Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ބޮމުގެ ހަމަލާ: 6072 ގަޑިއިރުގެ ފުޓޭޖް، 1829 ކްލިޕް ދިރާސާކުރަން އިތުރު ވަގުތަށް އެދިއްޖެ

20 އޮކްޓޯބަރު 2021 | ބުދަ 14:31

ލިއެކިިއުންތައް ދިރާސާކުރަން ވަގުތު ވަނީ ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޮކްޓޯބަރު 2021 | ބުދަ 14:31
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށްގެންދާ އަދުހަމް އަހުމަދު ރަޝީދުގެ ބައިވެސް ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެއަށްފަހު މި މައްސަލައިގައި ދައުވާލިބޭ 6 މީހެއްގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ތަހުމީނު އަހުމަދާއި، އަލީ ހައިޝަމްއާއި، މުޖާޒް އަހުމަދާއި، މުހައްމަދު ނާޒިމާއި، އަލީ ފަހުމީގެ އިތުރުން އިސްހާގުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

އެންމެ ފަހުން ބޭއްވި އަޑުއެހުން:

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ ތަހުމީނާއި މުޖާޒުގެ މައްޗަށް ދައުވާ އިއްވައި، ދައުވާއަށްއިންކާރުކުރުމުން ދައުލަތުން ވަނީ ހެކިވެސް ހުށައަޅާފައެވެ. އަދި އަލީ ހައިޝަމާއި، ފަހުމީ އަލީއާއި މުހައްމަދު ނާޒިމް ވަކީލެއް ބޭނުންވާކަން ފާހަގަ ކުރުމުން, ވަކީލަކު އައްޔަނު ކުރުމަށް ބެންޗުން އެ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އޭގެ އިތުރުން، ދައުވާލިބޭއިސްހާގުގެފަރާތުން އެދުވަހު އެދިފައިވަނީ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ބުދަ ދުވަހުގެ އަޑުއެހުން: ލިއެކިިއުންތައް ދިރާސާކުރަން ވަގުތު ދެއްވި

މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައިވެސް ހައިޝަމް ބައިވެރިވެފައިވަނީ އެކަންޏެވެ. އެގޮތުން ހައިޝަމް ވަކީލަކު އައްޔަން ކޮށްފައިވީނަމަވެސް، މި އަޑުއެހުމަށް ވަކީލު ހާޒިރުވެފައެއް ނުވެއެވެ. ބުދަ ދުވަހުގެ އަޑުއެހުމުގައި ވަނީ އަލީ ހައިޝަމަށް ދައުވާ އިއްވައި، އޭނާ ދައުވާއަށް އިންކާރުވެސް ކޮށްފައެވެ. އަދި ދައުލަތުން ވަނީ އޭނާގެ މައްޗަށް ހެކިވެސް ހުށައަޅާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުން ވަނީ ލިއެކިއުންތައް ލިބިފައިވާކަން ފާހަގަކޮށް، އެ ލިއެކިއުންތަކާއި ވީޑިއޯ ފުޓޭޖުތައް އިތުރަށް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާކަން ފާހަގަކޮށްފައެވެ. ދިފާއީ ވަކީލުން ވަނީ އެ މަރުހަލާއަށްފަހު ދިފާއީ ހެކި ހުށައެޅުމަށް މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ފަހުމީއާއި، އިސްހާގާއި، ނާޒިމްއަށްވެސް ދައުވާ އިއްވައި އެ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުވާއަށް އިންކާރު ކުރަމުން ފަހުމީގެ ވަކީލު ވިދާޅުވީ، ފަހުމީއަކީ ސީދާ އެމްޑީޕީއަށް ތާއީދުކުރާ އެ ފިކުރުގެ މީހެއް ކަމަށާއި، އޭނާ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިނުވާ ކަމަށެވެ. ނާޒިމާއި އިސްހާގުވެސް ސާފުކޮށް ދައުވާއަށް އިންކާރު ކުރެއެވެ.

ވަކީލުން ފާހަގަކުރައްވާފައިވާ ގޮތުގައި މި މައްސަލައިގައި 6072 ގަޑިއިރުގެ ފުޓޭޖް ދިރާސާ ކުރަން ޖެހެއެވެ. އަދި ދައުވާލިބޭ މީހުންގެ ހަރަކާތްތަކާ ގުޅޭ 1829 ކްލިޕް ދިރާސާކުރަން ޖެހެއެވެ. މި އަޑުއެހުމުގައި ޝަރީއަތުން ވަނީ ދިފާއުން އެދިފައިވާ ގޮތަށް ލިއެކިއުންތައް ދިރާސާކޮށް، ކޯޓަށް ހާޒިރުވެގެން ވީޑިއޯ ފުޓޭޖުތައް ބެލުމަށް އިދާރީގޮތުން އިތުރު ފުރުސަތުތަކެއް ދިނުމަށް ނިންމަވާފައެވެ. އެއަށްފަހު މި މައްސަލައިގެ ދިފާއީ ހެކި ހުށައެޅުން އޮންނާނެކަން ޝަރީއަތުން ފާހަގަ ކުރެއްވިއެވެ.

އިސްހާގުގެ ޝަރީއަތް ސިއްރެއް ނުކުރާނެ:

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިސްހާގުގެ ފަރާތުން ވަނީ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެގޮތުން ހާމަކޮށްގެން ކުރިއަށް ގެންގޮސްފިނަމަ މި މައްސަލައިގައި އިސްހާގުގެ ބައިގައި ޝަރީއަތަށް ނޭދެވޭ އަސަރެއް ކުރުމުގެ އިހުތިމާލު ބޮޑުކަމަށް އޭރު ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ބުދަ ދުވަހުގެ އަޑުއެހުމުގައި ބެންޗުން ނިންމަވާފައިވަނީ މިވަގުތަށް އިސްހާގުގެ ޝަރީއަތް ސިއްރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިއްރުން ކުރިއަށް ގެންދަން ޖެހިއްޖެނަމަ އެގޮތަށް ބަދަލު ކުރައްވާނެކަން ގާޒީން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ މީހުންގެ ބަންދު މުރާޖައާ ބައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ކުރިއަށް ގެންދިޔައީ އިސްހާގާއި، ފަހުމީ އަދި ނާޒިމްގެ ބައެވެ. އެ 3 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ހައްޔަރުކުރީ މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ބަޔަކު!

26 އެޕްރީލު 2017
ހައްޔަރުކުރީ މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ބަޔަކު!
23 އެޕްރީލު 2017

ޔާމީންގެ މަރަކީ މިނިވަން މީޑީއާއަށް ދިން ހަމަލާއެއް: ސަރުކާރު

23 އެޕްރީލު 2017
ޔާމީންގެ މަރަކީ މިނިވަން މީޑީއާއަށް ދިން ހަމަލާއެއް: ސަރުކާރު
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
04 އެޕްރީލު 2017

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
19 މާރިޗު 2017

ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

19 މާރިޗު 2017
ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް