Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެމްބެލޭ ހޯދަން މަސައްކަތްކުރުން

ޑެމްބެލޭ ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ

ޑެމްބެލޭ ގަތުމަށް ނިއުކާސަލުން 15 މިލިޔަން ޔޫރޯ ޚަރަދުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 13:58
ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނިއުކާސަލް ގަންނަން ޕީއައިއެފްއިން ދާދި ފަހުން ވަނީ ޖުމްލަ 350 މިލިޔަން ޔޫރޯ ހޭދަކޮށްފައެވެ. ޕީއައިއެފްގެ މިލްކިއްޔާތުގައި 372 ބިލިޔަން ޔޫރޯ ހުރިއިރު، މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ރިޕޯޓުތައް ބުނާ ގޮތުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ދަށުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލަށް 200 މިލިޔަން ޔޫރޯ ޚަރަދުކުރެވޭނެއެވެ.

އެހެންކަމުން އައު ހަތް ކުޅުންތެރިއަކު ގަންނަން ނިއުކާސަލުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ފްރާންސްގެ ފޯވާޑް ޑެމްބެލޭވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 24 އަހަރުގެ ޑެމްބެލޭ 2017 ވަނަ އަހަރު ބާސާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 147 މިލިޔަން ޔޫރޯގެ އަގަކަށެވެ. ބާސާއާއެކު ޑެމްބެލޭ އެ ފަހަރު ފަސް އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އެ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖެނުއަރީ މަހު ޑެމްބެލޭއަށް ނިއުކާސަލުން ބިޑުކުރާއިރު، އޭނާ ގަތުމަށް 15 މިލިޔަން ޔޫރޯ ޚަރަދުކުރަން ނިއުކާސަލް އޮތީ ތައްޔާރަށެވެ. އަދި އަންނަ އަހަރުގެ ހޫނު މޫސުމުގައި ޑެމްބެލޭއަށް ހިލޭ ކުލަބު ބަދަލު ކުރެވޭނެތީ، ޖެނުއަރީ މަހު އޭނާ ވިއްކާލަން ބާސާ އޮތީ ތައްޔާރަށް ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑެމްބެލޭއަކީ އޭނާ ބާސާއަށް ގެނައިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެކަމަކު އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި އޭނާއަށް ހިފަހައްޓާލެވިފައި ނުވާއިރު، މިހާތަނަށް ބާސާއަށް ކުޅެދިން 118 މެޗުގައި ޑެމްބެލޭއަށް ކާމިޔާބުކުރެވިފައިވަނީ 30 ލަނޑެވެ.

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލުން އައު ކުޅުންތެރިންތަކެއް ހޯދަން މަސައްކަތްކުރަމުން އަންނައިރު، ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން ސްޓީވް ބްރޫސް ވަނީ އިސްތިއުފާދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލުން އެ ޓީމުގެ ކޯޗުގެ މަގާމަށް ދެން ގެންނަން ބޭނުންވަނީ ކުރިން ޗެލްސީއަށް ކުޅެ އަދި އެ ޓީމުގެ ކޯޗުގެ މަގާމު އަދާކުރި ފްރޭންކް ލަމްޕާޑް ނުވަތަ ލިވަޕޫލުގެ ކުރީގެ ތަރި އަދި މިހާރު ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

13 މާރިޗު 2017
ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި

ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި

12 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު