Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުޑަކުދިންނަށް ފައިޒާ ވެކްސިން ޖެހުން

ފައިޒާ ވެކްސިނުން ކުޑަކުދިންނަށް އަސަރު ކުރާ މިންވަރު ހުރީ 90.7 އިންސައްތައިގައި

ވެކްސިން ޖެހި ކުދިންނަށް ކޮވިޑް ޖެހިފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޮކްޓޯބަރު 2021 | ހޮނިހިރު 07:46
ފައިޒަރ ވެކްސިން

ފައިޒަރ ވެކްސިން

އެމެރިކާގައި 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޓެސްޓް ކުރަން ފަށާފައިވާ އިރު، ކްލިނިކަލް ޓްރަޔަލްތައް ދައްކާ ގޮތުން، 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް 90.7 އިންސައްތަ އަސަރު ކުރާ ކަމަށް ފައިޒާ ވެކްސިން އުފައްދާ ބައޯއެންޓެކުން ބުނެފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވި ކުދިންގެ ތެރެއިން ވެކްސިން ނޫން އެހެން ބޭހެއް ދިން 16 ކުއްޖަކަށް ކޮވިޑް ޖެހުނު އިރު، ވެކްސިން ޖެހި 3 ކުދިންނަށް ކޮވިޑް ޖެހިފައެއް ނުވެއެވެ. އަދި މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް އެ ކުންފުނިން ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައެވެ.

ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވި 2268 ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައަށްވުރެ ގިނަ ކުދިންނަށް އެހެން ފަރުވާއެއްގެ ބަދަލުގައި ދީފައވަނީ ވެކްސިނެވެ. އެއީ ބޮޑަށް ފައިދާކުރަނީ ވެކްސިން ޖަހައިގެންތިބި ކުދިންތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ނަތީޖާތައް ދައްކާ ގޮތުން އެކަމުގެ އަސަރު 90 އިންސައްތައަށް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފައިޒާ ވެކްސިންގެ އަސަރު 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކުރަނީ ކިހާވަރަކައްތޯ ބެލުމަށް ބޭނުންކޮށްފައިވަނީ، ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ މިންވަރާއި، ބޮޑެތި މީހުންނަށް ވެކްސިން ދިނުމުން އެންޓިބޮޑީސް އުފައްދައިދޭ މިންވަރު އަޅާ ކިއުމަށްފަހުގައެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން، މިދިޔަ މަހުގައި ފައިޒާގެ ވެކްސިން ޖެހި ކުދިންގެ ހަށިގަނޑުގެ ދިފާއީ ބާރު ވައިރަހާއި ދެކޮޅަށް ގަދަވެފައިވެއެވެ. މި ކުދިންނަށް ދީފައިވަނީ 10 މައިކްރޯ ގްރާމްގެ 2 ޑޯޒެވެ. މިއީ 12 އަހަރުން މަތީގެ މީހުންނަށް ދީފައިވާ ޑޯޒްގެ 3 ބައިކުޅައެވެ.

އިތުރަށް ކިޔާލަން

23 މެއި 2018

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ

23 މެއި 2018
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ
22 މެއި 2018

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

22 މެއި 2018
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
01 މާރިޗު 2018

ރަޝިއާގައި ފަގީރުކަން އޮތް މިންވަރު ދެބައިކުޅައެއްބަޔަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ދަށްކުރާނަން: ރައީސް ޕޫޓިން

01 މާރިޗު 2018
ރަޝިއާގައި ފަގީރުކަން އޮތް މިންވަރު ދެބައިކުޅައެއްބަޔަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ދަށްކުރާނަން: ރައީސް ޕޫޓިން
06 އޮކްޓޯބަރު 2017

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

06 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ
27 ސެޕްޓެމްބަރު 2017

މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ

27 ސެޕްޓެމްބަރު 2017
މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު