Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބަޖެޓަށް ފައިނޭންސްކުރުން

މިއަހަރު އިއުލާނުކުރި ރިސޯޓުތަކުގެ ތެރެއިން ކުއްޔަށް ދޫކުރެވުނީ އެންމެ ރިސޯޓެއް: ފިނޭންސް

19 ރިސޯޓެއް ކުއްޔަށް ދިނުމަށް ހުޅުވާލި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 އޮކްޓޯބަރު 2021 | އާދީއްތަ 11:33
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ފަރާތުން ކުއްޔަށް ދޫކުރުމަށް އިއުލާނުކުރި ރިސޯޓުތަކުގެ ތެރެއިން ކުއްޔަށް ދޫކުރެވުނީ އެންމެ ރިސޯޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ; ބަޖެޓަށް ފައިނޭންސް ހޯދުމަށް ރިސޯޓުތައް ކުއްޔަށްދޫކުރާއިރު، އެކުއިޒިޝަންގެ ދަށުން ދިގު މުއްދަތަކަށް ރަށްތައް ކުއްޔަށް ދޫކުރާނެ ކަމަށެވެ.

މިއަހަރުތެރޭގައި 19 ރިސޯޓެއް ކުއްޔަށް ދިނުމަށް އިއުލާނުކޮށްފައިވާކަމަށާއި، އޭގެތެރެއިން ކުއްޔަށް ދެވުނީ އެންމެ ރިސޯޓެއް ކަމަށް ސަރުވާޝް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ޓުއަރިޒަމުން ކުރާ ކަމެއް ކަމަށާއި, މިހާރު ކުއްޔަށް ދޫނުކުރެވި ހުރި ރަށްތައް ދޫކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސަރުވާޝް ވިދާޅުވިއެވެ.

ސަރުވާޝް ވިދާޅުވީ ޓުއަރިޒަމް ބޭނުމަށް ރިސޯޓުތަކާއި ރަށްތައް ކުއްޔަށް ދޫކުރުމަށް އެންމެ ޚާއްސަ ސަމާލުކަމެއްދެނީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުން ކަމަށެވެ. އަދި އެ އަތޮޅުތަކުގެ ރަށްތަކުގެ ކުލިވެސް މިހާރު ކުޑަކުރެވިފައިވާކަމަށާއި، މިއީ އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއަރުވަންވެސް މަގުފަހިވާނެ ކަމެއް ކަމަށެވެ. ސަރުވާޝް ވިދާޅުވީ ޓުއަރިޒަމް ރަށްތައް ކުއްޔަށް ދޫކޮށްގެން 7 ލައްކައަށްވުރެ ގިނަ ޑޮލަރު އެކުއިޒިޝަން ފީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިގެ އިތުރުން ބިންތައް ވިއްކައިގެން ބަޖެޓަށް ފައިނޭންސް ހޯދުމުގެ މަސައްކަތަށް، ރަށްރަށުގެ ކައުންސިލްތަކާ ވާހަކަދައްކައިގެން, މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ޕޮލިސީއެއް ކަނޑައަޅާފައިވާކަމަށް ސަރުވާޝް ވިދާޅުވިއެވެ. އެއީ ރަށްރަށުގައި ހިއްކާފައިވާ ބިންތަކުގެ ތެރެއިން 30 އިންސައްތަ ބިން ވިއްކުމަށް ކަމަށާއި, އެއީ ރެސިޑެންޝަލް ބޭނުންތަކަށާއި އިންޑަސްޓްރިއަލް ބޭނުންތަކަށް ކަނޑައަޅާފައި އޮންނަ ބިން ކަމަށް ސަރުވާޝް ވިދާޅުވިއެވެ. މިގޮތުން ބިން ވިއްކައިގެން ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭ ވަރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން އެބަހުރި ކަމަށް ސަރުވާޝް ވިދާޅުވިއެވެ.

މިކަންކަމުން ފައިނޭންސް ހޯދުމުގެ ބަދަލުގައި ބޮޑަށް މަސައްކަތްކުރަނީ އާންމުކޮށް ލިބޭ ޓެކްސްތަކާ ފީތަކުން އާމްދަނީ ހޯދަންކަމަށް ސަރުވާޝް ވިދާޅުވިއެވެ. އެހެންނަމަވެސް އައު ކަންތައްތައް ތަންފީޒުުކުކުރެވުމުން އެކަންކަމަށް ބަރޯސާވާނެ ކަމަށް ވިދާޅުވިއެވެ. 2021 ވަނަ އަހަރުގެ ބަޖެޓުގައި ބަޖެޓު ފައިނޭންސިންގެ ގޮތުގައި ހިމަނާފައިވަނީ 1 ބިލިއަން ރުފިޔާއެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ

28 ޑިސެމްބަރު 2017
އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
07 ނޮވެމްބަރު 2017

މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް

07 ނޮވެމްބަރު 2017
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
12 ޖޫން 2017

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

12 ޖޫން 2017
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު