Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓްގެ މަޝްވަރާތައް

ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަހަރުގެ އޮކްޓޯބަރ މަހުގެ 31 ގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2021 | ބުދަ 07:57
ރައީސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން

ރައީސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނާ ރައީސް ބައްދަލުކުރައްވައި ބަޖެޓާ ގުޅޭގޮތުން މަޝަވަރާކުރައްވާފައިވާކަމަށެވެ. މިބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައިވަނީ ދާއިރާތަކުގައި ހިންގަމުންދާ ޕީއެސްއައިޕީގެ މުހިންމު މަޝްރޫޢުތަކާއި އާމްދަނީ އާއި ޚަރަދާއި އަދި ފައިނޭންސިންގ އާ ގުޅޭގޮތުން ކަމަށެވެ. މީގެއިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން, އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށަހަޅުއްވަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 211 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އަހަރުގެ އޮކްޓޯބަރ މަހުގެ 31 ގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

2022 ވަނަ އަހަރަށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި ފައިނޭންސިންގ ގެޕް ބޮޑުވުމާއެކު ބަޖެޓް އެއަށްވުރެ މާބޮޑު ނުކުރެއްވުމަށް ހުށަހަޅުއްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއި ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ 2022ން 2024ށް އަދި މިއަހަރުގެ ފިސްކަލް ރިސްކު އެސެސްމަންޓާ ގުޅޭގޮތުން މައުލޫމާތު އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ޖުމްލަ ބަޖެޓް ހުންނާނެކަމަށް ލަފާކުރެވެނީ 33.8 ބިލިއަން ރުފިޔާގައިކަމަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ އަންނަ އަހަރު ބޭނުންވާނެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 34.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 33.4 ބިލިއަން ރުފިޔާގެ ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 12.3 ބިލިއަން ރުފިޔާއިންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު