Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަން އޮފް ޗެމްޕިއަންސް 2021

ޗެމްޕިއަން އޮފް ޗެމްޕިއަންސް: ފެންމުތުގެ ޝަރަފު ހަމްނާ އާއި އާންއަށް

28 އޮކްޓޯބަރު 2021 | ބުރާސްފަތި 06:52

އާން ވަނީ 14 އިވެންޓުން ރަން މެޑަލް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 06:52
ޗެމްޕިއަން އޮފް ޗެމްޕިއަންސްއިން ފެންމުތުގެ ޝަރަފު ހޯދި ހަމްނާ އާއި އާންއަށް

ޗެމްޕިއަން އޮފް ޗެމްޕިއަންސްއިން ފެންމުތުގެ ޝަރަފު ހޯދި ހަމްނާ އާއި އާންއަށް

ޗެމްޕިއަން އޮފް ޗެމްޕިއަންސް 2021 ފެތުމުގެ މުބާރާތުން ފެންމުތުގެ ޝަރަފު ކާމިޔާބު ދެ ފެތުންތެރިން ކަމަށްވާ ހަމްނާ އަޙްމަދާއި މުޙައްމަދު އާން ހުސެއިން ހޯދައިފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި މި މުބާރާތަކީ މި ސީރީޒްގެ މުބާރާތްތަކުގެ ދަށުން ބޭއްވި ފުރަތަމަ މުބާރާތެވެ. މި މުބާރާތުން އެއްވަނައަށް ދިޔަ ފެތުންތެރިންނަށް ފެންމުތުގެ ޝަރަފު އެރުވިއިރު، މި މުބާރާތަކީ ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އިވެންޓެއްގެވެސް އެންމެ މޮޅެތި ފެތުންތެރިންނަށް ދައުވަތުދީގެން ބޭއްވި ޚާއްސަ މުބާރާތެއް ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލުގައި ބޭއްވި ފެތުމުގެ މި ޚާއްސަ މުބާރާތުން ހަމްނާ ފެންމުތުގެ ޝަރަފު ހޯދިއިރު، އޭނާ ވަނީ މި މުބާރާތުގެ 13 އިވެންޓުގައި ވާދަކޮށް 12 އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ހަމްނާއަށް ރަން މެޑަލް ނުލިބުނީ އޭނާ ވާދަކުރި 100 މީޓަރު ބަޓަފްލައި އިވެންޓުން ޑިސްކޮލިފައިވުމާ ގުޅިގެންނެވެ.

މި މުބާރާތުގައި ހަމްނާ ރަން މެޑަލް ހޯދި އިވެންޓުތަކަކީ 100 މީޓަރާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް، 100 މީޓަރާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 މީޓަރާއި 100 މީޓަރު ފްރީ ސްޓައިލްއެވެ.

ދެން މި މުބާރާތުން ފެންމުތުގެ ޝަރަފު ހޯދި އާން ވަނީ 15 އިވެންޓެއްގައި ވާދަކޮށް 14 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. އާންއަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ. މި މުބާރާތުން އާން ރަން މެޑަލް ހޯދި އިވެންޓުތަކަކީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ، 100 މީޓަރާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބްރެސްޓްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބްރެސްޓްސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 100 މީޓަރާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 މީޓަރާއި 100 މީޓަރު ފްރީ ސްޓައިލްއެވެ.

މި އަހަރުގެ މުބާރާތުން ފެންމުތުގެ ޝަރަފު ހަމްނާ އާއި އާން ހޯދިއިރު، އެ ދެ ފެތުންތެރިން ވަނީ އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫ ދާބީގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތް ކަމަށްވާ 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށްވެސް ހޮވާފައެވެ. ދެން އެ މުބާރާތުގައި ރާއްޖެ ތަމުސީލުކުރާނީ އައިޝަތު ސައުސަން އާއި އިމްއާން އަލީއެވެ.

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކުރި ޗެމްޕިއަން އޮފް ޗެމްޕިއަންސް ފެތުމުގެ މުބާރާތުް ކާމިޔާބުކަމާއެކު ނިންމާލިއިރު، މި މުބާރާތަކީ ހުޅުމާލޭ ސްވިމިން ޕޫލުގައި ބޭއްވި ފެތުމުގެ ފުރަތަމަ މުބާރާތެވެ. ރާއްޖޭގެ އެންމެ މޮޅެތި 37 ފެތުންތެރިން ބައިވެރިވި މި މުބާރާތުގައި ޖުމްލަ 75 އިވެންޓެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް