Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގުތީ ނަތީޖާ އިއުލާންކުރުން

ރ. އިނގުރައިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި

އިނގުރައިދޫ ދާއިރާގައި އަލުން ވޯޓުލާފައިވަނީ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފަޔަށް ރިއާޔަތްކުރުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޮކްޓޯބަރު 2021 | ހޮނިހިރު 18:09
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާގެ އިންނަމާދޫގައި ވޯޓުލުން ކުރިއަށްދަނީ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާގެ އިންނަމާދޫގައި ވޯޓުލުން ކުރިއަށްދަނީ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ރ. އިނގުރައިދޫ ދާއިރާގެ އަލުން ނެގި ވޯޓާއި، ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

އިނގުރައިދޫ ދާއިރާގެ ރައީސަކަށް އިންތިޚާބުވެފައިވަނީ އަބްދުﷲ ޝަފީގެވެ. ގުރައިދޫ ދާއިރާގެ ދިޔަމިގިލި ރައީސަކަށް އިންތިޚާބުވެފައިވަނީ ރަގީބު އަލީއެވެ.

Advertisement - newsAdvertisement

ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިޔަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ރ. އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފަޔަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ވަނީ ނިންމާފައެވެ. 23 އޮކްޓޯބަރ ގެ ހެނދުނު 9:00ން ހަވީރު 5:00ށް ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާއިރު ރ. އިނގުރައިދޫ ދާއިރާގެ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫގައި ވޯޓުލުން ކުރިޔަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ކޮވިޑުގެ ހާލަތާ ގުޅިގެން 25 ސެޕްޓެމްބަރ ގައި ވޯޓުލުން ކުރިއަށް ނުގެންދެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައި ވެސް 23 އޮކްޓޯބަރ ގައި ހެނދުނު 9:00ން ހަވީރު 5:00ށް އެރަށު ސްކޫލްގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ. އިނގުރައިދޫ ދާއިރާ އަދި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭސިޓީގައި ކުރިއަށް ގެންދިޔައީ އެމް.ޑީ.ޕީގެ މައި ހަރުގޭގައެވެ. އަދި މާލޭގައި ބެހެއްޓި ތ. ގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓަކީ ހަމައެކަނި އެދާއިރާގައި ހިމެނޭ ދިޔަމިގިލީގެ އެމް.ޑީ.ޕީ މެންބަރުންނަށް ޚާއްސަކުރި ފޮށްޓެކެވެ.

ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިޔަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 47،100 މީހުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް ކުރިޔަށް އޮތް 5 އަހަރުގެ މުއްދަތަށް މެމްބަރުން އިންތިޚާބުކުރުމަށް ކުރިޔަށްގެންދިޔަ އިންތިޚާބުގައި 93,612 މެމްބަރުންނަށް ވޯޓުލެވެއެވެ. ވޯޓުލާން 47،100 މީހުން ނިކުމެފައިވާއިރު މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން 50.31 އިންސައްތަ މީހުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު