Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ބޭބެ ވަރަށް އައްޗި!

ރައީސް ބޭބެ އެވެ. މިގަނޑުކޮޅުގައި އަޅުގަނޑު ލިޔުނު ކަންކަންކޮށް ނުދެއްވަންޏާ ރައީސް ބޭބެ ވަރަށް އައްޗި އެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 10:52
ގައުމުގެ ހާލަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކުޑަކުދިން ރައީސް މުއިއްޒުއާއި ހިއްސާކުރުން

ގައުމުގެ ހާލަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކުޑަކުދިން ރައީސް މުއިއްޒުއާއި ހިއްސާކުރުން

އަރިއަތޮޅު އުތުރުބުރިއަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އުކުޅަހަށް ވަޑައިގެން ޕޯޑިއަމްގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ވިދާޅުވާތީ އެހިން "މިރަށަށް އައި ތަނުން އަޅުގަނޑަށް ތުއްތު ކުދިންތަކެއް ގަނޑު ކޮޅެއް ދީފި، އޭގައި އޮތް އެއްޗެއް އޮތް ގޮތަށް ދަންނާވާލާނަން. ކޮއްކޮމެން ބީޗްއަށް ދާން ބޭނުން، އެކަމަކު ބީޗްގައިވެސް، މަގުމަތީގައިވެސް، ރެސްޓޯރަންޓް ތަކުގައިވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން އައްޗިކޮށް" ރައީސް ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެ އެވެ. މިވާހަކަފުޅު އަޑު އެހި މީހަކު އަޅުގަނޑަށް ފޮނުވި މެސެޖެއް ދަންނަވާލާނަމެވެ. އޭނާ ބުނީ މިއީ އޭނާގެ ދަރިފުޅު ރައީސް މުއިއްޒުގެ އަތްޕުޅަށް އަރުވާށޭ ކިޔާފައި ލިޔުނު މެސެޖެއް ކަމަށެއެވެ. އޭގައި އޮތް ގޮތަށް ބަހުން ބަހަށް ދަންނަވާލާނަމެވެ.

ރައީސް ބޭބެ އެވެ. ކޮއްކޮމެން ވަރަށް އެޕަލް ކާހިތްވެ އެވެ. އޮރެންޖްވެސް ވަރަށް ކާހިތްވެ އެވެ. އެކަމަކު މިހާރު ރަށުން އޮރެންޖާއި އާފަލު ލިބެން ހުރީ އައްޗި އަގެއްގަ އެވެ. އެއީ ބާރަ ރުފިޔާއަށެ އެވެ. ކޮއްކޮ އަކީ ވަރަށް އޮމްލެޓް ކާހިތްވާ ކުއްޖެއެކެވެ. އެކަމަކު މީހަރު ބިހުގެ އަގުވެސް ވަރަށް އައްޗި އެވެ. ގަންނަން ލިބެނީ ތިން ރުފިޔާއަށެ އެވެ. ކޮއްކޮގެ މަންމަ އުޅެނީ ބަލިވެ އެވެ. ބޭސް ގަންނަން ދިއުމުން ފާމަސީގައި ތިބޭ ކުދިން ދައްކަނީވެސް އައްޗި ވާހަކަ އެވެ. އެކުދިން ބުނަނީ ބޭހެއް ނެތް ކަމަށެ އެވެ. ހުންނަ ބޭސް ވެސް އާސަންދައަކުން ނުލިބޭނެ ކަމަށެ އެވެ. ގެއަށް ކަރަންޓް ބިލް އައުމުން ބިލް ހިފައިގެން ބައްޕި ދެރަވެފައި ހުއްޓާ ކޮއްކޮ ދުށީމެ އެވެ. ކީއްވެތޯ ކޮއްކޮ އަހާލުމުން ބައްޕި ބުނީ ކަރަންޓް ބިލް ބޮޑުވާތީ ކަމަށެ އެވެ. ކުރިން ފައްސަތޭކަ ރުފިޔާ އަރާ ކަރަންޓް ބިލަށް މިހާރު ދެހާސް ރުފިޔާ އަރާ ކަމަށެ އެވެ. ރައީސް ބޭބެއެވެ. އިންޖީނުގޭ ކުދިން ކިހާ އައްޗި ހެއްޔެ އެވެ.

ރައީސް ބޭބެ އެވެ. ކޮންމެ މަހަކު ގޯތި ތެރޭގައި ހުންނަ ޖަންކްޝަން ވަޅުގެ މަތި ނަގައިގެން ބައްޕިމެން އުޅޭތީ ކޮއްކޮއަށް ވަރަށް އައްޗިވަސް ދުވަ އެވެ. ބައްޕި ކައިރީގައި ކީއްވެ ކުރާ ކަމެއްތޯ އަހާލުމުން ބުނީ ކުރީގެ ރައީސް ބޭބެގެ ސަރުކާރުން އަޅާ ދީފައި އޮތް ނަރުދަމާ އަދިވެސް ގުޅައި ނެދޭތީ ކުރަން ޖެހޭ ކަމެއް ކަމަށެ އެވެ. ކޮއްކޮވެސް ސާފު ފެނުން ފެންވަރަން ބޭނުންވެ އެވެ. އެކަމަކު އަދިވެސް ފެންވަރަން މިޖެހެނީ ގޭ ވަޅުން ނަގާ ފެނުންނެ އެވެ. މިހާރު އެފެންވެސް ވަރަށް ލޮނުވެ ދުވަނީވެސް އައްޗި ވަހެ އެވެ. މަންމި ބުނީ ކުރީގެ ރައީސް ބޭބެގެ ސަރުކާރުން އަޅާ ދީފައި އޮތް ފެން ހޮޅި މިގެއަށް ގުޅައި ނުލެވިގެން އެކަން ނުވެގެން އުޅެނީ ކަމަށެ އެވެ.

ރައީސް ބޭބެ އެވެ. ކޮއްކޮވެސް ރީތި ހެދުމާއި މީރު ކާއެއްޗެހި ބޭނުމެ އެވެ. ބައިވަރު ކުޅޭ އެއްޗެހިވެސް ބޭނުމެ އެވެ. އެކަމަކު މަންމިމެންގެ އަތްމަތި ދަތިކަމުން އެކަންކަމެއް ނުވެ އެވެ. ކަރަންޓް ބިލާއި ފެން ބިލް ދައްކާފައި ބާކީ ހުންނަ ލާރިކޮޅުން ކުރަން ޖެހެނީ ބޭސްފަރުވާ އެވެ. އާސަންދަވެސް ނުލިބޭތީ އެވެ. ކޮއްކޮ ބޭނުންވާ ކަންކަން މަންމިއަށާއި ބައްޕިއަށް ކޮށް ނުދެވެނީ އެހެން ވެގެންނެ އެވެ. ރަށު ތެރޭގައި ރަށްޓެހި ކުދިންވެސް ކިޔަނީ ރައީސް ބޭބެގެ ސަރުކާރު އައި ފަހުން އެންމެން ފަގީރުވެއްޖެ ކަމަށެ އެވެ. ރައީސް ބޭބެގެ ސަރުކާރު ވަރުގެ އައްޗި ސަރުކާރެއް ނާންނަ ކަމަށެ އެވެ. ވީއިރު ކޮއްކޮގެ މިއާދޭހުގެ އަޑު ރައީސް ބޭބެ އައްސަވާ މިކަންކަން ހައްލުކޮދެއްވިދާނެތޯ އެވެ. ކޮއްކޮއަށް އާފަލެއް ކާލެވޭނެވަރު ކޮށްލަ ދެއްވިދާނެތޯ އެވެ.

ރައީސް ބޭބެ އެވެ. މިގަނޑުކޮޅުގައި އަޅުގަނޑު ލިޔުނު ކަންކަންކޮށް ނުދެއްވަންޏާ ރައީސް ބޭބެ ވަރަށް އައްޗި އެވެ.

މިލިޔުން ކިޔާފައި އަޅުގަނޑު ހިތައް އެރި އެވެ. ރައީސް ރަށްރަށަށް ވަޑައިގަތުމުން ރަށު ތެރޭގައި އުޅޭ ގެސްޓުން އަޅާ ހެދުމުގެ ވާހަކަ ކަންބޮޑުވުމާއި އެކު ނޯޓް ކޮޅު ކޮޅުގައި ލިޔެގެން ތުއްތު ކުދިން ރައީސްގެ އަތްޕުޅަށް އަރުވާ ނަމަ މިއީވެސް ކުއްޖަކު ހަމަ ރައީސް އަށް އަރުވަފާނެ ނޯޓެއްތާ އެވެ. އެކުއްޖާ ލިޔެފައި ހުރީ ރަނގަޅު ވާހަކަ އެވެ.

ޤަބޫލުފުޅުކުރައްވާށެ އެވެ. ތުއްތު ކުއްޖަކު އެދެއްކީ ހަގީގީ ވާހަކަ އެކެވެ. އެއީ މިއަދު މިރާއްޖޭގެ ހަގީގީ ހާލަތެ އެވެ.

ރައީސް މުއިއްޒުއއ. އަތޮޅުއުކުޅަސްދިރިއުޅުމުގެ ހަރަދުއާސަންދަނަރުދަމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު