، އަލުން ދިއްލަން ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި

ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 12:32
ނެޝަނަލް ސްޓޭޑިއަމް ދިއްލާފައި، ބޮކިތަކުގައި ވަނީ މައްސަލަ ޖެހިފައި

ނެޝަނަލް ސްޓޭޑިއަމް ދިއްލާފައި، ބޮކިތަކުގައި ވަނީ މައްސަލަ ޖެހިފައި

ދިވެހި ޕްރިމިއަރ ލީގުގައި ބާކީ އޮތް ދެ މެޗު ހަވީރު ކުޅޭގޮތަށް ހަމަޖައްސައިފިއެވެ.

އެފްއޭއެމުން މި ގޮތަށް ނިންމީ ގަލޮޅު ދަނޑުގެ ބޮކިދަނޑީގައި މައްސަލަޖެހި، ދަނޑު ރަނގަޅަށް ނުދިއްލޭތީއެވެ. އަދި ބޮކިތައް ދިއްލިނަމަވެސް، މެޗު ފަށައިގެން ނިމެންދެން ބޮކިތައް ދިއްލިފައި ހުންނާނެކަމުގެ ޔަގީންކަން ނެތުމުންނެވެ. އެއީ ލީގުގައި މާޒިޔާއާއި ބުރު ސްޕޯޓްސް މިދިޔަ ހަފުތާގައި ކުޅުނު މެޗު ފެށިތާ މާގިނައިރެއްނުވެ ބޮކިތައް ނިވި، އަލުން ދިއްލަން ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވުމުންނެވެ.

އެފްއޭއެމުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު މިއަދު މީޑިޔާތަކަށް ވިދާޅުވީ، މި ސަބަބާހުރެ ލީގުގައި ބާކީ އޮތް ދެ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު ކަމަށެވެ.

ލީގުގައި ބާކީ އޮތީ މާދަމާ އީގަލްސާއި ޓީސީ ކުޅެންޖެހޭ މެޗާއި، އަންނަ އަންގާރަ ދުވަހު އީގަލްސާއި މާޒިޔާ ކުޅޭ މެޗެވެ. ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މާޒިޔާއާއި އީގަލްސްގެ މެޗުންނެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ މެޗުތައް ފަށައިފި

19 ސެޕްޓެމްބަރު 2017
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ މެޗުތައް ފަށައިފި
02 ޖުލައި 2017

17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި

02 ޖުލައި 2017
17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި
15 ޖޫން 2017

ލިލީ ލަޔަންސް އާއި ދިރްހަމް ގެ މެޗުން ކޮމްޕެނީ ބައިގެ މެޗުތައް ފަށަނީ

15 ޖޫން 2017
ލިލީ ލަޔަންސް އާއި ދިރްހަމް ގެ މެޗުން ކޮމްޕެނީ ބައިގެ މެޗުތައް ފަށަނީ
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު