Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކޮންމެ ދުވަހަކު މިނަވަންކަން ދިފާއު ކުރައްވަން އެ ކުރައްވަނީ ކޮން މަސައްކަތެއް ބާވައެވެ؟

5 ނޮވެމްބަރު 2024 | އަންގާރަ 10:59

ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމުގައި އެހާ ދަތި އުނދަގޫ ހާލަތެއްގައި އެހާ ބުރަކޮށް ދުވާލު ހަތަރުދަމުން ރައީސަށް އުޅުއްވަން ޖެހިވަޑައިގެން މިއުޅުއްވަނީ ކޮންކަމެއް ލައިގަނެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް | 5 ނޮވެމްބަރު 2024 | އަންގާރަ 10:59
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރައްވަން އަވަދިނެދި މަސައްކަތުގައި އުޅުއްވާ ކަމަށް ވަރަށް ގިނައިން ވިދާޅުވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރައްވަން އަވަދިނެދި މަސައްކަތުގައި އުޅުއްވާ ކަމަށް ވަރަށް ގިނައިން ވިދާޅުވޭ

ދިވެހިންނަކީ ފެށުނީއްސުރެ ގައުމު ދެކެ ލޯބިވާ ބައެކެވެ. ގައުމުގެ މިނިވަންކަމާ އިސްތިގުލާލާ ދޭތެރޭ ވިސްނާ ބައެކެވެ. ގައުމަށް ރީތި ނަން ހޯދާ ދިނުމާ ގައުމަށްޓާކައި ކޮންމެވެސް ކަމެއް ކޮށްދިނުމަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ކަމެކެވެ. މިކަން އެންމެ އާދައިގެ ދިވެހި ރައްޔިތު މީހާ އާއި ހަމައިން ފެށިގެން ގައުމުގެ ވެރިއާ ހަމައަށް ވެސް އޮންނަނީ މިގޮތަށެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ އަދި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ކޮންމެ މީހެއްގެ އެންމެ އިސްވާޖިބަކަށް ވާނީ ގައުމުގެ މިނިވަންކަމާ ސިޔާދަތު އެގޮތުގައި ދެމެހެއްޓުމެވެ. މިއީ އަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް މިކަން އޮތް ގޮތެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމަށް އަވަދިނެތި ކޮންމެ ދުވަހަކު އުޅުއްވާ ވާހަކަ ވިދާޅުވާލެއް ގިނަ ކަމުން މިކަމާ ވިސްނާލަންވެއްޖެ ނޫންތޯއެވެ. މިވާގޮތެއް ބަލާލަން ވެއްޖެ ނޫންތޯއެވެ. ގޯހެއް އުޅެނީތޯ މީސްމީހުން ގާތު އަހާ އޮޅުންފިލުވާލަން ވެއްޖެ ނޫންތޯއެވެ.

މިކަން އޮޅުން ފިލުވުން މިހާ މުހިއްމު ކަމަކަށް މިވަނީ ގައުމުތައް އަޅުވެތިވާ ގޮތާ ހަނގުރާމައިގެ ތެރޭގައި ގައުމުތައް އުޅޭ ގޮތާ ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ފަދަ ހާލަތުގައި އޮންނަ ގައުމުތައް ކަންކުރާ ގޮތާ ދިމާއަށް ފެންނަން ހުރީތީއެވެ. އެފަދަ ގައުމުތަކުގެ ވެރިންނާ ސަރުކާރު ތަކުން ހޭބޯނާރާ ދެފައި އެއްތާނގައި ނުޖެހި މަސައްކަތް ކުރަމުން އެދަނީ އެހެންޏާ ގައުމު ދިފާއު ކުރާށެވެ. އެހެންޏާ އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރާ ގައުމުގެ މައްޗަށް ގަދަވެގަތުމުގައެވެ. އެފަދަ ގައުމުތަކުގެ ވެރިން ރެއާ ދުވާލު ނޭވާ ނޭފަތުން ނުލާ މިއުޅެނީ ގައުމުގެ މިނިވަންކަން ދިފާޢު ކުރާށޭ ބުނުމަކުން މީހަކު ހައިރާނެއް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަން ހުއްޓިވަޑައިގެން ކޮންމެ ތަނެއްގައި މިވާހަކައެއް މިވަރަކަށް މިދައްކަވަނީ ކީއްވެގެން ކަމާމެދު ސުވާލު ނުއުފެދެންވީ ސަބަބެއް ނެތެވެ. އެންމެ ފަހުން ރައީސް މިވާހަކަ ދެއްކެވީ ދިވެހިރާއްޖޭ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އެ ތަގުރީރުގައި ވެސް ވިދާޅުވީ ވޭތުވެދިއަ އެއް އަހަރުގެ ކޮންމެ ދުވަހެއް ބުރަކޮށް މިހޭދަކުރެއްވީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެއްވުމުގައި ކަމަށެވެ. ރައީސް އަރިހުގައި އަހާލާނަމޭ ހިތަށް އެރައެވެ. ދިވެހިރާއްޖެ މިއޮތީ ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި ތޯއެވެ. ރާއްޖޭގެ ކޮންމެވެސް އެއްފަޅިއަކުން ބޯޑަރު ހިއްސާކުރާ ގައުމުން ރާއްޖެއާ ހަނގުރާމަ ކުރަމުން އެބަދޭތޯއެވެ. ރާއްޖެ އަށް ކުރިން ކުރެވިފައި އޮތް ކޮންމެވެސް ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކޮންމެވެސް ގައުމަކުން ރާއްޖެއަށް ހަމަލާއެއް ދޭން އެބަ ތައްޔާރުވޭތޯއެވެ. ނުވަތަ އަސްކަރީގޮތުން ބާރުގަދަ ގައުމަކާ ރާއްޖެއާއި ދެމެދު އަސްކަރި ބަހުރުވާ ހޫނުވެ ބޮޑެތި ދެބަސްވުންތައް އެބަ ހިނގާތޯއެވެ. ނުވަތަ ރާއްޖެއަށް އެހެން ގައުމެއްގެ ސިޔާދަތުގެ ތެރެއަށް ވަދެވި އެހެން ގައުމެއްގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކުރެވިގެން އެބައުޅޭތޯއެވެ. ނުވަތަ އެހެން ދެ ގައުމެއްގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެތަނުން އެއްގައުމުން އަނެއްގައުމަށް ހަމަލާ އެބަދޭތޯއެވެ. ނުވަތަ ހަނގުރާމައެއްގެ ތެރޭގައި އުޅޭ ގައުމެއްގެ އަސްކަރި ބޭހެއް ރާއްޖޭގައި އެބައޮތްތޯއެވެ.

މިއީ ހަތްތަހާވެސް ރައީސްގެ އަރިހުން ސާފުކުރަން ބޭނުންވާ ކަންކަމެވެ. ސަބަބަކީ ރައީސް އަބަދާ އަބަދު އެހެން ވިދާޅުވާތީއެވެ.

ވީއިރު ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމުގައި އެހާ ދަތި އުނދަގޫ ހާލަތެއްގައި އެހާ ބުރަކޮށް ދުވާލު ހަތަރުދަމުން ރައީސަށް އުޅުއްވަން ޖެހިވަޑައިގެން މިއުޅުއްވަނީ ކޮންކަމެއް ލައިގަނެގެންތޯއެވެ.

މިނިވަންކަމުގެ ވާހަކަ ދައްކަވައިގެން  ސިޔާދަތުގެ ވާހަކަ ދައްކަވައިގެން ރައްޔިތުންގެ ގުޑް ބުކް އަށް އަބަދު އަރުއްވަން އެހާ ބޭނުންފުޅު ނަމަ ދިފާޢީ ބާރަށް އެކުވެރި ގައުމަކުން ހަތިޔާރު ހޯދައިގެން ދިފާއީ ބާރުގެ މަރުކަޒުތައް އެކުވެރި ގައުމަކުން އިމާރާތް ކުރުވައިގެން އެކުވެރި ގައުމެއްގެ އަސްކަރިއްޔާ އަށް ބަރޯސާވެގެން އުޅުއްވާ ވާހަކަ ތިޔަ ދެއްކެވެނީ ކީއްވެގެންތޯއެވެ.

އަޖައިބަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް މިވަގުތު ކުރިމަތިވެފައި އޮތް ނުރައްކާ އެނގޭ ދިވެއްސެއް، އެކަމުގެ ވާހަކަ އެހި ބޭރުގެ ގައުމެއް، ޖަމްއިއްޔާއެއް ޖަމާއަތެއް ނެތެވެ.

ކޮންމެ ދުވަހަކު ރެޔާއި ދުވާލު އެންމެ އިސްކަމެއް ދެއްވައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރައްވަން އެހާ އަވަދި ނެތި އަނެއްކާ އެ ކުރައްވަނީ ކޮން ޖިހާދެއް ބާވައެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.
04 އޮކްޓޯބަރު 2017

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
21 އޯގަސްޓު 2017

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
30 ޖޫން 2017

އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟

30 ޖޫން 2017
އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް