Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބީޗް ވޮލީބޯޅަ މުބާރާތް

33 ޓީމާއެކު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް ފެށިގެން ކުރިއަށް

31 އޮކްޓޯބަރު 2021 | އާދީއްތަ 18:29

މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ ތިނެއްގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޮކްޓޯބަރު 2021 | އާދީއްތަ 18:29
މިހާރު ކުރިއަށްދާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ތެރެއިން

މިހާރު ކުރިއަށްދާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ތެރެއިން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ކުޅުން ފަށައިފިއެވެ.

ތިން ޑިވިޝަނަކަށް ބަހާލައިގެން މި މުބާރާތް ކުރިޔަށްދާއިރު، މި މުބާރާތުގައި ޖުމްލަ 33 ޓީމު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން މި މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައިވަނީ ހަމައެކަނި ފިރިހެން ހަތަރު ޓީމު ކަމަށް ވީއޭއެމުން ބުނެއެވެ. އަދި މި މުބާރާތުގައި ދެން ހިމެނޭ 23 އަހަރުން ދަށުގެ ފިރިހެން ބައިގައި އަށް ޓީމު ބައިވެރިވެފައިވާއިރު، މި އުމުރުފުރާގައި އަންހެން ތިން ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ދެން ހިމެނޭ އޯޕަން ޑިވިޝަނުގައި ފިރިހެން އަށް ޓީމު ބައިވެރިވެފައިވާއިރު، އަންހެން 10 ޓީމު ވަނީ މި ބައިގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ މެޗުތައް ހުޅުމާލޭ ރެޑްބުލް ކޯޓުގައި ކުޅޭއިރު، އަންހެން މެޗުތައް ކުޅެމުން އަންނަނީ މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައެވެ.

މިދިޔަ ހުކުރު ދުވަހު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ކުޅުން ފަށާފައިވާއިރު، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އެފްއައިވީބީ އާއި ވީއޭއެމް ގުޅިގެން ވަނީ ރާއްޖޭގައި ބީޗް ވޮލީބޯޅަ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ދުނިޔޭގެ ބީޗް ވޮލީބޯޅަ ހަބަކަށް ރާއްޖެ ހެދުމަށް މަސައްކަތް ފަށާފައިވާކަން ވީއޭއެމުން ދާދި ފަހުން ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ބީޗް ވޮލީބޯލް މުބާރާތްތައް ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ބޭއްވިގެންދާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ކުޅުން ފެށިއިރު، މި މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން ހަމައެކަނި އޯޕަން ޑިވިޝަނެއް ކުޅޭ ގޮތަށް ބާއްވާ މި މުބާރާތް، ގިނަ އުމުރުފުރާތަކަކަށް ބަހާލައިގެން މި ފަހަރު ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖެއަކީ ވަރަށް ގިނައިން ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ވޮލީބޯޅަ މުބާރާތްތަކުގައި ކުޅޭ ގައުމަކަށްވާއިރު، މުސްތަގުބަލުގައި ރަނގަޅު ބީޗް ވޮލީބޯޅަ ޓީމުތަކެއްވެސް ބޭއްވުމުގެ ބޭނުމުގައި ކަމަށް ވީއޭއެމުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އަމާޒެއް ކަނޑައަަޅައިގެން ޕްލޭނެއްގެ ތެރެއިން އެންމެ ޚާއްސަ ބޭނުމެއްގެ ގޮތުގައި އޮތީ ބައިނަލްއަގުވާމީ ފެންވަރުގައި ބީޗް ވޮލީބޯޅައިން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދުން ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މި އަހަރު ވީއޭއެމުން ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް