Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޑުގުޑާ ދޫނި ހިފާ މައްސަލަ

ގުޑުގުޑާ ދޫނި ހިފާ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ އޭގައި ރިހަކައްކަން ނޫޅެ ހިޖުރަކުރާ މަގަށް އެހީތެރިވެދިނުމަށް

ދޫނި ސޫފާ ސޫފީގެ ހިޖުރައިގެ މަގަށް ހުރަސް އެޅޭ ބާވަތުގެ ކަންކަން ނުކުރުމަށް އީޕީއޭން ވަނީ އިއުލާންކުރައްވާފައިކަމަށް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2021 | ބުދަ 08:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މިދުވަސްވަރަކީ އިރުވަޔަށް އެޅުމުގެ ކުރީގައި ދޫނި ސޫފާސޫފި ހިޖުރަކުރާ މޫސުން ކަމަށްވާއިރު ދޫނި ހިޖުރަކުރާ މަގަށް ހުރަސް ނޭޅުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ކުރަމުންދާ އިލްތިމާސް ތަކުރާރުކުރައްވައި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މިއީ ދޫނި ސޫފާސޫފި ހިޖުރަކުރާ މޫސުންކަން ސާފުވަމުންދާކަމަށެވެ. އީޕީއޭން ބުނާގޮތުގައި މިވަގުތު ރާއްޖޭގައި ގުޑުގުޑާ ދޫނި ނުވަތަ ފްލެމިންގޯ ކޮންމެވެސް ވަރަކަށް އުޅޭކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބައެއް އަހަރު އަހަރު ރާއްޖެއަށް އަންނަ ދޫންޏެއްކަމަށާއި އެދޫނި އާއި އެހެން ދޫނިތައް ހިޖުރަކުރަމުން އެދަނީ ބިސްއަޅާ ވިހެއުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން ދޫނި ސޫފާ ސޫފީގެ ހިޖުރައިގެ މަގަށް، ރާސްތާއަށް ހުރަސް އެޅޭ ބާވަތުގެ ކަންކަން ނުކުރުމަށް އީޕީއޭން ވަނީ އިއުލާންކުރައްވާފައިކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޑުގުޑާ ދޫނި ނުވަތަ ފްލެމިންގޯ ހިފައި، ވިއްކަން އުޅޭ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އީޕީއޭން ބުނީ ބައެއް މީހުން މިދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެގޮތުން ބާރަށުގައި، ބަޔަކު ގުޑުގުޑާދޫނި ހިފައި، ވިއްކަން އުޅޭކަމުގެ މައްސަލައެއް ލިބިފައިވާ ކަމަށާއި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ މީހުންނާއި، އަދި މިދޫނިތައް ގަނެވިއްކާ ވިޔަފާރި ކުރަމުންދާ މީހުންނާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ، ހިޖުރަކުރާ ދޫނިތައް ހިފައި ހައްޔަރުކޮށް ގޯނާކުރާ މީހުން ހުއްޓުވުމަށާއި، އަދި މިފަދަ މީހުންނަށް ފާރަވެރިވާން ޖެހޭ ކަމަށް އީޕީއޭއިން ބުނެއެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާ މީހުންގެ މައުލޫމާތު (ދޫނި ހިފައި، ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާވިއްކާ ދޫނީގެ ބާވަތާއި އަދަދު) އަދި ފޮޓޯ މި އެޖެންސީގެ ހޮޓްލައިން ނަންބަރު 7980379ށް މެސެޖުކޮށް ނުވަތަ erc@epa.gov.mv އަށް އީމެއިލް ކޮށްދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އެ އެޖެންސީއިން އަންގާ އެންގުންތަކާއި، މި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި، މިހާރު ވެސް އެކި މީހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އަންގާރަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުން ގުޑުގުޑާ ދޫނި ފެނުމާއެކު ގިނަ ބަޔެއްގެ ސަމާލުކަމަށް ވަނީ އެކަން އައިސްފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު