Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސްގެ އއ. ދަތުރުފުޅު: ސަރުކާރު އޮންނާނީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި - ރައީސް

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުކުޅަސް ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ރަށްރަށަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 05:30
ރައީސް ސާލިހު އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް ސާލިހު އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރެއްވުން

ސަރުކާރު އޮންނާނީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުކުޅަސް ފަދަ އާމްދަނީ ހޯދުމަށް ފަތުރުވެރިކަމަށް ބަރޯސާވާ ރަށްތަކަށް ކަމަށެވެ. މިމޭރުމުން އެމަނިކުފާނު ވަނީ ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑުން އަރައިގަނެވޭނެކަމުގެ އުންމީދު އޮތް ގައުމުތަކުގެ ލިސްޓުގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އުކުޅަހު ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާކަމަށް ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަނގަޅު ފެރީ ޓަރމިނަލެއް ބޭނުންވާކަމަށާއި، މިކަންކަން ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުކުޅަހު މަގުހެދުމުގެ މަޝްރޫއު އަަދި މި އަހަރުގެ ބަޖެޓުގައި ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއު ހިމަނައިގެން ކުރިޔަށް ގެންދަވާކަމުގައި ވިދާޅުވެފައެވެ.

އުކުޅަހު ރައްޔިތުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ރަށުގެ ރައްޔިތުން ވަނީ ސްކޫލްގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ވަސީލަތްތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރގެ މައުލޫމާތު ތަފްސީލީގޮތަކަށް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ. މީގެ އިތުރުން ވެސް ބިން ހިއްކުމުގެ މަޝްރޫއާއި ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮނޑުވުމާ ގުޅިގެން ކެބިނެޓް ބައެއް މިނިސްޓަރުންނާ އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ބައްދަލުވުމުގައި މަޝްވަރާކުރައްވާ ޖަވާބުދާރީވެވަޑައިގެންފައެވެ.

މިގޮތުން އެމަނިކުފާނު ވަނީ އުކުޅަހުގެ ތަރައްގީއަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަން ވިސްނުމުގައި ބަހައްޓަވައިގެން ކަންކަން ކުރިޔަށް ގެންދާވާނެކަމުގައި ވިދާޅުވެފައެވެ.

ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖޫމްހޫރިއްޔާ ވަނީ އުކުޅަހުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވާފައެވެ. އެ ބޭފުޅުން ހުށަހެޅުއްވި މައިގަނޑު ކަންކަމުގެ ތެރޭގައި ޔުޓިލިޓީޒް އަށް ނަގާ ޓެރިފް ބޮޑުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާއި ވިޔަފާރިތައް ހިންގުމަށް ނަގާ ލޯނުގެ އިންޓްރެސްޓާ ގުޅޭގޮތުންހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވެއެވެ. މީގެ އިތުރުން ވެސް ބިޒްނަސް ކޮމިއުނިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު