Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިޔަކު ނިޔާވުން

އއ. އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ނިޔާވެއްޖެ، ބެލެވެނީ ހާޓް އެޓޭކެއް ކަމަށް

އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު 5:26 ހާއިރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2025 | ހޮނިހިރު 14:52
އއ.އުކުޅަސް

އއ.އުކުޅަސް

އއ. އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ނިޔާވެއްޖެއެވެ.

އެ ރަށު ކައުންސިލުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ނިޔާވި މީހާ އަކީ އުކުޅަހުގެ ރީފްސައިޑަށް މޫދަށް އެރި އުޅުނު މީހެކެވެ.

Advertisement - newsAdvertisement

އޭނާ އަކީ އުޒްބަކިސްތާނަށް ނިސްބަތްވާ 74 އަހަރުގެ ފިރިހެނެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ މާލެ އަށް އޭނާ ފޮނުވާލުމަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ނޫހަށް އެނގިފައިވާ ގޮތުން އޭނާ ރާއްޖެ އައީ އަނބި މީހާ އާއި ދަރިފުޅާއި އެކު ޗުއްޓީ ހޭދަކުރުމަށެވެ.

އަދި ހަވީރު މޫދަށް އެރި އުޅުނީވެސް އާއިލާ އާއި އެކުގައެވެ. އަދި މޫދަށް އެރި އުޅެނިކޮށް އޭނާގެ ހަރަކާތް ހުއްޓޭހެން ހީވާތީ ބެލި އިރު ވަރަށް ބޮޑަށް ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވިގެން އޭނާ މޫދުން އެއްގަމަށް ގެނެސް، އޭނާ އަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު 5:26 ހާއިރެވެ.

އުކުޅަސް

އިތުރަށް ކިޔާލަން

22 އޯގަސްޓު 2025

ރައީސް ބޭބެ ވަރަށް އައްޗި!

22 އޯގަސްޓު 2025
ރައީސް ބޭބެ ވަރަށް އައްޗި!
19 ޖެނުއަރީ 2022

އުކުޅަހުގެ ބަނދަރު މަޝްރޫއު ނިމުމަކާއި ގާތައް

19 ޖެނުއަރީ 2022
އުކުޅަހުގެ ބަނދަރު މަޝްރޫއު ނިމުމަކާއި ގާތައް
29 އޯގަސްޓު 2021

އުކުޅަހު ބަނދަރުގެ 75 އިންސައްތަ މަސައްކަތް ނިންމާލައިފި

29 އޯގަސްޓު 2021
އުކުޅަހު ބަނދަރުގެ 75 އިންސައްތަ މަސައްކަތް ނިންމާލައިފި
14 އޯގަސްޓު 2021

އުކުޅަހު ބަނދަރުގެ އެއްގަމުތޮށްޓާއި ފާލަމުގެ މަސައްކަތުގެ 62 އިންސައްތަ ނިމިއްޖެ

14 އޯގަސްޓު 2021
އުކުޅަހު ބަނދަރުގެ އެއްގަމުތޮށްޓާއި ފާލަމުގެ މަސައްކަތުގެ 62 އިންސައްތަ ނިމިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު