Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ

މައިންބަފައިިންނާ ނުލާ ބަންގްލަދޭސްއަށް އައިސްފައިވާ 6000 ރޮހިންޖާ ކުޑަކުދިން ބަންގްލަދޭޝްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ސެޕްޓެމްބަރު 2017 | ބުދަ 07:41
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކުރަން ޖެހިފައި

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކުރަން ޖެހިފައި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް މައިންބަފައިިންނާ ނުލާ އައިސްފައިވާ 6000 ރޮހިންޖާ ކުޑަކުދިންނަށް ވަކި ހިޔާތަކެއް ބިނާކުރަން ރާވަމުންދާ ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން އަންގާރަ ދުވަހު ބުނެފިއެވެ.

ބަންގްލަދޭޝްގެ ޖޫނިއާ މިނިސްޓަރު ނޫރުއްޒަމާން އަހްމަދު މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެގައުމުގެ ސޯޝަލް ވެލްފެއާ މިނިސްޓްރީން ކަމާބެހޭ އިދާރާތަކަށް، ކުޑަކުދިންނަށް ހިޔާވަހިކަން ބިނާކުރުމަށްޓަކައި 80 ހެކްޓަރުގެ ބިން ހޯދުމަށް އެދިފައިވާނެ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ 400،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުންގެ ތެރޭ ކުޑަކުދިންގެ ނިސްބަތް، 60 އިން ސައްތަ އަށް އަރައެވެ.

ބަންގްލަދޭޝް އަށް މައިންބަފައިިންނާ ނުލާ އައިސްފައިވާ 6000 ރޮހިންޖާ ކުޑަކުދިން އެބަތިބި ކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބުނިކަމުގައިވިޔަސް، އދގެ ކުޑަކުދިންނާ ބެހޭ އެޖެންސީ ކަމަށްވާ ޔުނިސެފުން ބުނެފައި ވަނީ އެ އެޖެންސީއަށް ފާހަގަކުރެވިފައި ވަނީ މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ 1800 ކުޑަކުދިން ކަަމަށެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!

06 ސެޕްޓެމްބަރު 2017
މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
06 ސެޕްޓެމްބަރު 2017

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

06 ސެޕްޓެމްބަރު 2017
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު