Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖިންސީ ގޯނާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ

މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުވާނީ ހުކުރުދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 23 މެއި 2018 | ބުދަ 14:10
އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަން

އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަން

އޮސްޓްރޭލިއާގެ ކްރިސްޓިއަން ފައްޅިއެއްގައި ފާދިރީއަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން ކަމަށް ސާބިތުވެފައިވާ ފާދިރީ މަޤާމުން ދުރުވާން ނިންމައިފިއެވެ.

އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަންގެ މައްޗަށް ސާބިތުވެފައިވަނީ، މީގެ ފަންސާހަކަށް އަހަރު ކުރިން، 1970 އިގެ އަހަރުތަކުގައި އޭނާ ނިއު ސައުތު ވޭލްސްގެ މެއިޓްލޭންޑްގެ ފާދިރީއެއް ކަމުގައިވާ، ޖޭމްސް ފްލެޗަރގެ އެސިސްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރިއިރު، ޖޭމްސް ފްލެޗަރ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން އެނގިހުރެ އެކަން ސިއްރު ކުރި ކަމުގެ ކުށެވެ.

ކުށް ސާބިތުވުމާއި ގުޅިގެން، ވިލްސަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޓުގެ ނިންމުމާއިއެކު، މިވަގުތު އޭނާ ހުރި އާޗްބިޝަޕްގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަކީ އެންމެ މުނާސަބު ގޮތް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ހުކުރު ދުވަހުން ފެށިގެން އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އޭނާ މަޤާމުން އިސްތިޢުފާ ދޭން ޖެހިއްޖެ ހާލަތެއްގައި މަޤާމުން އިސްތިޢުފާ ދިނުމަށްވެސް ތައްޔާރަށް ހުރި ކަމަށެވެ.

ވިލްސަން އަކީ މިފަދަ މައްސަލައެއްގައި، މުޅި ދުނިޔެއިންވެސް މިހާތަނަށް ކުށް ސާބިތުވި އެންމެ އިސް ފާދިރީއެވެ.

މި މައްސަލައިގެ ޝަރީއަތުގައި އެކަން ހިނގިކަން އެނގިފައި ނުވާކަމަށް ވިލްސަން ބުނި ނަމަވެސް، އޭރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި ބައެއް ފަރާތްތަކުން ވަނީ ވިލްސަންއަށް އެ ވާހަކަތައް ކިޔައިދިން ކަމަށް ހެކިބަސްދީފައެވެ.

މި މައްސަލައިގައި ވިލްސަން އާއި ދެކޮޅަށް ހެކިބަސްދީފައިވާ އެކަކީ 1970 އިގެ އަހަރުތަކުގައި ފައްޅީގައި އޯލްޓަރ ބޯއީއެއްގެ ގޮތުގައި އުޅުނު ޕީޓަރ ކްރެއިގެވެ. ކޯޓުގައި ކްރެއިގް ބުނެފައިވާގޮތުން، ފާދިރީ ފްލެޗަރ އޭނާއަށް ޖިންސީ ގޯނާ ކުރިތާ 5 އަހަރު ފަހުން، 1976 ވަނަ އަހަރު އޭނާ ވަނީ ވިލްސަންއަށް އެ ވާހަކަތައް ތަފްޞީލުކޮށް ކިޔައިދީފައެވެ.

ކާކުކަން ހާމަނުކޮށް ކޯޓުގައި ހެކިބަސްދިން ފަރާތަކުން ބުނީ އޭނާގެ އުމުރުން 11 އަހަރުގައި ފާދިރީ ފްލެޗަރ އޭނާއަށް ޖިންސީ ގޯނާ ކުރުމުން، އެ ވާހަކަ ވިލްސަންއަށް ކިޔައިދިން ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަމަށް ބުނެ، ވިލްސަން އޭނާއަށް އަދަބު ދީފައިވާ ކަމަށްވެސް ހެކިބަސްދިން މީހާ ވަނީ ބުނެފައެވެ.

ވިލްސަންގެ މައްޗަށް ކުށް ސާބިތުވާކަން ނިންމާފައިވާއިރު، އޭނާއަށް ޙުކުމް ކުރާނީ އަންނަ ޖޫން މަހުއެވެ. ވިލްސަންގެ ކުށަށް ބަލާއިރު، އޭނާގެ މައްޗަށް ކުރެވޭނީ ގިނަވެގެން 2 އަހަރުގެ ޖަލު ޙުކުމެކެވެ.

މި މައްސަލައިގައި ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލާނެ ކަމަށް ވިލްސަންގެ ޤާނޫނީ ޓީމުން ބުނެފައިވާއިރު، އުމުރުން 67 އަހަރުގެ ވިލްސަންއަށް އޮލްޒައިމަރޒް (ހަނދާން ނެތޭ ބަލި) ޖެހުމާއި ގުޅިގެން އޭނާގެ ޤާނޫނީ ޓީމުން ވަނީ 4 ފަހަރެއްގެމަތިން މި މައްސަލަ ބާޠިލްކޮށްދޭން އެދިފައެވެ.

މި މައްސަލައިގައި ހިމެނޭ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ފާދިރީ، ޖޭމްސް ފްލެޗަރގެ މައްޗަށް 9 ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ އެ މައްސަލައިގައި 2004 ވަނަ އަހަރު އޭނާ ވަނީ ޖަލަށް ލާފައެވެ. އޭގެ 2 އަހަރުފަހުން 2006 ގައި އޭނާ މަރުވީ ޖަލު ޙުކުމް ތަންފީޒު ކުރަމުންދަނިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

05 ނޮވެމްބަރު 2017
 ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވުމުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވުމުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

02 ނޮވެމްބަރު 2017
ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދަމުންދިޔަ ނެޓްވޯކެއް ބްރެޒިލްއިން އަތުލައިގެންފި

ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދަމުންދިޔަ ނެޓްވޯކެއް ބްރެޒިލްއިން އަތުލައިގެންފި

22 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

06 އޮކްޓޯބަރު 2017
މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި

މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި

03 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު