Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސްގެ ތަގުރީރު ފެއިލްވުން

ރައީސްގެ ތަގުރީރު ފެއިލްވެ، އެއް ޖަލްސާއެއްގައި ދެ ފަހަރު ތަގުރީރުކުރައްވަން ޖެހިވަޑައިގަތުމަކީ ކޮންފަދަ ކަމެއްތޯ؟

އެ ޖަލްސާއިން ފެނުނީ ރައީސް މުއިއްޒުގެ ކެރިވަޑައިނުގަތުމާއި، ރައީސް އޮފީހުގެ ފެއިލިއާ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 11:41
ރައީސް މުއިއްޒު، ސްޕީޗް ދެއްވުމަށްފަހު ސްޓޭޖުން ފައިބާވަޑައިގަންނަވަނީ

ރައީސް މުއިއްޒު، ސްޕީޗް ދެއްވުމަށްފަހު ސްޓޭޖުން ފައިބާވަޑައިގަންނަވަނީ

"ކަންގަތި އެވޯޑު"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަގުރީރާ ހަމައަށް އާދެވިއްޖެއެވެ. ތަގުރީރު ފަށްޓަވައިގެން އެކި ވާހަކަތައް ވިދާޅުވަމުން ގޮސް، މިހާރު މި އާދެވުނީ އެ ތަގުރީރުގައި ވިދާޅުވާ އެންމެ ހިތްދަތި ވާހަކަތަކާ ހަމައަށެވެ. އެމަނިކުފާނަށް ފެނިވަޑައިގެންނެވި މަންޒަރުން ހިތްޕުޅަށް ކުރި އަސަރުތަކުގެ ވާހަކަތަކެވެ. އެ ވާހަކަތަކުގެ ތެރެއިން؛ ފުށިދިއްގަރު ފަޅު ހިއްކުމާއި، ހާލުގައި ދިރިއުޅޭ ރައްޔިތުންނަށް އެތަނުން ގޯތި ދިނުމުގެ ވާހަކަތަކެވެ. ރައީސް ދެއްވި އެ ތަގުރީރުގެ މެދާހަމައިން، އެ ހިތްދަތި ވާހަކަތަކާ ހަމައިން ކުއްލިއަކަށް ތަގުރީރު މެދުކެނޑިއްޖެއެވެ. ތަގުރީރުގެ އެންމެ ފަހު ބަސްކޮޅަކަށް ރައީސް ވިދާޅުވީ "ކޮންފަދަ ކަމެއްތޯ"އެވެ.

ކަން ހިނގައިން އުޅޭ ގޮތެއް ބެލިއިރު ކަމަކު ދާކަށެއް ނެތެވެ. މިއޮށްގެން އުޅެނީ ރައީސް ތަގުރީރު ދެއްވުމުގައި، އެ އެއްޗަކަށް ބަލަހައްޓަވައިގެން ވިދާޅުވާ "ޓެލެ ޕްރޮމްޕްޓަރު" ހުއްޓިގެން ރައީސް މުއިއްޒުއަށް ތަގުރީރު ކުރިއަށް ނުގެންދެވިގެންނެވެ. އެއާއެކު، ސްޓޭޖް މަތީގައި ހުންނެވި ރައީސް މުއިއްޒު ޓެކްނިކަލް މައްސަލައެއް ކަމަށް ވިދާޅުވަމުން ގެންދެވިއިރު، ޖަލްސާގައި ތިއްބެވި އެމަނިކުފާނުގެ ވަޒީރުން ތިއްބެވީ ކަންބޮޑުވެފައެވެ. އެންމެ ފަހުން ރައީސް ސްޓޭޖް ދޫކުރައްވައި ގޮނޑި ކޮޅުގައި އިށީންނެވިއެވެ.

މި ދިމާވީ ކޮންފަދަ ކަމަކާތޯއެވެ. ރައީސް މުއިއްޒުއަށް، ޓެލެޕްރޮމްޕްޓަރުގެ ބޭނުން ނުކުރައްވައި ތަގުރީރު ކުރިއަށް ގެންދަވަން ކެރިވަޑައިނުގެންނެވިކަމީ ކޮންފަދަ ކަމެއްތޯއެވެ. ރައީސް މުއިއްޒުގެ ޓެލެޕްރޮމްޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވިއިރު، ރައީސްގެ އަތްޕުޅުގައި ބެކަޕް ގަނޑުކޮޅެއް ނެތްކަމީ ކޮންފަދަ ކަމެއްތޯއެވެ. ރައީސް އޮފީހުގެ ޓީމުގެ ނާގާބިލުކަން، ދުރަށް ދައްކަމުންދިޔަ ހަފްލާއަކުން ހާމަވެގެން ދިޔުމާއި، އެއް ޖަލްސާއެއްގައި ދެވަނަ ފަހަރަށް ރައީސް މުއިއްޒު ޕޯޑިއަމަށް ވަޑައިގެން ތަގުރީރު ކުރިއަށްގެންދަވަން ޖެހިވަޑައިގަތުމަކީ ކޮންފަދަ ކަމެއްތޯއެވެ.

ރައީސެވެ. ބުދަ ދުވަހުގެ ރޭގެ ހަފުލާއިން އާންމުންނަށް އެ ފެނުނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ދޯހަޅި ކަމެވެ. ރައީސް އޮފީހުން އެފަދަ އިމަޖެންސީތަކަށް ތައްޔާރުވެފައި އޮތް ދޯހަޅި ކަމެވެ. ޕްރޮޓޮކޯލްގެ ދޯހަޅި ކަމެވެ. ޑޮކްޓަރުކަން ކިޔަވާ ވިދާޅުވެގެން ހުންނެވިނަމަވެސް، ނުވަތަ ރާއްޖޭގެ އެންމެ އިލްމީ ކެބިނެޓު އޮތްކަމަށް ވިދާޅުވާ ސަރުކާރަށްވީ ނަމަވެސް، ރައްޔިތުންގެ ކުރިމަތީގައި އެއްޗެއް ނުބަލައި "ފްރީ ސްޕީޗް"އެއް ދެއްވަން ތިޔަ މަނިކުފާނަށް ކެރިވަޑައިނުގެންނެވި ކަމެވެ. ހާދަހާވާ ދެރަވަރު ކަމެކެވެ.

ރައީސެވެ. އެ ކަން ހިނގި ގޮތް ބެލުމަށް ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު ޝަހީބުގެ އަރިހުން އެކަން ހިނގި ގޮތް ސާފުކުރަން ގުޅުމުން، އެބޭފުޅާއަށް ވެސް އެކަމަށް ޖަވާބެއް ނުދެއްވުނެވެ. ރައީސްގެ އަތްޕުޅުގައި އެވަގުތު ތަގުރީރުގެ "ބެކަޕް"އެއް ނެތީތޯ ދެންނެވުމުން ޖަވާބުގައި ޝަހީބު ވިދާޅުވީ "ދިމާވީ ޓެކްނިކަލް މައްސަލަ"އެއް ކަމަށެވެ. އެވަގުތު ކަން ހިނގި ގޮތެއް މީޑިޔާއަށް މައުލޫމާތު ދެއްވަން، ރައީސް އޮފީހުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ބޭފުޅާއަށް އެނގިވަަޑައިގަންނަވާހެން ހިއެއްނުވެއެވެ.

"ނުކިޔަވާ" އިބޫގެ ސަރުކާރު ކަމަށް ބުނެ ރައީސް މުއިއްޒު ފާޑުވިދާޅުވި އެ ސަރުކާރުން އިންތިޒާމުކުރި ފުރިހަމަ އިންތިޒާމުތަކުން، މިއަދު ވެއްޓެންޖެހޭ ހާލަތަކީ މިއީތޯއެވެ. މިއީ ކޮންފަދަ ކަމެއްތޯއެވެ.

ރައީސެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް ވަޑައިގަތުމުގެ ކުރިން ހައުސިންގ މިނިސްޓަރުކަމާއި، މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަންވެސް މަނިކުފާނު ކުރެއްވީމުނޫންތޯއެވެ. އެހެން ކަމަށްވާނަމަ، މިއަދު ރައީސަކަށް ވަޑައިގެން ހަމައެކަނި "ޓެލެ ޕްރޮމްޕްޓަރުން" ބައްލަވައިގެން ނޫނީ ތަގުރީރެއް ނުކުރެއްވޭނަމަ އެއީ ލަދުވެތިކަމެކެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވި ނަމަވެސް، މަނިކުފާނަކީ ސިޔާސީ ދާއިރާއިން ކޮންމެވެސް ވަރެއްގެ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި، ޑޮކްޓަރުގެ ލަގަބުގެ ވެރިއެކެވެ. ކޮންމެ ފަހަރަކު މަނިކުފާނުގެ ތަގުރީރު ފުރިހަމަ ކުރައްވަންދެންނެއް އެ ޕްރޮމްޕްޓަރު މަސައްކަތްވެސް ނުކޮށްފާނެއެވެ.

އެހެން ވިޔަސް، ރައީސްގެ ހައިސިއްޔަތުން ދައްކަވަމުން ގެންދެވި ވާހަކައާ ގުޅޭ ގޮތުން، ފްރީ ސްޕީޗެއް ދެއްވިނަމަ އެހާ ލަދުވެތި ގޮތަކަށް ދެވަނަ ފަހަރަަށް ގަނޑުކޮޅު ހިއްޕަވައިގެން ސްޓޭޖަށް އަރާވަޑައިގަންނަވަން ޖެހިވަޑައިނުގެންނެވުނީސްތާއެވެ. މަނިކުފާނަށް ގަނޑުކޮޅު ނުވަތަ ޕްރޮމްޕްޓަރު ބައްލަވައިގެން ނޫނީ ތަގުރީރެއް ނުދެއްވޭނެނަމަ، އަވަހަށް އެކަމަށް ޕްރެކްޓިސް ކުރައްވަން ކުލާހަށް ވަޑައިގަންނަވާށެވެ. އަދި ވެރިކަމުގައި ތިޔަފަދަ ކިތަންމެ ކަމެއް ހިނގުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު