Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ-ވޯލްޑް ބޭންކްގެ ގުޅުން

ވޯލްޑް ބޭންކުގެ ނާއިބުރައީސް ރާއްޖެ ވަޑައިގަންނަވަނީ

28 އޮކްޓޯބަރު 2021 | ބުރާސްފަތި 11:46

ޝެއިފާ ވަޑައިގަންނަވަނީ ޑިޖިޓަލް ޓެކްނޯލޮޖީގެ ބޭނުން ހިފިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 11:46
ހާޓްވިގް ޝެއިފާ

ހާޓްވިގް ޝެއިފާ

ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ހާޓްވިގް ޝެއިފާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ.

ހާޓްވިގް ޝެއިފާ ދެއްވި ވީޑިއޯ އިންޓަވިއުއްގައި ވިދާޅުވީ ކުރިމަގުގައި އިގްތިސާދު ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޯލޮޖީގެ ބޭނުން ހިފިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި ޝެއިފާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން އާރާސްތުވަމުން އަންނާތީ އެކަމާ އުފާކުރާ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަކިވަކި ފަރުދުންނަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ޕެންޑެމިކްގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، މުވައްޒަފުންނަށް އިންކަމް ސަޕޯރޓް ދިނުމަށް ވޯލްޑް ބޭންކުން ދިން އެހީތެރިކަން ޝެއިފާ ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ސްކޫލް ފަދަ ތަންތަން ބިނާކޮށް ތަރައްގީ ގެނައުމަށް ވޯލްޑް ބޭންކުން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައި. މީގެ އިތުރުންވެސް ގިނަ މަސައްކަތް ތަކެއް ކުރަން އެބަހުރި. އެގޮތުން ރާއްޖޭގެ ޑިޖިޓަލް ޑެވެލޮޕްމެންޓަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭނަން" ޝެއިފާ ވިދާޅުވިއެވެ. ރާއްޖެއާއި ވޯލްޑް ބޭންކުގެ ގުޅުމަށް މިހާރު ވަނީ 40 އަހަރު ވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ވޯލްޑް ބޭންކުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރެއްވިއެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި ގާތް ގުޅުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތުގައި ވޯލްޑް ބޭންކުން ރާއްޖެއަށް ދެއްވި އެހީތެރިކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް