Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަރުވާ ނުދެވި ތިން މަހުގެ ކުއްޖެއް ނިޔާވުން

ތިން މަހުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރަނީ!

އިހުމާލުވި ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 08:26
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް،

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް،

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ނިޔާވި ކަމަށް ބުނާ ތިން މަހުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ ނިޔާވި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ހެލްތް މިނިސްޓްރީން ބުނީ ސިއްހީ ޚިދުމަތަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ޚިދުމަތަކަށްވާއިރު، މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި މި މައްސަލާގައި އިހުމާލެއްވާނަމަ އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އެ ކުއްޖާގެ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްއެއްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ މަރުވެ ދިޔައީ 100 އިންސައްތަ ހޮސްޕިޓަލުގެ އިހުމާލުން ކަމަށެވެ.

އެކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ކުއްލިއަކަށް ބޭރަށް ހިންގަންފެށީއެވެ. އެހެންކަމުން ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ފޮނުވައިދިނުމަށް މިމަހުގެ 19ވީ އަންގާރަ ދުވަހުގެ ފަތިހު 04:00 ޖެހި އިރު ހޮސްޕިޓަލަށް ގުޅީކަމަށެވެ. އެމްބިއުލާންސް ފޮނުވަނީ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ. އެ ގެއަކީ ހޮސްޕިޓަލު މަގުގައި އިންނަ ގެއެއް ކަމުން އޭގެ 5 މިނެޓު ފަހުން އެމްބިއުލާންސްގެ އެއްވެސް ޚަބަރެއް ނުވެގެން، ހޮސްޕިޓަލަށް ގުޅައި ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާ ކަން އެންގި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އެ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އޭގެ 18 ވަރަކަށް ދުވަސް ކުރިން އެ އާއިލާގެ މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށެވެ. އަދި އޭރު ތިބީ ރަނގަޅު ވެފައި ކަމަށެވެ. ނަމަވެސް ކަރަންޓީނުން ދޫކޮށްނުލާތީ ހޮސްޕިޓަލުން އެންގީ ކޮވިޑް ފެސިލިޓީއަށް ދިއުމަށް ކަމަށް ތުއްތު ކުއްޖާގެ ބައްޕަ ކިޔައިދީފައިވެއެވެ. ބަލިވި އެންމެން ވެސް ރަނގަޅުވެފައިވާކަން ހޮސްޕިޓަލަށް އެންގުމުން ވެސް އެދުނީ ކޮވިޑް ފެސިލިޓީއަށް ދާން ކަމަށާއި، ހޮސްޕިޓަލަށް ދިޔަޔަސް ޑޮކްޓަރު ނުބަލާނެ ކަމަށް ބުނި ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އަދިވެސް ހުއްޓާނުލާ ހޮސްޕިޓަލަށް ގުޅާފައިވާކަމަށާއި، އެމްބިއުލާންސް ފޮނުވީ އޭގެ 2 ގަޑިއިރު ފަހުން 6:15 ގައި ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. އަދި ގެންދިޔައީ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ. ކޮވިޑް ފެސިލިޓީއަށް ގެންދިއުމުން ވެސް ތުއްތު ކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދީ ދޮޅު ގަޑިއިރު ބާއްވާފައިވެއެވެ. އެވަގުތު ކޮވިޑް ފެސިލިޓީގައި ތިބީ ދެ ނަރުހުން ކަމަށާއި، އެ ދެ ނަރުހުން ވެސް ހޮސްޕިޓަލަށް ގުޅާ ޑޮކްޓަރަށް ރިޕޯޓުކުރަމުންދިޔަ ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ. އެހެން އޮވެ 7:40 ގައި ތުއްތު ކުއްޖާ ނިޔާވީއެވެ.

ތުއްތު ކުއްޖާގެ މަރާ ގުޅިގެން އެހޮސްޕިޓަލްގެ ޑޮކްޓަރެއް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު