Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ބަޔާން ތާވަލުގެ ކުރީގައި، ޑޯޓްމުންޑް ފަހަތުގައި ވިއްދާފައި

23 އޮކްޓޯބަރު 2021 | ހޮނިހިރު 19:44

ބީލެފެލްޑް އަތުން ޑޯޓްމުންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 އޮކްޓޯބަރު 2021 | ހޮނިހިރު 19:44
ބަޔާނާއި ހޮފެންހެއިމް ބައްދަލުކުރި މެޗުގެ ތެރެއިން

ބަޔާނާއި ހޮފެންހެއިމް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑުވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ހޮފެންހެއިމް އަތުން 4-0 ގެ ނަތީޖާއަކުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ މި ވަގުތު ހޯމް ކަރަންޓީނުގައި ހުރި ބަޔާނުގެ ކޯޗު ހޫލިއަން ނާގަލްސްމަން މި މެޗުގައި އެ ޓީމަށް އިރުޝާދުދީފައެއް ނުވެއެވެ.

އެކަމަކު ބަޔާނުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެ ޓީމުގެ ސާޖް ގްނަބްރީ ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ކުރިން ހޮފެންހެއިމުގެ ފްލޯރިއަން ގްރިލިޗަށް ބަޔާނުގެ ޖަމާލް މުސިއާލާ ފައުލުކޮށްފައި އޮތުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް އޭގެ އަށް މިނެޓު ފަހުން މުސިއާލާ ދިން ބޯޅައަކުން ގްނަބްރީ އަލުން ލަނޑެއް ޖަހައި، ބަޔާނަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ބަޔާނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ދެން މި މެޗުގައި ބަޔާނުން އަނެއް ދެ ލަނޑު ޖަހާފައިވަނީ މެޗު ނިމެން ގާތްވެފައި ވަނިކޮށެވެ. އެގޮތުން މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ބަޔާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް މެކްސިމް ޗޮޕޫ-މޯޓިންއެވެ. އޭގެ ފަސް މިނެޓު ފަހުން ކިންގްސްލީ ކޯމަން ވަނީ ބަޔާނުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުން ބަޔާން މޮޅުވިއިރު، އެ ޓީމާ ވާދަވެރި ޑޯޓްމުންޑް މޮޅުވީ ރަށުން ބޭރުގައި ކުޅެ އާމީނިއާ ބީލެފެލްޑް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން ނޯވޭގެ ޒުވާން ތަރި އާލިއަން ބްރައުޓް ހާލަންޑް މި މެޗުގައި ކުޅެފައި ނުވި ނަމަވެސް، މެޗުގެ 31 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްރޭ ޗޭންއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މެޓް ހަމެލްސް ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބަޔާނުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ޖޫޑް ބެލިންހަމެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބީލެފެލްޑުގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހުއެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ފަބިއަން ކްލޯސް ވަނީ ލަނޑެއް ޖަހައި، ބީލެފެލްޑަށް ފަރަގު ކުޑަކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި ތިން ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ ވުލްފްސްބާގް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ފްރެއިބާގެވެ. އެ ޓީމަށް ވަނީ ނުވަ މެޗުން 19 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

15 އެޕްރީލު 2017
ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
07 އެޕްރީލު 2017

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

07 އެޕްރީލު 2017
މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް