Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

މާބަނޑު ނުވަތަ ގާތުން ކިރުދޭ ފަންސާސް ހާސް މައިންނަށް ރަނގަޅު ކާނާ ބޭނުންވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 އޮކްޓޯބަރު 2017 | ހުކުރު 15:04
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށްދާން ޖެހިފައި

އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށްދާން ޖެހިފައި

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ގޮސްފައިވާ މުސްލިމުންގެ ތެރޭގައި ހިމެނޭ 145،000 ކުޑަކުދިންނަށް މެލްނިއުޓްރިޝަން، ނުވަތަ ފައިދާހުރި ކާނާ ހަށިގަނޑަށް ބޭނުންވާ ވަރަށް ނުލިބުމުން ސަބަބުން ލިބޭ ގެއްލުން ތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ 13 ޗެރިޓީއެއްގެ މައްޗަށް ހިމެނޭ ގްރޫޕެއް ކަމަށްވާ ޑީޒާސްޓާސް އިމާޖެންސީ ކޮމިޓީ ން ބުނީ ބަންގްލަދޭޝްގައި ތިބި 14,000 ރޮހިންޖާ ކުޑަކުދިންނަށް މިހާރުވެސް ވަރަށް ބޮޑަށް މެލްނިއުޓްރިޝަން ކުރިމަތިވެފައިވާ ކަމަށެވެ.

ޑީޒާސްޓާސް އިމާޖެންސީ ކޮމިޓީން ބުނެފައި ވަނީ ބަންގާޅުގައި ތިބި ރޮހިންޖާގެ ދަރިކޮލުގެ މާބަނޑު ނުވަތަ ގާތުން ކިރުދޭ ފަންސާސް ހާސް މައިންނަށް ރަނގަޅު ކާނާ ބޭނުންވާ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް ރޮހިންޖާ ދަރިކޮޅުގެ 500،000 އަށް ވުރެ ގިނަ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
04 ސެޕްޓެމްބަރު 2017

30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި

04 ސެޕްޓެމްބަރު 2017
30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި
04 ސެޕްޓެމްބަރު 2017

މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި

04 ސެޕްޓެމްބަރު 2017
މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި
29 ޖުލައި 2017

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު