Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑްރަގްގެ މައްސަލަ

ރައީސް ހުންނެވީ ހުރިހާ ގައުމެއްގެ އެހީ ހޯއްދަވައިގެންވެސް، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރައްވަން

މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް މެދުކެނޑުމެއް ނެތްކަމުގެ ޔަގީންކަން ރައީސް ދެއްވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2022 | އަންގާރަ 12:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު- ރައީސް ވިދާޅުވީ މިއަދު މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު- ރައީސް ވިދާޅުވީ މިއަދު މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށް

ރާއްޖޭގައި 9000އާ ގާތްކުރާ އަދަދަކަަށް ޑްރަގް ބޭނުންކުރާ މީހުން އުޅޭއިރު އޭގެ ތެރެއިން 10 އިންސައްތަ ވެސް ފަރުވާގެ ނިޒާމުގެ ތެރޭގައި ނެތެވެ. ކޮންމެ އަހަރަކުވެސް ހާހަކަށްވުރެ ގިނަ މީހުން ފަރުވާގައި ކިއޫގައި ތިބެންޖެހޭއިރު، އަހަރެއްގެ މައްޗަށް 400އާ 500އާ ދެމެދުގެ އަދަދެއްގެ މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ދުވަހެއް ދުވަހަކަށް ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ފުޅާވެ، އެކަމަށް ހުށައެޅެމުންދާ މީހުން އަދަދުވެސް އިތުރުވަމުންދާއިރު، މިއަދުގެ ސަރުކާރުން އޮތީ އެފަދަ މައްސަލަތަކުގައި ދޫދޭ ގޮތަކަށް ނޫނެވެ. ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މެދުކެނޑުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ.

ނ ލަންދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށެވެ. ޑްރަގްގެ ވަބާއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ގިނަ އަދަދުތަކުން ޑްރަގް އަތުލައިގަންނާތީވެސް ކަންބޮޑުވާ ބަޔަކު އެބައުޅޭ ކަމަށެވެ. އެހެންނަމަވެސް، ބަޔަކު ކަންބޮޑުވިނަމަވެސް މި މަސައްކަތް ހުއްޓާނުލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން މިހާރު ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނާ ގުޅޭގޮތުންވެސް ގިނަ ބަޔަކު ދަނީ އެފަދަ ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން ޑްރަގްގެ މައްސަލަތަކުގައި ސިޔާސީ ފަރާތްތަކެއްގެ އަތްތަކެއް ވާކަމަށް ބޮޑެތި ތުހުމަތުތައް ކުރެވިފައިވާއިރު، މިފަހަކަށް އައިސް ބޮޑެތި އަދަދުތަކުން ޑްރަގް އަތުލައިގަންނަމުން ދިއުމުގެ އެއް ސަބަބެއްގެ ގޮތުގައި އެފަދަ އޮޕަރޭޝަންތަކާ ގުޅިގެން ގައުމުތަކުން ހިއްސާކުރާ އިންޓެލިޖެންސް މައުލޫމާތާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލައި މޮނިޓަރ ކުރުމަށް ހިންގަމުންދާ އޮޕަރޭޝަންތައް ހިމެނެއެވެ.

ވަކިން ޚާއްސަކޮށް އެ މަސައްކަތުގައި އިންޑިއާގެ އެހީވެސް ލިބެމުންދާއިރު، "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެ، މައުސޫމު ރައްޔިތުންތަކެއް މަގުތަކަށް ނެރިގެން ހިންގާ ހަރަކާތެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ހަމައެކަނި މައްސަލައަކީ މިލިއަނުން ފައިދާލިބޭ ބޮޑު ވިޔަފާރިއަކަށް ހުރަސްއެޅުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ސޯޝަލް މީޑިއާ ބޮޓުންތަކެއް ހިންގާ ކެމްޕޭނެއް ކަމަށާއި، އެކަމުގެ ފަހަތުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކުގައި ހިމެނޭ މީހުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވިދާޅުވަނީ އެ ސަބަބާހުރެ ކަމަށް ވެދާނެއެވެ. އެގޮތުން އެ މީހުންނަކީ ޑްރަގުގެ ވިޔަފާރިއާއި ނެޓްވޯކްތަކާ ގުޅިފައިވާ ބައެއް ކަމަށާއި، އެމީހުންގެ ނުރުހުން އަމާޒުވަނީ އިންޑިއާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރާތީކަމަށް މިނިސްޓަރުވެސް ވިދާޅުވެއެވެ.

ކޮންމެއަކަސް، ބަޔަކު ކިތަންމެ ނުރުހުނު ކަމުގައިވީނަމަވެސް، މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް މެދުކެނޑުމެއް ނެތްކަމުގެ ޔަގީންކަން ރައީސް ދެއްވައެވެ. ރައީސް ވިދާޅުވީ، ޑްރަގްގެ ވަބާގައި ޖެހި ޖީލުތައް ހަލާކުވެގެންދާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށެވެ. އަދި ލިބެން އޮތް ހުރިހާ ގައުމެއްގެ އެހީތެރިކަން ހޯދައިގެންވެސް، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ފާއިތުވި ދެތިން އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެގޮތުން އެއް ފަހަރާ އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންދާއިރު، ދާދި ފަހުންވެސް ވަނީ އެގޮތަށް އަތުލައިގެން ޑްރަގްތަކެއް ނައްތާލާފައެވެ. އެފަހަރުވެސް ޖުމުލަ 314 ކިލޯގެ ޑްރަގް ނައްތާލާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައެވެ. ގިނަ އަދަދެއްގެ ޒުވާނުން އެ ވަބާގައި ޖެހެމުންދާއިރު، އެ ކުދިން އަލުން އަނބުރައި މުޖުތަމައަށް ނެރުމަށް ގާއިމުކޮށްފައިވާ ފަރުވާ ދިނުމުގެ ނިޒާމު ބަލިކައްޓެވެ. އެހެންކަމުން، ފަރުވާއަށް އެދި އެތައް ހާސް ޒުވާނުންނެއް މިއަދު ވެސް ކިޔޫގައި އެބަ ތިއްބެވެ. މިއަދުގެ ސަރުކާރުން ރަނގަޅު މާނައިގައި މަސްތުވާތަކެތި ނައްތާލައި ގާނޫނުތައް ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެގޮތުން ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ތަންފީޒީ އިދާރާތަކުން މިކަންކަމަށް ފާރަވެރިވާ މިންވަރު އިތުރުވެފައިވާއިރު، ރައީސް ދާދި ފަހުން ވަނީ އެ މަސައްކަތަށް ޚާއްސަ ޓާސްކްފޯހެއްވެސް އެކުލަވާލައްވާފައެވެ.

މަސްތުވާތަކެތިރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު