Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރސް ކޮންފަރެންސް

7 ވަނަ ޓީޗަރސް ކޮންފަރެންސް އުކުޅަހުގައި

މި ކޮންފަރެންސް ބާއްވަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖޫން 2024 | ހުކުރު 13:29
6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ތެރެއިން

6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ތެރެއިން

7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އއ. އުކުޅަހުގައި ބާއްވަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 28ން 30ށް، އުކުޅަހުގައި ކަމަށެވެ.

Advertisement - newsAdvertisement

މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގުސަދުގައި, 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަގުވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލު ކުރައްވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ތަފާތު ކަންކަމާމެދު ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރާއްޖެ ހުޅުވައިދިނުމާއިއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރުމުގައި މިފަދަ ކޮންފަރެންސްތައް މުހިންމު ދައުރެއް އަދާކުރެއެވެ.

މިއަހަރުގެ ކޮންފަރެންސްއަށް ހާއްސަ ކުރެވިފައިވާ ތީމް އަކީ "Educate، Empower, Elevate: Equitable Education for 21st Century Excellence" އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށައެޅުމުގެ ފުރުސަތު 31 ޖުލައި 2024 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، އިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްގައި އާންމުގޮތެއްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ކިޔަވައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި ފަންނީ، އިލްމީ ބޭފުޅުންނާއި، ރިސަރޗް ދާއިރާގެ ބޭފުޅުން ހިމެނެއެވެ. ކޮންމެ 2 އަހަރަކުން އެއްހަރަކު ބާއްވާ މި ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ހަމައެކަނި ކޮންފަރެންސެވެ. މީގެ ކުރިން 6 ފަހަރު މި ކޮންފަރެންސް ބާއްވާފައިވެއެވެ.

މި ކޮންފަރެންސްގެ ފުރަތަމަ 4 ކޮންފަރެންސް ބޭއްވީ މާލޭގައެވެ. އަދި ފަސްވަނަ ކޮންފަރެންސް ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. މާލެއިން ބޭރުގައި ކޮންފަރެންސް ބޭއްވުމުގެ މަގުސަދަކީ އެ ސަރަހައްދެއްގައި އުޅޭ ޓީޗަރުންނަށް އެކަމުގެ މަންފާއާއި ފައިދާ އެންމެ ފުރިހަމަގޮތުގައި ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމާއިފި

އެމްޑީޕީ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމާއިފި

08 ޖޫން 2018
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، 13 ރަށެއްގެ ރައްޔިތުންނާ ނަޝީދު ބައްދަލު ކުރައްވައިފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، 13 ރަށެއްގެ ރައްޔިތުންނާ ނަޝީދު ބައްދަލު ކުރައްވައިފި

12 މެއި 2018
ރާއްޖޭގައި އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓު ކޮންފަރެންސް ބާއްވަނީ

ރާއްޖޭގައި އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓު ކޮންފަރެންސް ބާއްވަނީ

04 އެޕްރީލު 2018
އުކުޅަހުގައި ހުރި އެމްޑީޕީ ބޮޑު ދިދަ ފުލުހުން ތިރިކޮށްފި

އުކުޅަހުގައި ހުރި އެމްޑީޕީ ބޮޑު ދިދަ ފުލުހުން ތިރިކޮށްފި

13 ފެބުރުއަރީ 2018
ވަކި މީޑިޔާތަކަކާ އެކު ޕީޕީއެމުން ފުލުފުލުން ޕްރެސްކޮންފަރެންސްތައް ބާއްވަނީ!

ވަކި މީޑިޔާތަކަކާ އެކު ޕީޕީއެމުން ފުލުފުލުން ޕްރެސްކޮންފަރެންސްތައް ބާއްވަނީ!

02 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު