Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަލޮޅު ދަނޑު

ގަލޮޅު ދަނޑުގެ ލައިޓްތައް ރަނގަޅު ކުރަން 3.9 މިލިއަން ރުފިޔާ

ލައިޓްތަކުގެ ހާލަތު ބަލައި، ބަދަލުކުރަންޖެހޭ ލައިޓްތައް ބަދަލުކޮށް، ވަޔަރިންގ ބަދަލުކުރާނެ

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2024 | ބުދަ 10:13
ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ގަލޮޅު ދަނޑުގެ ލައިޓް ސިސްޓަމް ރަނގަޅު ކުރަން، 3.9 މިލިއަން ރުފިޔާއަށް މިއަދު މަސައްކަތް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ ސިފައިންގެ ވެލްފެއަރ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާއެވެ. އެއްބަސްވުމުގައި ވާގޮތުން އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. މަސައްކަތުގެ ޖުމުލަ އަގަކީ 3،985،745.79 (ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ ފަސްހާސް ހަތް ސަތޭކަ ސާޅީސް ފަސް ރުފިޔާ، ހަތްދިހަ ނުވަ ލާރި) އެވެ. މި މަސައްކަތުގެ ތެރޭގައި ލައިޓްތަކުގެ ހާލަތު ބެލުމާއި، ބަދަލުކުރަންޖެހޭ ލައިޓްތައް ބަދަލުކުރުމާއި، ވަޔަރިންގ ބަދަލުކުރުމުގެ އިތުރުން، ލައިޓިންގ ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓްރީގެ ފަރާތުން މިއަދު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރު (ސަލްސާ) އެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޒުބައިރެވެ.

ދަނޑުގެ ލައިޓް ސިސްޓަމް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ގިނަ ބޮކިތަކެއް ނުދިއްލެއެވެ. އަދި އެކަށީގެންވާ ވަރަށް ކަރަންޓް ލޯޑް ނުހިފެހެއްޓޭތީ، ރޭގަނޑު ކުޅޭ މެޗުތައް ހިނގަމުންދަނިކޮށް ދަނޑު ބޮކިތައް ނިވި ދަނޑު އަނދިރިވުމުގެ މައްސަލަ ގާތްގާތުގައި އެތައް ފަހަރަކު ވަނީ ދިމާވެފަ އެވެ. މިހެންވެ ރޭގަނޑު މެޗުތައް ކުޅެން ދަތިވެ، ހާލަތު ގޯހުން ގޯހަށް ދިއުމުން މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަނުގެ ހުރިހާ މެޗެއް ކުޅެނީ ވެސް ހަވީރުއެވެ.

މީގެ އިތުރުން އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތައް ކުޅެންޖެހޭ މެޗުތައް ވެސް، މަޖުބޫރުވެގެން ކުޅެފައިވަނީ ހަވީރުއެވެ. މީގެ ސަބަބުން ދިވެހި ޓީމުތަކަށް ލިބެންޖެހޭ ބައެއް އެޑްވާންޓޭޖްތައް ވަނީ ގެއްލިފައެވެ.

މިކަން ކުލަބުތަކުން ވަނީ އެކި ފަހަރުތަކުގެ މަތީން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު