Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަވާއީ އަލިފާންގަނޑު

ހަވާއީ އަލިފާންގަނޑު: "މިވަރުގެ ކަމަކާ ކުރިމަތިވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރާ"

ހިތުގައި އަޅަމުން ދިޔަ ވޭނަކީ ބަޔާންކޮށްދެވޭނެ ވަރުގެ ވޭނެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2023 | ހޯމަ 13:29
"މިވަރުގެ ކަމަކާ ކުރިމަތިވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރާ"

"މިވަރުގެ ކަމަކާ ކުރިމަތިވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރާ"

ހަވާއީގެ މާއުއީއޭ ކިޔުނު ރަށް އަނދައި އަޅިއަށް ހަދައިލި ވަރުގަދަ އަލިފާނުގެ ހާދިސާގައި ވީ ނުވީއެއް ނޭނގި ގެއްލިފައިވާ، އާއިލާގެ 9 މެންބަރުން ފެނޭތޯ 3 ދުވަސްވަންދެން އަތްފުނާ އެޅުމަށްފަހު، ޖޫން ލަކުއެސްޓާ މިސްރާބު ޖެހީ ފެމިލީ ރިސޯސް ސެންޓަރަށެވެ.

ލަކުއެސްޓާ ބުނިގޮތުގައި މިދިޔަ ދުވަސްތަކަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ދަތި ދުވަސްތައް ކަމަށާއި، ހިތުގައި އަޅަމުން ދިޔަ ވޭނަކީ ބަޔާންކޮށްދެވޭނެ ވަރުގެ ވޭނެއް ނޫންކަމަށެވެ.

ލަކުއެސްޓާ ވަނީ އޭނާގެ އާއިލާއިން ގެއްލިފައިވާ 9 މީހުން ހޯދުމަށް، އެމީހުންގެ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެމީހުން ފެނޭތޯ ވަގުތީ ހިޔާތަކަށްވެސް ދިޔައެވެ. އަތުގައި ނަސީބު ހިފާގޮތެއް އަދި ނުވެއެވެ. ފެމިލީ ރިސޯސް ސެންޓަރު ހުޅުވީ އޯގަސްޓް 12 ވަނަ ދުވަހުއެވެ. އެއީ ވަގުތީ ހިޔާތަކަށް ވަކިވަކީން ގޮސްގެން އާއިލާ މެންބަރުންގެ މައުލޫމާތު ހޯދުމުގެ ބަދަލުގައި، އެއްތަނަކުން ހުރިހާ ހިޔާއެއްގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ މަރުކަޒެކެވެ. އަދި ނަފްސާނީ ފަރުވާ ނުވަތަ ކައުންސިލިންގގެ ޚިދުމަތް ބޭނުންވާ މީހުންނަށް އެ ޚިދުމަތްވެސް ދޭ މަރުކަޒެކެވެ.

އާއިލާގެ މެންބަރުން ފެނުމުގެ އުއްމީދުގައި ލަކުއެސްޓާ ހުރިއިރު، އެޑް ގަޒްމެންއަށް ލިބުނީ އުފާވެރި ޚަބަރެކެވެ. ރިސޯސް ސެންޓަރުގެ އެހީތެރިކަން ހޯދިތާ މާ ގިނައިރެއް ނުވެ، އޭނާގެ ބޭބެއާއި ފަހަރީގެ ޚަބަރެއް ގަޒްމެންއަށް ލިބުނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލަހައިނާގައި ދިރިއުޅެމުން ދިޔަ ގަޒްމެން އަދިވެސް ހުރީ ލިބިފައިވާ ގެއްލުންތައް ފެނި، ޝޮކެއްގައެވެ. ރޯވަމުން ދިޔަ ގަދަފަދަ އަލިފާންގަނޑުތަކުން އޭނާގެ މުޅި އަވަށް އޮތީ އަނދައި އަޅިއަށް ވެފައެވެ.

މާއުއީ ކައުންޓީގެ ޕްރޮސެކިއުޓިންގ އެޓަރނީ، އެންޑްރޫ މާރޓިން ވިދާޅުވީ، ކަހުލޫއީ ކޮމިއުނިޓީ ސެންޓަރުގައި ހުޅުވާފައިވާ ފެމިލީ ރިސޯސް ސެންޓަރުގެ ޚިދުމަތް ވަކި މުއްދަތެއް ނެތް ގޮތަށް އާންމުންނަށް ލިބެމުން ދާނެކަމަށެވެ. 

ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކަތަކާ އެއްގޮތަށް، ހަވާއީގެ ގަވަރުނަރު ޖޯޝް ގްރީންވެސް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، ވަރުގަދަ އަލިފާންގަނޑުތައް ރޯވެ، ފެތުރެމުން ގޮސްފައިވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ހަފުތާގެ އާދީއްތަ ދުވަސް ނިމުނުއިރު، އަލިފާނުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު ވަނީ 90އަށްވުރެ މައްޗަށް އަރާފައެވެ. މިއީ މިދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް އެމެރިކާ ދުށް، އެންމެ ގެއްލުން ދެނިވި އަލިފާނުގެ ކާރިސާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯވި އަލިފާންގަނޑުގެ ތެރެއިން ގެއްލުނު މަންމަ ގެއްލުނީއެވެ. ހެދުން ފިޔަވައި އިތުރު އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ!

ރޯވި އަލިފާންގަނޑުގެ ތެރެއިން ގެއްލުނު މަންމަ ގެއްލުނީއެވެ. ހެދުން ފިޔަވައި އިތުރު އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ!

01 އޮކްޓޯބަރު 2023
"ލޯ ހުޅުވާލުމާއި އެކު، ފުރަތަމަ ވެސް ފެނުނު މަންޒަރަކީ އަނދަމުންދިޔަ ބިޔަ އަލިފާންގަނޑު"

"ލޯ ހުޅުވާލުމާއި އެކު، ފުރަތަމަ ވެސް ފެނުނު މަންޒަރަކީ އަނދަމުންދިޔަ ބިޔަ އަލިފާންގަނޑު"

09 ޖެނުއަރީ 2023
ހެޔޮވެރިކަމެއް ކުރައްވަން މިވަރުގެ ރައީސަކު ނުހުންނަވާނެ!

ހެޔޮވެރިކަމެއް ކުރައްވަން މިވަރުގެ ރައީސަކު ނުހުންނަވާނެ!

22 އޮކްޓޯބަރު 2021
ނިވުމެއްނެތް އަލިފާންގަނޑުތަކުގައި އަންދަމުންދާ މިނިކަށިތަކުން އިންޑިއާ ނަރަކައަކަށް!

ނިވުމެއްނެތް އަލިފާންގަނޑުތަކުގައި އަންދަމުންދާ މިނިކަށިތަކުން އިންޑިއާ ނަރަކައަކަށް!

02 މެއި 2021
އޮސްޓްރޭލިއާ އަލިފާންގަނޑު: ބޮޑު ވަޒީރެއް ނެތޭ ބުންޏަސް އެއީ ދޮގެއް ނޫން!

އޮސްޓްރޭލިއާ އަލިފާންގަނޑު: ބޮޑު ވަޒީރެއް ނެތޭ ބުންޏަސް އެއީ ދޮގެއް ނޫން!

05 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު